މިއީ ވަރަށް ގިނަ ރިލޭޝަންޝިޕްތަކެއްގެ ޒުވާބެކެވެ. ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރެއް ނުވާނެ އެވެ. ސޯޝަލް މީޑިއާ އެކައުންޓްތަކާއި ފޯނާއި ދެން ހުރިއްޔާ ހުރި އެއްޗެއްގެ ޕާސްވޯޑުތައް ވެސް ދޭނެ އެވެ.
މިއީ ވަރަށް ގިނަ ރިލޭޝަންޝިޕްތަކެއްގެ ޒުވާބެކެވެ. ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރެއް ނުވާނެ އެވެ. ސޯޝަލް މީޑިއާ އެކައުންޓްތަކާއި ފޯނާއި ދެން ހުރިއްޔާ ހުރި އެއްޗެއްގެ ޕާސްވޯޑުތައް ވެސް ދޭނެ އެވެ.
މި އެއްޗެހި ބަލަން ބޭނުންވަނީ ބައިވެރިޔާ އަށް އިތުބާރު ނުކުރާތީ ކަމަށް އެކަކު ބުނާއިރު އެ ބަލަން ބޭނުންވާ މީހާ ބުނާނީ ޕާސްވޯޑް ދޭން ބޭނުން ނުވާނީ ކޮންމެވެސް ކަމެއް ސިއްރުކުރާތީ ކަމަށެވެ.
މިއީ ވަރަށް ކޮންޓްރޯލިން މީހުންގެ ސިފައެކެވެ. މިއީ ވަރަށް ބޮޑު ރެޑް ފްލެގެކެވެ.
ފޯނަކީ އަހަރުމެންގެ އެންމެ ޕާސަނަލް ޑިވައިސް އެވެ. ފޯނުން ހުރިހާ ސޯޝަލް މީޑިއާތަކަށް އިތުރު އެއްވެސް ޕާސްވޯޑެއް ނެތި ވަދެވެ އެވެ. ވާހަކަ ދައްކާ މީހުންގެ އިތުރުން މީހަކާ ގުޅޭ ޒާތީ އެތައް ކަމެއް ފޯނުން ހޯދޭނެ އެވެ. ރައްޓެހިންނާ އެކު ނަގާ ފޮޓޯއިން ފެށިގެން, ބޯ ހާސްވާ ވަގުތުތަކުގައި ނޯޓްސް އެޕުގައި އޮއްސާލާ ވާހަކަތަކާއި އޮފީހުގެ ގްރޫޕުތަކުގައި އޮފީސް މީހުންގެ މެދުގައި ހިފަހައްޓަން ޖެހޭ ސިއްރުތަކާއި ރައްޓެހިންގެ ސިއްރުތައް ވެސް ފޮރުވިފައި އޮންނަނީ ފޯނުގަ އެވެ.
ވަކި ކަންތައްތަކަކަށް ޝައްކުކޮށް ޕާސްވޯޑު ހޯދަން ޕްރެޝާކޮށް ހެދުމުން ޕާސްވޯޑު ދޭން މީހުން ޖެހިލުން ވަނީ އެހެންވެ އެވެ.
ރިލޭޝަންޝިޕެއްގައި އޮންނަން ޖެހޭ ސެކިއުރިޓީ އާއި އިތުބާރު އޮންނަ ނަމަ ޕާސްވޯޑުގެ ބަހުސެއް ނޯންނާނެ އެވެ. ގިނަ ފަހަރަށް، އެކުގައި އުޅޭ ޕާޓްނަރަކީ ރެސްޕެކްޓުކުރާ, އަމިއްލަ ޒާތީކަންކަން ފޯނުން ހާވާ ނުބަލާނެ މީހެއް ކަމަށް ގަބޫލުކުރެވޭ ނަމަ އަމިއްލަ ބޭނުން ވެގެން ޕާސްވޯޑު ދޭ މީހުން އުޅެ އެވެ. ނުވަތަ ޕާޓްނަރަށް ޕާސްވޯޑު އެނގިފައި އޮތަސް އޯކޭ މީހުން އުޅެ އެވެ.
މައްސަލައަކަށް ވަނީ ޕާސްވޯޑު ހޯދަން ބިރު ދައްކައި, އެޔާ ނުލައި ރިލޭޝަންޝިޕް ކުރިއަށް ނުގެންދެވޭ ހިސާބަށް ދިއުމުންނެވެ.
ކޮންމެ ރިލޭޝަންޝިޕެއްގައި ވެސް އެ މީހެއްގެ ޕާސަނަލް ޑިވައިސްތަކުގެ ސިއްރުތައް ހިފެހެއްޓުމުގެ ޗޮއިސް އޮންނަން ވާނެ އެވެ. ޕާސްވޯޑުތައް ހިއްސާކުރަން ބޭނުން ނަމަ އެ ޑިޒިޝަނަކީ އިތުރު ޕްރެޝާއެއް ނެތް އަމިއްލަ ޗޮއިސްއަކަށް ވާން ވާނެ އެވެ.
ލޯބިވިޔަކަސް އަދި ޕާސްވޯޑު ދޭކަށް ނުޖެހެ އެވެ. އެއީ ތި ރިލޭޝަންޝިޕުގެ ބަހުސަކަށް ވަންޏާ އަދި އެއް ފަހަރު ތި ރިލޭޝަންޝިޕާ މެދު ވިސްނާލާށެވެ.