10 Aug 2026

By: Asima Nizar

ގަދަ ހޫނުގައި ފައިން ދާހިއްލައި އެކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކުން ސަލާމަތްވުމަށް ގިނަ މީހުންނަށް އަދިވެސް އެންމެ ކަމުދަނީ ފެން ފައިވާނެވެ. އެކަމަކު، އާދައިގެ ގޮތަކަށް ހުންނަ މި ފައިވާނަށް މިހާރު ވަނީ ޒަމާނީ ބަދަލުތަކެއް އައިސްފަ އެވެ.

ބޭރު ދުނިޔޭގައި މިހާރު އެންމެ ހިނގަނީ ކުޑަ ހީލް އެއް ލާފައި ހުންނަ ސްޓައިލިޝް ފެން ފައިވާނެވެ. ފެޝަން އެކްސްޕާޓުން ބުނާ ގޮތުގައި، މާ އުސް ހީލަކަށް ނުވާތީ މިފަދަ ފައިވާނަށް އަރައިގެން ހިނގައިއުޅުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އެކަމަކު، ހީލް ހުއްޓަސް ނެތަސް، ފެން ފައިވާން ނުވަތަ 'ފްލިޕް-ފްލޮޕް' ފައިވާނުން ފަޔަށް އެކަށީގެންވާ ސަޕޯޓެއް ނުލިބެ އެވެ. އަދި މިއީ އާންމުކޮށް ފަޔަށް ގެއްލުންދޭ އެއްޗެއްގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރާ ފައިވާނެކެވެ.

މިފަދަ ފައިވާނަށް އަރައިގެން ގިނަ ވަގުތު އުޅުމުން ދިމާވެދާނެ ބައެއް މައްސަލަތަކުގެ ތެރޭގައި:

ފެން ފައިވާންތަކެއް.

ފެޝަން އެކްސްޕާޓު އެންޖެލާ ބައިޑޫއާ ހަވާލާދީ ބީބީސީން ބުނެފައިވަނީ، ފައިގެ އާޗް (ބައްޓަން) ނުވަތަ ހުޅުތަކުގެ ސިއްހަތަށް މިއީ އެންމެ ރަނގަޅު ފައިވާނެއް ނޫނެވެ. އެކަމަކު، ހަރަކާތްތެރިކޮށް އުޅެން ފަސޭހަވުމުން ގިނަ ބަޔަކު މިހާރު އިސްކަންދެނީ، އަމިއްލައަށް ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ފައިވާނަށް އަރަން ކަމަށް ބައިޑޫ ބުންޏެވެ.

ފައިގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރު، ރޯޔަލް ކޮލެޖުގެ ޗީފް ކްލިނިކަލް އެޑްވައިޒަރު ޑރ. ހެލެން ބްރެންތުވެއިޓް ވިދާޅުވީ، ފްލިޕް-ފްލޮޕް ފައިވާނުން މައްސަލަ ދިމާވަނީ ފަޔަށް ސަޕޯޓް ލިބޭ ވަރުގަދަ ބޫޓަށް އަރައިގެން އަބަދު އުޅުމަށް ފަހު، ކުއްލިއަކަށް މާ ގިނައިން ފައިވާނުގައި އުޅެން ފެށުމުން ކަމަށެވެ. އޭގެ ސަބަބުން ފައިތިލައަށް އާދަޔާ ހިލާފަށް ބާރުބޮޑުވެ، އަނިޔާވުމުގެ ފުރުސަތު އިތުރުވެ އެވެ.

ފަޔަށް ރަނގަޅު ފައިވާނެއް ހޯދާނީ ކިހިނެއް؟

ސްލައިޑާ ފައިވާން ދޫކޮށް ޖެންޒީންގެ މެދުގައި މިހާރު ވައިގައި ހިފާފައިވަނީ 'ކްރޮކްސް' އެވެ.

ބައިޑޫ ބުނީ ކްރޮކްސްއަކީ ފެޝަނަށްވުރެ ބޮޑަށް ފައިތިލައިގެ ސިއްހަތަށް އިސްކަންދީގެން ޑިޒައިންކޮށްފައިވާ ފައިވާނެއް ކަމަށެވެ. އަދި ފައިވާނުގެ ދުނިޔޭގައި މަޝްހޫރު 'ބާކެންސްޓޮކްސް'  ފަދަ ބްރޭންޑުތަކުން ވެސް މި ފައިދާތައް ލިބޭކަމަށް އޭނާ ބުންޏެވެ.

ފައިތިލައިގެ ސިއްހަތަށް ޓިޕްސްކޮޅެއް

ފައިވާން

Popular