9 Jun 2021

By: Ahmed Jaishan

ވަރަށް ނުގުޅޭހެން ހީވާ އެއްޗެހި އެއްކޮށްލައިގެން ކެއުމުން ވަރަށް މީރުވާ ފަހަރު ވެސް އާދެ އެވެ. މިސާލަކަށް ފްރެންޗް ފްރައިސް އާއި މިލްކް ޝޭކަކީ އެއްކޮށް ކާނެ އެއްޗެއް ކަމަށް ގަބޫލު ވެސް ނުކުރެވެ އެވެ. އެކަމު އެކީގައި ކެއުމުން ވަރަށް މީރެވެ. ދާދި ފަހުން ފެށި ޗެލެންޖެއްގައި ވެސް ފެންނަނީ އެކީގައި ނުފެންނާނެ އެއްޗެއްސެވެ. އެއީ ކަރަ އާއި މަސްޓަޑެވެ.

ޓިކްޓޮކުން ދާދި ފަހުން އާންމުވެގެން އުޅޭ ކަރަ އާއި މަސްޓަޑް ޗެލެންޖާ އެކު އެތައް ބަޔަކު މިހާރު ތިބީ ހައިރާންވެފަ އެވެ. ކަރަ އާއި މަސްޓަޑަކީ އެކީގައި ފެނިދާނެ ކަމަށް އެކަކުވެސް ގަބޫލުކުރި އެއްޗެއްސެއް ނޫނެވެ.

އެ ޗެލެންޖުގައި ކަރާ ފޮއްޗަށް މަސްޓަޑްކޮޅެއް އެޅުމަށް ފަހު ކާލަނީ އެވެ. އަދި އެކަމުން ވީޑިއޯކޮށް އެ މީހުންގެ ރިއެކްޝަން ދައްކަނީ އެވެ. އެ ކާ މީހުންނަށް ވެސް އެ ކަންތައް ވާގޮތް ގަބޫލުނުކުރެވޭހާ އެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ކަރަ އާއި މަސްޓަޑް އެއްކޮށް ކާއިރު ވަރަށް މީރު ކަމަށެވެ.

@lizzo

#stitch with @yayayayummy ummmm I ended up just eating it w tajin 🤭

♬ original sound - lizzo
ލަވަކިޔުންތެރިޔާ ލިޒޯ، ކަރާ މަސްޓާޑް ޗެލެންޖް ޓެސްޓްކޮށްލަނީ

މިހާރު ބައެއް ޝެފުން ވެސް އެ ޗެލެންޖް ޓެސްޓްކޮށްފި އެވެ. އެ މީހުން ބުނާ ގޮތުގައި ކަރަ އާއި މަސްޓަޑް އެކީގައި މީރުވާ ސަބަބެއްވެ އެވެ. އެއީ މަސްޓަޑްގެ ވިނެގާ އާއި ކަރާގެ ފޮނިކަން އެކަތި އަނެކައްޗާ ކައުންޓާ ބެލެންސްކުރަނީ އެވެ. އޭގެ ސަބަބުން އެ ދޭތި އެކީގައި ކެއުމުން މީރުވަނީ ކަމަށް ބައެއް ޝެފުން ބުނެ އެވެ.

ކަރާ އަޅާފައި ހުންނަ ސެލަޑެއް މީގެ ކުރިން ކޭ ނަމަ އެ ރަހައާ އެއްގޮތްވާނެ ކަމަށް ޝެފުން ބުނެ އެވެ.

ކޮންމެއަކަސް މަސްޓަޑާއި ކަރަޔާ އެކުގައި މީހުން ކާތީ އެ ޓެސްޓުކޮށްލަން ބޭނުންވާނެ މީހުން ތިބޭނެ އެވެ. ރާއްޖޭގައި މިދުވަސްވަރަކީ ކަރާ ތިޔާގި ދުވަސްވަރަކަށް ވީމާ މި ޗެލެންޖު ޓެސްޓުކޮށްލަން ކިހިނެއްވާނެ ހެއްޔެވެ؟

ކަރާ މޭވާ

Popular