23 Oct 2018

ތައުޒަން ފްލާވާއަކުން ހުށަހެޅި ލޯބި އަދިވެސް ވަރުގަދަ

މަޝްހޫރު މީސް މީހުންގެ ގުޅުންތަކުގެ ސިއްރު އެނގެން ބޭނުންވާ މީހުން ގިނަ އެވެ. އެންމެން ދަންނަ ރާޅު މަރިޔަނބާއި އޭނާގެ ލޯބިވެރިޔާ މި ކިޔައިދެނީ އެ ވާހަކަ އެވެ.

މަޝްހޫރު މީސް މީހުންގެ ގުޅުންތަކުގެ ސިއްރު އެނގެން ބޭނުންވާ މީހުން ގިނަ އެވެ. އެންމެން ދަންނަ ރާޅު މަރިޔަނބާއި އޭނާގެ ލޯބިވެރިޔާ މި ކިޔައިދެނީ އެ ވާހަކަ އެވެ.

By: Shamila Ibrahim

މިފަހަރުގެ ރިލޭޝަންޝިޕް ގޯލްސް ސެގްމެންޓްގެ ހޮވުމަކީ މޯލްޑިވިއަން އައިޑޮލް ސީސަން 3 އިން އެންމެންގެ ލޯބި ހޯދިރާޅު މަރިޔަނބު ކަމަށްވާ، މަރިޔަމް މައީޝާ (މައިީ) އާއި އޭނާގެ ލޯބިވެރިޔާ މިފްޒަލް އާމިރު (މިފޫ) އެވެ. މައީ އަށް 21 އަހަރެވެ. މިފޫ އަށް 23 އެވެ.

މި ދެ ލޯބިވެރިންގެ ގުޅުމަށް މި މަހުގެ 24 ވަނަ ދުވަހު ފަސް އަހަރު ފުރޭނެއެވެ. ކައިވެންޏަށް ތައްޔާރުވާ ކަމުގެ އުފާވެރި ޚަބަރު ވެސް މި ލޯބި ޖޯޑު ދިނެވެ.

މިފޫ އަދި މައީ

މިފޫ އަށް 14 އަހަރު އަދި މައީ އަށް 12 އަހަރުގައި، ވީޓީވީގެ "ވީކިޑްސް" ކިޔާ ޕްރޮގްރާމެއްގެ ތެރެއިން ދިމާވި ގޮތަށް ގުޅުން ބަދަހިވީ އެވެ. އެކަމަކު ފުރަތަމަ ބައްދަލުވުމަށް ފަހު ދެ މީހުން ދެން ދިމާވީ 2013 ވަނަ އަހަރު އީދު ކުޅިވަރުގެ މަޖާ ނެގުމުގެ ތެރޭގަ އެވެ. ވާހަކަ ދައްކަން ފެށީ އޭގެ ފަހުންނެވެ. އަދި އޭގެ ދެ ހަފުތާއެއް ފަހުން އެއީ ލޯބިވެރިންނެވެ. ފެށުމަކީ، ސަލްޓަން ޕާކުން ތައުޒަން ފްލާވާ ކޮޅެއް ބިނދެލައި، މައީ އިސް ވެ މިފޫއަށް ހުށަހެޅުމެވެ.

އަބަދުވެސް ލަވަކިޔުމަށް ލޯބިކުރާ މައީގެ އައިޑޮލްގެ ފެށުމަކީ ވެސް މިފޫއެވެ. މިފޫގެ ޚިޔާލާ އެއްގޮތަށް އައިޑޮލްގައި ބައިވެރިވެ، މިހާރު މައީގެ ލޯބިވެރިޔާގެ އިތުރުން މެނޭޖަރަކީ ވެސް އެއީއެވެ.

މައީ އަދި މިފޫ

މި ދެ ލޯބިވެރިން މި ކިޔައިދެނީ ލޯބި އާލާކޮށް ގުޅުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަމުގައި އެ މީހުންގެ ތަޖުރިބާ އެވެ.

މައީ އާއި މިފޫގެ ބައެއް ގޯލްސް

- މައްސަލައެއް ޖެހިއްޖެ ނަމަ، ކުޑަކޮށް ހަމަޖެހިލުމަށްފަހު ދެމީހުން އެއްތާކު ތިބެގެން އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން.

- ރަނގަޅުކޮށްލަންވީ ކަމެއް އެހެން މީހަކު ބުނެފިނަމަ، އެކަންތައްތައް ގަބޫލުކުރުން

- ރާއްޖެތެރެއަށާއި ރާއްޖޭން ބޭރަށް އެކުގައި ދަތުރުކުރުން

- އެކަކު އަނެއްކަކަށް މޭކަޕްކޮށްދީ، ސަކަރާތް ގަތުން

- މިފޫ ލައްވާ ކޮންމެވެސް ކާއެއްޗެއް ތާއްޔާރުކޮށް، އެކުގައި ކޮންމެވެސް އެއްޗެއް ކާލުން، އެންމެ ޚާއްސައީ މިފޫ ތައްޔާރުކުރާ ޕާސްތާ އާއި އިޑަލިއަން ކްރޫޒިއަން

- އެކުގައި ފިލްމު ބެލުން

- ރައްޓެހިންނާ އެކު ދެމީހުން ބޭރަށް ގޮސް އުޅުން

- ވީހާ ވެސް ގިނަ ތަންތަނުން ކެއުން ތަޖުރިބާކުރުން އަދި ޑިނާ ޑޭޓްތަކަށް ދިޔުން. ގިނައިން ދެވިފައި ހުރީ ސީ ހައުސް އަށް

- އެކުގައި ފަތާލަން ދިޔުން. މައީއާ އެއްވަރަށް މިފޫ ވެސް މޫދަށް މޮޔަ

- އެކުގައި އުޅޭ ވަގުތުތަކުގައި ގިނަފަހަރު ކޮންމެވެސް ކަހަލަ މިއުޒިކެއް ޖެހުން ނުވަތަ ލަވައެއް ކިޔާލުން

މިފޫ އާއި މައީ އެކުގައި ނަގާފައިވާ ސެލްފީއެއް

މިފޫ އާއި މައީގެ ނަޒަރުގައި ލޯބީގެ ގުޅުމެއް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ބައެއް ކަންތައްތައް:

- ބައިވެރިޔާ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެހުން.

- އެކަކަކު އަނެއްކަކު އަންޑަސްޓޭންޑް ވުން

- އެކަކު އަނެއްކަކަށް ނަސޭހަތް ދިނުން

- ކޮންމެދުވަހަކު ވެސް ކޮންމެވެސް ކަމަކާ ސަމާސާކޮށް، އެކުގައި މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލުން.

- އެކަކު އަނެއްކަކަށް މާފުކުރުން

- ބައިވެރިޔާ އަށް ގަދަރުކުރުން

މިއީ އަބަދުވެސް މޫދުގެ ކަންކަމަށް ވަރަށް ފޯރި ހުންނަ ދެ ލޯބިވެރިން

ކޮށްގެން ނުވާނެ ބައެއް ކަންތައްތައް:

- ބައިވެރިޔާއަށް އުނދަގޫވެދާނެ ކަހަލަ އެއްވެސް ކަމެއް ކުރުން

- ސެލްފިޝް ވުން

- އެކަކަކު އަނެއްކަކަށް ޝައްކު ކުރުން

- ކަމަކާ ހިތްހަމަ ނުޖެހި އަދި މައްސަލައެއް ޖެހުނު ކަމުގައި ވިޔަސް ވާހަކަ ނުދައްކާ ހުރުން

- ދެމީހުން އެއްވަރަކަށް، އެއް ވެލިއުސްތަކެއް ހިފެހެއްޓުން

މި ޖޯޑުގެ ލޯބިކަން "މާޒް ފޮޓޮގްރަފީ" އިން ނަގައިދީފައި އެވާ ކަވަ ފޮޓޯއިން އެހެރަ ފެންނަނީ އެވެ.

މައިޝާ (ރާޅު މަރިޔަނބު)

Popular