25 Mar 2020

By: Aminath Ibrahim

ހަމައެކަނި ޑެސްކް ޖޮބްތަކަށް ބަރޯސާ ވުމުގެ ބަދަލުގައި މަސައްކަތްތެރި ދާއިރާތަކުން ކުރިއަށްދާ ޒުވާނުން މިހާރު ރާއްޖޭގައި ވެސް މަދެއް ނޫނެވެ. އުމުރުން 22 އަހަރުގެ އައިޝަތު ޝަނަން (ނައްނަ) ވެސް ހިމެނެނީ މީގެ ތެރޭގަ އެވެ.

އިންސްޓަގްރާމް އެކައުންޓެއް ހުޅުވައިގެން ނައްނަ އޯޑަރަށް ކޭކާއި ކުކީސް ބޭކް ކުރަން ފެށިތާ އަދި މިވީ އަހަރެކެވެ. އެކަމަކު އޭނާ އަށް ވިޔަފާރިން މިހާރު ފައިދާ ލިބެ އެވެ. ހޮބީއަކަށް ފެށި މަސައްކަތަކުން ލިބެން ފެށި އާމްދަނީއާ އެކު މިހާރު ނައްނަ ބޭނުންވަނީ ބޭކިންގެ ދާއިރާ އިން ރަސްމީކޮށް އޭނާގެ ކެރިއަރު ކުރިއަށް ގެންދާށެވެ.

ދެން މި އޮތީ ނައްނަ ތައްޔާރު ކޮށްދޭ އެއްޗެހީގެ ވާހަކަ އެވެ. ބްރައުނީ ޓަވަ ކޭކުން ފެށިގެން ތްރީ ކްރީމް މިލްކް ކޭކަށް ދަންދެން، ބުނި ގޮތަކަށް ނަންނަ ކޭކު އަޅައިދޭނެ އެވެ. އެކަމަކު މިދުވަސްކޮޅު އެންމެ ހިނގަނީ އޭނަގެ ޓްރެސް ލެޝޭ، ނުވަތަ ތްރީ ކްރީމް މިލްކް ކޭކެވެ. މިއީ ތިން ބާވަތެއްގެ ކިރު ބޭނުންކޮށްގެން ބޭނުންވާ ފްލޭވާއެއްގައި ވަރަށް މޮއިސްޓްކޮށް ތައްޔާރުކުރާ ސްޕޮންޖް ކޭކެކެވެ.

ނައްނަ އަޅައިދޭ "ޕިސްޓެޝިއޯ ލަވް" ކޭކް؛ މިއީ ނައްނަގެ ކަސްޓަމަރުންނަށް ވަރަށް ކަމުދާ ކޭކެއް

"ޓްރެސް ލެޝޭގެ ތެރޭގައި މި ހިމެނެނީ، ފިނިފެންމަލާއި ޕިސްޓާޝިއޯ ލަވް އަދި ޗޮކްލެޓް ޑްރީމް. އެކަމަކު ނައްނަގެ ފޭވަރިޓަކީ ފިނިފެންމާ،" ރޯސް ސިރަޕްގައި ޑިޕްކޮށް، މަތީގައި ވިޕް ކްރީމް ލޭޔާ އެއް، އަދި އޭގެ މައްޗަށް ރޯސް ބަޑް ހިމުންކޮށްފައި އަޅާފައި ހުންނަ މި ކޭކުގައި ދެނީ - ހަމަ ގާތްގަނޑަކަށް - ޝަރުބަތުގެ ރަހަ އެވެ. ދިވެހި ފަލޫދާ އަދި ޝަރުބަތުގެ ރަހަ ކަމުދާ މީހުންނަށް މި ކޭކު ވަރަށް ކަމުދާނެ އެވެ.

ނައްނަގެ "ފިނިފެންމާ" ކޭކް

"މިއީ ނައްނަގެ އޮރިޖިނަލް ރެސިޕީތަކެއް ނޫން. އެކަމަކު ވަރަށް ޝައުގުވެރިކަން ހުންނަ ކަމެއް ވީމަ، އިންޓަނެޓް ރިސާޗް ހަދައިގެން ތަފާތު ރެސިޕީތަކެއް ހޯދައިގެން މި ކޭކުތައް ތައްޔާރު މިކުރަނީ، އޯޑަރަށް އަޅައިދޭ ކޭކްތަކުގެ ތެރޭގައި ޓްރެޗް ލެޝޭގެ އިތުރުން ބްރައުނީސް ވެސް އަޅައިދެން. ބްރައުނީ ޓަވާ ކޭކް ވެސް އަޅައިދެން. ދެން ކުކީސް ވެސް ހަދަން. އެކަމަކު މޮޅެއް ނޫން އައިސިން އާއި ފޮންޑެންޓް މަސައްކަތްތަކަށް" ނައްނަ ބުންޏެވެ.

View this post on Instagram

A post shared by Nanna’s (@bakesbynanna) on

އޭނާގެ ކޭކު ތަކުގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮތީ ޕިސްޓެޝިއޯ ކޭކަށެވެ.

"މިކަން ފެށުނީމަ މި އެނގުނީ ބޭކިން އަކީ އަސްލު ގޭގައި އިންދެގެން އަމިއްލަ ބޭނުންތައް ފުއްދޭ ވަރަށް ލާރި ލިބިދާނެ މަސައްކަތެއް ކަން. އަނެއް ކޮޅުން ޕާޓް ޓައިމްކޮށް ވެސް އުޅެވޭ ދާއިރާ އެއް ވީމަ، އެގޮތުން ވެސް ވަރަށް ރަނގަޅު ދާއިރާ އެއް މިއީ." ނައްނަ ބުންޏެވެ.

ކެއްކުން ކޭކް ޑެކޮރޭޝަން

Popular