12 Jun 2018

ލައިިޝާ އާއި ޝިޒޫގެ ވާހަކަ

"ސެލެބްރިޓީ ފްރެންޑްސް"ގެ ތެރެއިން މިއީ ހާއްސަ ދެ މީހުންނެވެ. ފުރަތަމަ ދިމާވީ ކުޑައިރު ބާސްކެޓް ކޯޓުންނެވެ. އަދިވެސް އެ ތިބީ އެހެންނެވެ.

By: Aishath Maaha

ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދަކީ ހުނަރުން ފުރިގެންވީ "އައިޑޮލް" އެއް ކަމަށް އެންމެންވެސް ގަބޫލުކުރެ އެވެ. ލައިޝާ މޮޅީ ހަމައެކަނި ލަވަޔާއި މިއުޒިކަކަށް ނޫނެވެ. ކިޔެވުމަށްވެސް މޮޅެވެ. އެއާ އެއް ވަރަށް ދެން އޮތީ ބާސްކެޓަށް ޖެހިފައި އޮތް ލޯތްބެވެ.

ބާސްކެޓްގައި ވެސް އޭނާ އަކީ ތަރި އެކެވެ. ފަހަރުގައި ބެސްޓް ފްރެންޑަކަށް ވެސް ކުޅަދާނަ ބާސްކެޓް ކުޅުންތެރިއެއް ހޮވުނީ އެހެންވެ އެވެ. "ސެލެބްރިޓީ ފްރެންޑްސް"ގެ މި އެޕިސޯޑުގައި މި ގެނެސްދެނީ ލައިޝާ އަދި ޝިޒްނާ ރަޝީދު (ޝިޒޫ)ގެ ބެސްޓްފްރެންޑްސް ވާހަކަ އެވެ. މިއީ ބާސްކެޓްގައި އަލިގަދަ ދެ ތަރިންނެވެ.

ލައި އަދި ޝިޒޫ ޖިމްގައި. -- ފޮޓޯ: ބައްޓި ނިޝާން

ލައި އަދި ޝިޒޫގެ މި އެކުވެރިކަމުގެ ވާހަކަ ފަށައިގަންނަން ޖެހެނީ ސްކޫލް ދައުރާ ހިސާބުންނެވެ. އެންމެ ފުރަތަމަ ދެ މީހުން ދިމާވެ ވާހަކަ ދައްކާފައިވަނީ އެ ދުވަސްވަރެވެ. އިންޓަސްކޫލް 12 އަހަރުން ދަށުގެ މުބާރާތަށް އިސްކަންދަރު ސްކޫލްގެ ޓީމަށް ލައިޝާ ކުޅުނު އިރެވެ.

ލައި އަދި ޝިޒޫ ޖިމްގައި އެކަކު އަނެކަކަށް އެހީވަނީ. -- ފޮޓޯ: ބައްޓި ނިޝާން

ނަމަވެސް އޭރު އެއީ ލައިގެ ކޯޗެކެވެ. އެންމެ ފުރަތަމަ ލައިގެ ކޯޗެއް ވެސް ނޫނެވެ. އިސްކަންދަރު ސްކޫލްގެ ޓީމަށް ލައި ކުޅުނުއިރު ޝިޒޫ އަކީ އެންމެ ވާދަވެރި ތާޖުއްދީން ސްކޫލްގެ ކޯޗެވެ.

ލައި އާއޮ ޝިޒޫ އަކީ އަބަދުވެސް ކުޅިވަރާއި ކަސްރަތުގައި އުޅޭ ދެ މީހުން. -- ފޮޓޯ: ބައްޓި ނިޝާން

އިސްކަންދަރު ސްކޫލް ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭރު ލައި އަށް ވުމުން ޝިޒޫ އަދި އެ ޓީމުގެ އެންމެ ބޮޑު ސަމާލުކަމެއް އަބަދުވެސް އޮންނަނީ ލައި އަށް ޑިފެންސްކުރާނެ ގޮތަކަށެވެ.

ލައި އަދި ޝިޒޫ ޖިމްގައި. -- ފޮޓޯ: ބައްޓި ނިޝާން

ކޮންމެ އަހަރެއްގެ މުބާރާތުގައި ކޯޗެއްގެ ހައިސިއްޔަތުން އޭރު ލައިއާ ވާހަކަ ދެއްކިޔަސް މާބޮޑު އެކުވެރިކަމެއް އޭރު އުފެދިފައެއް ނެތެވެ. ފަހަރުގައި ސްކޫލް ޓީމަށް އޭރު ކުޅުނުއިރު އަބަދު ވެސް ރުޅިގަދަވެފައި ލައި ހުންނާތީ އެވެ.

ލައި އަދި ޝިޒޫ ޖިމްގައި ކަސްރަތުކުރަނީ. -- ފޮޓޯ: ބައްޓި ނިޝާން

އިދިކޮޅު ޓީމުން ލައި ހުއްޓުވަން އަބަދު ކިޔާތީ އެވެ. އޭރު ބާސްކެޓުން ސިލްވަ ގިނައީ ވެސް ޝިޒޫ ކޯޗުގެ ސަބަބުންނޭ ލައި ބުނެ އެވެ.

ލައި އަދި ޝިޒޫ ބާސްކެޓް ކުޅެނީ. -- ފޮޓޯ: ބައްޓި ނިޝާން

އޭރު މޮޅު ނުވަނީ ވެސް އިދިކޮޅު ޓީމުގެ ސަމާލުކަން ލައި އަށް ހުއްޓާލާތީ ކަމަށެވެ. އޭރުގެ މިވާހަކަތައް މިއީ ދެ މީހުން ސަކަރާތް ޖަހާލައި ކުރީގެ ހަނދާންތައް އާކޮށްލަން ދައްކާ ވާހަކައެކެވެ.

ލައި އަދި ޝިޒޫ ބާސްކެޓް ކުޅެނީ: ދެ މީހުންގެ އެކުވެރިކަމުގައި މިއީ މުހިންމު ބައެއް. -- ފޮޓޯ: ބައްޓި ނިޝާން

ޝިޒޫ ބުނީ ސްކޫލް ނިންމާފައި ވައިޑީޕީ އަށް ކުޅުނު އިރު ލައި ކުޅުނު ޓީމަށް ކޯޗުކޮށްދިނީ ޝިޒޫ ކަމަށެވެ. އޭރުން ފެށިގެން ލައި އަކީ ޝިޒޫގެ ވަރަށް ފޭވަރިޓް ކުޅުން ތެރިއެއް ކަމަށް ބުންޏެވެ. ބުނީ އެކުގައި އެއް ޓީމެއްގައި ކުޅެލަން ބޭނުންވެފައި ހުރި ކަމަށެވެ.

ލައި އާއި ޝިޒޫ ބާސްކެޓް ކުޅެނީ. -- ފޮޓޯ: ބައްޓި ނިޝާން

އޭގެ ފަހުން އިންޓަކޮލެޖް މުބާރާތް ލައި ކުޅުނުއިރު ކޯޗުކޮށް ނުދިން ނަމަވެސް ލައިގެ މެޗުތައް ގަވާއިދުން ބަލައި ރަނގަޅު ކުރަންވީ ކަންތައް ޝިޒޫ ކިޔައިދިނެވެ. ލައި އަމިއްލައަށް އަހައިގެން ވެސް އޮޅުން ފިލުވި އެވެ.

ލައި އާއި ޝިޒޫ ބާސްކެޓް ކުޅެނީ. -- ފޮޓޯ: ބައްޓި ނިޝާން

އޭގެ ފަހުން ވެސް އެ ގުޅުން އޮތީ، މަގުމަތިން ފެނިއްޖެ ނަމަ އެކަކު އަނެކަކަށް ގޮވާލައި ހާލު އޮޅުންފިލުވާލައި ހިސާބުގަ އެވެ. އެކުވެރިކަމުގެ ބަދަލުގައި އޮތީ ކޯޗަކާއި ކުޅުންތެރިއެއްގެ މެދުގައި އޮންނަ ގުޅުމެވެ.

ލައި އާއި ޝިޒޫ ބާސްކެޓް ކުޅެން ގޮސް ވާހަކަ ދައްކާލަނީ. -- ފޮޓޯ: ބައްޓި ނިޝާން

ލައި އަދި ޝިޒޫގެ "ބެސްޓް ފްރެންޑްޝިޕް"ގެ ވާހަކަ ފެށެނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މޯލްޑިވިއަން އައިޑޮލްގެ ބުރަ އަދި ދިގު ދަތުރަށް ފަހު އެވެ.

ބާސްކެޓް ކުޅުމަކީ ލައި އާއި ޝިޒޫގެ އެކުވެރިކަމުގައި ހާއްސަ ބައެއް. -- ފޮޓޯ: ބައްޓި ނިޝާން

"އައިޑޮލް އަށް ފަހު އެއީ. ޝިޒޫގެ ފްރެންޑެއް އެއީ ލައިގެ ވަރަށް ބޮޑު ފޭން އެއް. އޭނައަށް އިނގޭ ކުރިން ކޯޗުކޮށް ކޮށްދީފަ ހުރީމަ ލައިއާ ފްރެންޑްކަން. އޭނަ، ލައި އާ މީޓްކޮށްދޭށޭ ބުނީމަ މަގުމަތިން ލައި ފެނިގެން ނަމްބަރު ހޯދައިގެން ގުޅައިގެން ކޮފީއަކަށް ދިޔައީ،" ބެސްޓްފްރެންޑްޝިޕް ފެށުނު ގޮތް ކިޔައިދެމުން ޝިޒޫ ބުންޏެވެ.

ލައި އަދި ޝިޒޫ ބާސްކެޓް ކުޅެނީ. -- ފޮޓޯ: ބައްޓި ނިޝާން

އޭގެ ފަހުން ޝިޒޫގެ އެހެން އެކުވެރިންނާ ވެސް ބައްދަލުވެ ޝިޒޫގެ ގާތް ރައްޓެއްސަކަށް ލައި ބަދަލުވީ އެވެ. ކޮފީތަކަށް ދިއުމާއި ކާން ދިއުން އާންމު ކަމަކަށް ވެސް ވީ އެވެ.

ދެ މީހުންގެ އުމުރުގައި 10 ވަރަކަށް އަހަރުގެ ތަފާތު ހުއްޓަސް އެކުގައި އުޅޭއިރު އެ ތަފާތު ފާހަގަނުވާ ކަމަށް ޝިޒޫ ބުންޏެވެ.

ލައި އާއި ޝިޒޫ ސައިކަލް ދުއްވާލަން ނުކުމެ. -- ފޮޓޯ: ބައްޓި ނިޝާން

މި ގާތްކަމަށް އަހަރެއް ވާން ކައިރިވެ ބާސްކެޓްގައި ކުރިން ވެސް ދެ މީހުން ކިތަންމެ ވަރަކަށް ދިމާވެފައި ހުއްޓަސް އެކުގައި އެއް ޓީމަކަށް ކުޅުނީ މި ރޯދަމަހު ކުރިއަށް ގެންދިޔަ ތްރީ އޮން ތްރީ ޓޯނަމެންޓެއްގަ އެވެ.

ލައި އަދި ޝިޒޫ ސައިކަލް ދުއްވާލަން ނުކުމެ. -- ފޮޓޯ: ބައްޓި ނިޝާން

އެކުވެރިކަން ކުއްލިއަކަށް މާބޮޑަށް ބަދަހިވެ މިހާރު އެއީ ހަމަ އެކައްޗެކެވެ.

ބާސްކެޓް ސެލެބްރިޓީން ލައިޝާ ޖުނައިދު

Popular