21 Jun 2021

By: Ahmed Jaishan

އަތުގައި އޮތް އައިޕޮޑުން ރާއްޖޭގެ ތަފާތު، ރީތި މަންޒަރުތަކުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާ އަށް އަޕްލޯޑުކުރަން ފެށިއިރު އާދަމް ހަލީމް (އެޑަމް) އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާ ބޮޑު މަގުބޫލުކަމެއް ލިބިދާނެ ކަމަށް އޭނާ ހިއެއް ނުކުރެ އެވެ. ރާއްޖޭގެ މަންޒަރުތައް ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލުމުގެ އުއްމީދުގައި ފެށި އެ މަސައްކަތް ވަރަށް ކާމިޔާބެވެ؛ އެޑަމް އަކީ މިހާރު ރާއްޖޭގައި އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވާސް ތިބި މީހުންގެ ތެރެއިން އެކަކެވެ.

ބ. އޭދަފުށްޓަށް އުފަން، 32 އަހަރުގެ އެޑަމް އެންމެ ފުރަތަމަ އިންސްޓަގްރާމް ބޭނުންކުރަން ފެށީ 2014 ގަ އެވެ. އޭރު ކޮންމެ އެއްޗެއްގެ ފޮޓޯ ނެގިޔަސް، އިންސްޓަގްރާމް ކުރެ އެވެ.

"ދެން ތަންކޮޅެއް ފަހުން ފީޑް ރާވާލީ ރާއްޖޭގެ މަންޒަރުތައް އަޕްލޯޑް ކުރަމުން. އަބަދު ވެސް ވަރަށް ކުރާހިތްވި ކަމެއް ފޮޓޯތައް ނަގަން ރާއްޖޭގެ ރީތިކަމުގެ،" އެޑަމް ބުންޏެވެ.

އޭގެ މާ ކުރިން ވެސް، ފޮޓޯ ނެގުމަކީ އެޑަމްގެ ހޮބީއެކެވެ. ކުރިން ރިސޯޓްގައި މަސައްކަތް ކުރި އިރު ވެސް ލިބޭ ހުސް ވަގުތުތަކުގައި އުޅުނީ ފޮޓޯ ނަގާށެވެ. ފަހުން ރިސޯޓް ވަޒީފާ ދޫކޮށްލައި، އަމިއްލަ ވިޔަފާރީއެއް ފަށަން ރަށަށް ބަދަލުވި އެވެ. އެ މަސައްކަތުގައި އުޅެމުން ލިބޭ ހުސް ވަގުތު މިހާރު އެޑަމް ހާއްސަކުރަނީ މި އިންސްޓަގްރާމް އެކައުންޓަށެވެ.

އެޑަމް ފޮޓޯ ނެގުމަށް ހުރި ޝައުގުވެރިކަން އިތުރަށް ބޮޑުވީ 2015 ވަނަ އަހަރުގެ ފަހުކޮޅު ޑީއެސްއެލްއާރް ކެމެރާއެއް ލިބުމުންނެވެ. އެއީ އުފަންދުވަހުގެ ހަދިޔާއަކަށް އާއިލާ މީހަކު ދިން ކެމެރާއެކެވެ. ފޮޓޯ ނެގުމުގެ ޓެކްނިކަލް ކަންކަން ދަސްވާން ފެށީ ވެސް އޭގެ ފަހުންނެވެ.

View this post on Instagram

A post shared by Edam edin / ADAM🇲🇻 (@edam_edin)

އެ ކެމެރާ ލިބުނު ފަހުން މާ ސީރިއަސްވެ މި މަސައްކަތް ކުރަން ފެށި އެވެ. ރާއްޖޭގެ ރީތިކަން ދެއްކުމަށް ސޯޝަލް މީޑިއާ އަށް ލާ ފޮޓޯތަކުގައި ގިނަ ހޭޝްޓެގްތައް ބޭނުންކޮށް، ބޭރުގެ ގިނަ ބްރޭންޑުތައް ޓެގްކޮށް ހަދަން ފެށި އެވެ. އެއާ އެކު ފޮލޯވާސް ލިބޭ މިންވަރު ވެސް އިތުރުވި އެވެ.

"ދެން އަސްލު ބޭރުގެ އެކި މީހުން ވެސް ޕޯސްޓް ފެނިގެން އެ ރީ ޕޯސްޓްކޮށް ހަދަން ފެށުމުން ގިނަ ބަޔަކަށް ފެންނަން ފެށި. ދެން އެތައް ބަޔަކު ޑީއެމް ކޮށްފައި ބުނަން ފެށި ރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށް ވެސް،" އެޑަމް ބުންޏެވެ.

View this post on Instagram

A post shared by Edam edin / ADAM🇲🇻 (@edam_edin)

އެޑަމްގެ އިންސްޓަގްރާމްގައި މިހާރު 160،000 އަށް ވުރެ ގިނަ ފޮލޮވާސް އެބަ ތިއްބެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ ފޮލޯވާސް ތިބި އެއް އެކައުންޓެވެ.

View this post on Instagram

A post shared by Edam edin / ADAM🇲🇻 (@edam_edin)

އަމިއްލަ މަސައްކަތް ކުރަމުން، ފޮޓޯ ނެގުމަށް އޭނާ ވަގުތު ހުސްކުރާ ގޮތް ކިޔައިދިނެވެ.

"އާންމު ގޮތެއްގައި އަޅުގަނޑާއި އެކުވެރިން ގޮސް އުޅޭނީ ފޮޓޯ ނަގަން ވެސް. ދެން ފޮޓޯ ނެގުމަށް އެންމެ ގިނައިން ދަނީ މެންދުރުފަހު 1 އިން ފެށިގެން 3 އާ ދޭތެރޭގައި. އެވަގުތަކީ އެންމެ ފޮޓޯތައް ރީތިވާ ވަގުތު އަޅުގަނޑުމެންނަށް،" އޭނާ ބުންޏެވެ.

އެޑަމް ބުނީ މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެޑަމްގެ މައިގަނޑު ގޯލަކީ އެއް ކަމެކެވެ. އެއީ ވީހާ ވެސް ގިނަ ބަޔަކަށް ރާއްޖޭގެ ރީތިކަން ދައްކާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމެވެ. މުސްތަގުބަލުގައި ވެސް އެކަން ކާމިޔާބުކުރުމަށް ގިނަ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

އެޑަމްގެ މަސައްކަތް ބަލައިގަނެ މިހާރު ވެސް، އެކި ކަހަލަ އެކްސްޕޯޝާ ލިބިފައިވެ އެވެ. ރާއްޖޭގެ ރީތިކަން ދައްކާލާ މަންޒަރުތަކަށް އޭނާގެ ޔޫޓިއުބް ހިއްސާކޮށްފައި ވާއިރު، އެ ވީޑިއޯތަކަށް މިހާތަނަށް ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އޭގެ އިތުރުން ފޯބްސް ޓްރެވެލް ގައި ވެސް ވަނީ އެޑަމްގެ ޕޯސްޓެއް ފީޗާކޮށްފަ އެވެ.

ބ. އޭދަފުށި ފޮޓޯގްރަފީ ސޯޝަލް މީޑިއާ

Popular