18 Oct 2021

ސަރުބީ ވިރުވަން މާ މޮޅު ކަމަށް ބުނާ ހަތަރު ސައި

ސަރުބީ ވިރުވަން މާ މޮޅު ކަމަށް ބުނާ ހަތަރު ސައި

މިހެން ބުންޏަސް ބާގަތަކާއި ހެދިކާތައް ކާލައިގެން ސައިތަށި ބޯލުމަކުން ނުފުދޭނެ އެވެ. ކަސްރަތާއި ހަށިގަނޑަށް ފައިދާ ހުރި ކާނާތަކާ އެކު މި ޕްރޮސެސް އަވަސް ކޮށްލުމަށް މި ހަތަރު ވައްތަރުގެ ސައި ހަމަ އެއްވަނަ އެވެ.

ގްރީން ޓީ

މީ އެންމެނަށް ވެސް ސަރުބީ ވިރުވައިދޭކަން އެނގޭ މަޝްހޫރު ސަޔެކެވެ. ހަށިގަނޑު ފަލަކޮށް ތިބި ގިނަ ބަޔަކު ބައިވެރިކޮށްގެން 2008 ގައި ކުރި ދިރާސާއަކުން އެނގިފާވާ ގޮތުގައި ގަވައިދުން ގްރީން ޓީ ބުއި މީހުންގެ ގައިން 7.8 ޕައުންޑު ލުއިވެފައިވެ އެވެ. ގްރީން ޓީ ގައި އެކުލެވޭ "ކެޓެޗިން" ނަމަކަށް ކިޔާ މާއްދާ އާއި ކެފެއިން އެއްވެގެން ގައިގެ މެޓަބޮލިޒަމް ރޭޓް ބޫސްޓް ކޮށްލަދެ އެވެ.

ކަޅު ސައި

ކަޅު ސައި މި ލިސްޓުގައި ހިމެނޭ ސަބަބަކީ މީ ހުރިހާ އެއްޗެއްގެ ތެރެއިން އެންމެ ކެފެއިން ގިނަ ސަޔަށް ވާތީ އެވެ. ކެފެއިން އަކީ ގައިގެ އެނާޖީ ބޫސްޓު ކޮށްދޭ މާދާއެކެވެ. އޭގެ ސަބަބުން ސަރުބީ ވިރެން އެހީ ވެދެ އެވެ. އަދި މީގެ އިތުރުން ކަޅުސައިގައި ހުންނަ "ފްލެވަނޮއިޑް" ކިޔާ މާއްދާގެ ސަބަބުން، ގަވައިދުން ކަޅުސައި ބޯ މީހުންގެ ބޮޑީ މާސް އިންޑެކްސް ދަށްވާ ކަމަށް ވަނީ އެނގިފަ އެވެ.

ޕެޕާމިންޓް ޓީ

ކޮންމެ ދުވަހަކުވެސް ޖަންކް ފުޑް ކާ ހިތްވާ މީހަކަށް މިއީ އެއްވަނަ އެވެ. ބޭކާރު ސަރުބީ ހުންނަ އެއްޗެހި ކާ ހިތްވާ ނަމަ އަވަހަށް ޕެޕާމިންޓް ޓީއެއް ބޯލާށެވެ. އަދި މި ސައި ބުއިމުން ބަނޑު ހަރުވުމުގެ މައްސަލަޔަށް ހައްލެއް ގެނެސްދެ އެވެ. މީގެ ސަބަބުން ބްލޯޓްވުން ނުވަތަ ބަނޑުގައި ވައި ހެދުން ކަހަލަ މައްސަލަތަކުން ދުރުކޮށްދެ އެވެ.

ވައިޓް ޓީ

އެންމެ ކުޑަކޮށް ޕްރޮސެސް ކޮށްފައި ހުންނަ މި ސަޔަކީ ސަރުބީ ވިރުވައިދޭން އެންމެ ބޮޑަށް އެހީވެދޭ މާއްދާއެއް ކަމަށްވާ "ޕޮލިފެނަލްސް" ހުންނަ ސައެވެ. މި ސައި ބުއިމުން ހަށިގަނޑުގައ ހުންނަ ސަރުބީތައް ވިރުވާލައި އާ ސަރުބީ އުފެދުން ވެސް ހުއްޓުވާލާކަން 2009 އަހަރުގެ ދިރާސާއަކުން ދައްކަ އެވެ.

މި ހުރިހާ ސަޔަަޔަކުން ލިބޭ ފައިދާތައް ގިނަ ނަމަވެސް ފާހަގަކޮށްލަން ބޭނުންވާ އެއް ކަމަކީ ސަޔަކަށް ހަކުރާއި ކިރު އެޅުމުން ސައިތަށީގެ ބޭނުން ކެނޑޭކަމެވެ. ހަކުރު ނާޅާ ސައި ނުބޮވޭ ނަމަ މާމުއި އަޅައިގެން އަދި ކިރު ކޮންމެެހެން އަޅަން ބޭނުން ނަމަ އާމަންޑު މިލްކަށް ބަދަލުކޮށްލާށެވެ.

ކަޅު ސައި ބަރުދަން ލުއިކުރުން

Popular