25 Aug 2021

ބަޖެޓް ޓްރެވެލިން: ތުލުސްދޫއަށް!

By: Ahmed Jaishan

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު ދަތުރުކުރުމުގައި ލުއިތައް ލިބިއްޖެ އެވެ. އަދި މާލެއިން ރަށްރަށަށް ދާން ފަސޭހަވެއްޖެ އެވެ. އެހެންވީމާ ހަފްތާ ބަންދުގައި ރަށްރަށަށް، ކުޑަ ވެކޭޝަނަކަށް ދާން ބޭނުންވެފައި ގިނަ ބަޔަކު އެބަތިއްބެވެ. ހަރަދު ކުޑަކޮށް، ކުޑަ ޗުއްޓީއަކަށް ޖައްސާލެވޭނެ ރަށްތަކުގެ ލިސްޓުގައި ކ. އަތޮޅު ތުލުސްދޫ ހިމެނޭނެ އެވެ. މާލެއާ 27 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ތުލުސްދޫ އަކީ އަވަސް ދަތުރަކަށް ވަރަށް ރަނގަޅު އޮޕްޝަނެކެވެ.

ތުލުސްދޫ އެންމެ ބޮޑަށް މަގުބޫލު ވެފައިވަނީ ގެސްޓް ހައުސް ވިޔަފާރީގެ ރަށެއްގެ ގޮތުގަ އެވެ. އެހެންވީމާ ރަށަށް އަލަށް ބަޔަކު އެރިޔަސް އެއީ މާ އާ ކަމަކަށް ނުވާނެ އެވެ. އަދި ރަށުގައި އަބަދު ވެސް ޓޫރިސްޓުން އުޅޭނެ އެވެ.

ބޮޑު ބަޖެޓެއްގައި ދާން ބޭނުން ނަމަ

މާލެއިން ތުލުސްދޫ އަށް ދިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބަޖެޓަށް ނުވިސްނާ ދަތުރުކުރާ ނަމަ ކޮންމެ ދުވަހަކު ވެސް ލޯންޗުގައި މި ރަށަށް ދެވޭނެ އެވެ. އަދި އެތަނުގައި މަޑުކުރާ ނަމަ ނެގޭނެ ބައިވަރު ގެސްޓް ހައުސް އެބަހުއްޓެވެ.

ލޯންޗު ފެރީގައި ދާން

- ދަތުރަށް ހޭދަވާނީ ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު

- މީހަކަށް ކޮޅަކަށް 250ރ.

View this post on Instagram

A post shared by Ismail Miglal (@kudaissey)

ލޯންޗު ދަތުރު ޝެޑިއުލް އޮންނަ ގޮތް

- މާލެއިން ތުލުސްދޫއަށް ކޮންމެ ދުވަހަކު ހަތަރު އިރެއްގައި ފެރީ ދަތުރުކުރާނެ އެވެ. އެހެންވީމަ ކޮންމެވެސް އެއް ވަގުތެއްގައި ފެރީ އިން ޖާގައެއް ލިބޭނެކަން ޔަގީނެވެ. މާލެއިން ތުލުސްދޫ އަށް ފުރާ ގަޑިތަކަކީ 0930 އާއި 1230 އާއި 1630 އަދި 2215 އެވެ.

- ތުލުސްދޫ އިން މާލެއަށް ފުރާނީ 0800 އައި 1030 އާއި 1430 އަދި 1900 ގައި

ގެސްޓް ހައުސްގެ އަގުތައް

- ގެސްޓް ހައުސްތަކުގެ އަގުތައް މި ރަށުގައި ވަރަށް ތަފާތެވެ. އެގޮތުން 20 ވަރަކަށް ގެސްޓް ހައުސް މިރަށުގައި ހުންނައިރު އަގުތަށް އުޅެނީ 400ރ އާއި 2،500ރ އާ ދެމެދު ގަ އެވެ.

ކުޑަ ބަޖެޓުގައި ދަތުރުކުރަން ބޭނުންވާ މީހުންނަށް

ތުލުސްދޫ އާއި މާލެއާ ދެމެދު ދަތުރުކުރުމަށް އެރަށުގައި ދޯނި ފެރީއެއް އޮވެ އެވެ. އަދި ރަށުގައި ހަރަދު ކުޑަކޮށް މަޑުކުރަން ބޭނުންވާ ނަމަ ބައެއް ގޭގެއިން ކޮޓަރި ކުއްޔަށް ދެ އެވެ.

ދޯނި ފެރީގައި ދާނަމަ

- މާލެއިން ތުލުސްދޫއަށް ދޯނީގައި ދިޔުމަށް ހޭދަވާނީ ގާތްގަނޑަކަށް ގަޑިއިރަކާ 10 ވަރަކަށް މިނެޓު

- ކޮޅަކަށް މީހަކަށް 25ރ.

View this post on Instagram

A post shared by AWAVE Travel (@awavetravel)

ދޯނި ފެރީގެ ޝެޑިއުލް

- ދޯނި ފެރީގެ ދަތުރުތައް ކޮންމެ އަންގާރައަކާއި ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އޮންނާނެ އެވެ. ހޮނިހިރު، އާދިއްތަ އަދި ބުދަ ދުވަހު މާލެއިން ތުލުސްދޫއަށް ފުރާނީ 1530 ގަ އެވެ. އަދި ހޯމަ އާއި ބުރާސްފަތި ދުވަހު މާލެއިން ފުރާނީ 2100 ގަ އެވެ.

- ތުލުސްދޫއިން މާލެއަށް، ހޮނިހިރު، އާދިއްތަ އަދި ބުދަ ދުވަހު ފުރާނީ 0730 ގަ އެވެ. އަދި ހޯމަ އާއި ބުރާސްފަތި ދުވަހު ތުލުސްދޫއިން ފުރާނީ 1000 ގަ އެވެ.

View this post on Instagram

A post shared by Onne Billion (de 🏡) Viagens (@onnebillion)

ގޭގެއިން ކުއްޔަށް ކޮޓަރި ދޫކުރާ އަގުތައް

- މިރަށުގައި ކޮޓަރި ކުއްޔަށް ދޫކުރާ ދެ ގެއެއް ފާހަގަވެފައިވެ އެވެ. އަގުތައް އުޅެނީ ދުވާލަކަށް 250ރ. އާއި 400ރ. އާ ދެމެދުގަ އެވެ.

މިރަށުގައި ކުރެވޭނެ ކަންތައް

ތުލުސްދޫ އަކީ ގެސްޓުހައުސް ރަށެއްގެ އިތުރުން މަޝްހޫރު ސާފް ސްޕޮޓެއް އިންނަ ތަނެކެވެ. އެހެންވީމަ ރާޅާ އެޅެން ބޭނުންވާ މީހުންނަށް އެކަންތައް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ރަށުގައި ރާޅާ އަޅާ މީހުން އުޅޭތީ ދަސްކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.

View this post on Instagram

A post shared by @jimmylyfernandes

ތުލުސްދޫގެ ފަޅުތެރޭގައި ކުޑަ އިތުރު ފަޅު ރަށެއް އޮންނާނެ އެވެ. އެ ދޭތެރޭގައި މޫދަށް އެރިލަން ވެސް ރަނގަޅުވާނެ އެވެ. އެކަމު ދެ ރަށް ދޭތެރޭގައި ފުދޭވަރަކަށް އޮއެވަރު ގަދަވާނެ އެވެ. އެހެންވީމަ އެކަމަށް ސަމާލުވުން ރަނގަޅެވެ.

ރަށުގެ ހިއްކާފައިވާ ސަރަހައްދު ނިމޭކޮޅުގައި ތިން ރުއް ޕާކް ކިޔާ ތަނެއް ހުރެ އެވެ. މިއީ ރަށުގެ މީހުން މޫދަށް އެރި ބާބެކިއު ހަދާލަން ދާ ތަނެކެވެ. އަށިތަކާ އެއްޗެހި އެތަނުގައި ހުރިއިރު އެއީ ވަރަށް ހިތްފަސޭހަ ހިސާބެކެވެ. ސާފު ދުވަހެއްގައި އެ ސަރަހައްދުން، ހުޅުމާލޭގެ ހިޔާ ފްލެޓުތައް ފެންނާނެ އެވެ.

ވޯޓާ ސްޕޯޓްސް އަށް ލޯބިކުރާ މީހުންނަށް އެ ފުރުސަތު ވެސް މި ރަށުގައި އެބައޮތެވެ.

ކަވަ ފޮޓޯ ކްރެޑިޓް : ލެޓްސް ގޯ މޯލްޑިވްސް

ކ. ތުލުސްދޫ

Popular