5 Nov 2018

ދިވެހި ކައިލީއަކީ ކައިޒީން ދޯ؟

ދިވެހި ކައިލީއަކީ ކައިޒީން ދޯ؟

By: Ifraz Ali

ބޭރުގެ މަޝްހޫރު ސެލެބްރިޓީއަކާ ދިވެއްސަކު ވައްތަރުވުމަކީ ނުވަތަ ވައްތަރުވާން އުޅުމަކީ މިހާރު މާ އާ ކަމަކަށް ނުވެދާނެ އެވެ. އޭގެ ދިގު ލިސްޓެއް ވެސް މިހާރު އެބަ އޮތެވެ. އެ ލިސްޓުގެ ފަހަތަށް އަނެއްކާވެސް މި އޮތީ ނަމެއް އިތުރުކޮށްލަން ޖެހިފަ އެވެ. ދިވެހި ޓޮޕް މޮޑެލް، ކައިޒީންގެ ނަމެވެ.

ވައްތަރު ވެގެން މިއުޅެނީ އެމެރިކާގެ ރިއަލިޓީ ޓީވީގެ ދުނިޔޭގައި ރަނިކަން ކުރަމުން އަންނަ، ކައިލީ ޖެނާއާ އެވެ. ކައިޒީން އޭނާގެ "ލުކް" އަށް އެންމެފަހުން ގެނައި ބޮޑު ބަދަލާއެކު މާ ބޮޑަށް ވެސް ކައިލީއާ ވައްތަރުވީ އެވެ. ދޯ ދެނީއެއް ނޫނެވެ. ހަމަ އަސްލަށް ވެސް ވައްތަރީ އެވެ.

View this post on Instagram

💙 . . . 📸: @jordy.jordon

A post shared by KAIZEEN (@kai_zeen) on

ކައިޒީން.

ކައިލީ ގޮތަށް، ކައިޒީން މިހާރު ހުރީ އޭނާގެ އިސްތަށިގަނޑުގައި ރަން ކުލަ ޖައްސާލައިފަ އެވެ. މި ބުނާ ވައްތަރުކަމެއް ފެންނަފެށީ ވެސް އެހާ ހިސާބުންނެވެ. އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލުމަށް ފަހު އިންސްޓަގުރާމަށް ދޫކޮށްލަން ފެށި ފޮޓޯތަކާއެކު، މިހާރު އެންމެ އެއް ރާގަކަށް ކިޔަނީ މިއީ ދިވެހި ކައިލީ އެވެ.

"އިސްތަށިގަނޑުގައި ބްލޮންޑް ކުލަ ޖެއްސިފަހުން ވަރަށް ގިނަ މީހުން ބުނޭ ކައިލީއާއި ވައްތަރޭ. ދެން ބޮޑީއާ އެއްޗެއްހި ހުންނަ ގޮތުން ވައްތަރު ވަނީ ކަންނޭގެ ދޯ. ކައީއަށް ހަމަ ޕްރައިވެޓްކޮށް ހެސްކިޔާފަ މީހުން މެސެޖްކުރޭ، ފޮޓޯއާ އެއްޗެހި ހަދަހަދާފައި ފޮނުވަ،"

View this post on Instagram

Happy Friday🖤🦇 mood because my Halloween 18’ collection just dropped and I thought I’d wear my new lip kit BITE ME to celebrate! my new favorite holiday shade 😍 available right now 💋 kyliecosmetics.com

A post shared by Kylie (@kyliejenner) on

ކައިލީ ޖެންނާ.

ކައިޒީން ބުނީ ދޭތެރެއަކުން އަބަދުވެސް އޭނާގެ "ލުކް" އަށް ބައެއް ބަދަލު ގެންނަ ކަމަށެވެ. އަބަދުވެސް އާ ކަމެއް ކޮށްލުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މިފަހަރުވެސް ކުޑަ ބަދަލެއް ގެންނަ ބޭނުންވެގެން އިސްތަށިގަނޑުގައި ކުލަ ޖައްސާލީ އެވެ.

View this post on Instagram

🏝 . . . . 📸: @sotti.maldives

A post shared by KAIZEEN (@kai_zeen) on

އިންސްޓަގުރާމްގައި 42،000 ފޮލޮވާސްއާއެކު މިހާރު އެންމެ ގިނަ ފޮލޮވާސް ތިބި ދިވެހި މޮޑެލްއަކީ ކައިޒީން އެވެ. ކައިލީއަކީ ވެސް ދުނިޔޭގައި އެންމެ ގިނަ އިންސްޓަގުރާމް ފޮލޮވާސް ތިބި ސެލެބްރީޓީންގެ ޓޮޕް 10 ލިސްޓުގައި ހިމެނޭ ތަރިއެކެވެ.

ކުލަ ޖެއްސިތާ މިހާރު މަހެއްހާ ދުވަސްވީއިރު، އޭނާގެ އިންސްޓަގުރާމް ފޮޓޯތަކުގައި ވެސް ވަރަށް ގިނަ މީހުން ވަނީ ކައިލީއާ ވައްތަރުކަމަށް ބުނެ ކޮމެންޓުތައް ކޮށްފަ އެވެ.

View this post on Instagram

Rip my jeans, not my heart.

A post shared by KAIZEEN (@kai_zeen) on

ކައިޒީން.

"މިހެން ހުރެލާފައި އަނެއްކާވެސް ހަމަ ޗޭންޖެއް ގެނެސްލަފާނަން. ބްލޮންޑް ހެއާ ވީމަ ފުދޭވަރަކަށް މެއިންޓެއިން ކޮށްގެންތާ ގެންގުޅެންޖެހޭނީ. ކައީ މިހާރު ހަމަ ބްލޮންޑް ހެއާއަށް، ކައީގެ ހެއާ ސްޓައިލިޝް ރެކޮމެންޑް ކޮށްފައި ހުރި މި ޔޫސްކުރަނީ،"

ބޮޑު ހަރަދެއް ކޮށްގެން އިސްތަށިގަނޑު ބްލޮންޑް ކުރިފަހުން މިހާތަނަށް އެއްވެސް ގެއްލުމެއް އިސްތަށިގަނޑަށް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ. އަދި ހުރީ އާ ލުކަށް ވަރަށް ހިތްހަމަޖެހިގެންނެވެ.

Popular