30 Jun 2020

ކައިގެ ގިވްއަވޭ ހޯދަން 20،000 މީހުން؛ ކައި ދެނީ ޔަގީންކަން!

ކައިގެ ގިވްއަވޭ ހޯދަން 20،000 މީހުން؛ ކައި ދެނީ ޔަގީންކަން!

By: Ifraz Ali

މަޝްހޫރު މޮޑެލް ކައިޒީން (ކައި) ގެ އިންސްޓަގްރާމްގައި 100،000 ފޮލޯވާސް ހަމަވުމުގެ އުފަލުގައި ގިވްއަވޭގެ ގޮތުގައި އޭނާގެ ފޭނުންނަށް 3،000 ޑޮލަރު ދޭން ނިންމައި އެކަން އިއުލާންކުރީ މި މަހު 13 ގަ އެވެ. މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 27 އަށް ހަމަވެ، ގިވްއަވޭ ލިބޭ މީހުން މިއަދު އިއުލާންކުރާނެ އެވެ. ވަގުތު ހަމަވި އިރު މި ގިވްއަވޭގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ކައި ބުންޏެވެ.

ގިވްއަވޭގައި ބައިވެރިވި ފޭނުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް، ކޮންމެ މީހަކަށް ނަގުދު ފައިސާ އިން 1،000 ޑޮލަރު ދޭން ކައި ވަނީ ނިންމައިފަ އެވެ.

މި ގިވްއަވޭގައި ބައިވެރިވާން ކައިގެ އިންސްޓަގްރާމަށް ފޮލޯކޮށްފައި ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު، ކޮމެންޓްގައި ތިން ރައްޓެހިން ޓެގްކުރަން ޖެހެ އެވެ. އަދި އެ ގިވްއަވޭ ޕޯސްޓް އެމީހެއްގެ އަމިއްލަ އިންސްޓަ ސްޓޯރީ އަށް ޝެއާކުރާށެވެ. އަދި ސްޓޯރީ އަށް ޕޯސްޓް ޝެއާކުރާއިރު، މި ފައިސާގެ އިނާމު އެމީހަކަށް ލިބެންޖެހޭ ރަނގަޅު ސަބަބެއް ލިޔަން ޖެހުނެވެ. އަދި ބައިވެރިވާ މީހާގެ ޕްރޮފައިލް ފަބްލިކަށް ފެންނަ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ.

ވަރަށް ފަހުން ދިވެހި ފިޓްނެސް އިންސްޓްރަކްޓާ އަދި ސޯޝަލް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ދިން ގިވްއަވޭއެއްގައި ނާއިންސާފުން ކަންކަން ހިނގާފައިވާ ކަމަށް ބުނެ، އެ ގިވްއަވޭގައި ބައިވެރިވި މީހުންގެ ތުހުމަތުތަކަކާ އެކު އެކަން ވަރަށް ބޮޑު މައްސަލަގަނޑަކަށް ވެފައި ވާތީ، އަހަރެމެން ބޭނުންވީ ކައިގެ ގިވްއަވޭ ކުރިއަށް ދާނެ ގޮތާއި ހައްގުވެރިންނަށް މި ލިބޭނެ ކަމުގެ ޔަގީންކަން ކައިގެ ފަރާތުން ހޯދުމެވެ. ކައި ދިން ޖަވާބަކީ މި އެވެ؛

View this post on Instagram

A post shared by KAIZEEN (@kai_zeen) on

"ކައި ވިނާސް ސެލެކްޓްކުރަނީ ރީޒަން ބޭސްޑްކޮށް. ކޮންމެ މީހަކަށް ވެސް ދިނިން އެ އޮޕޮޗިއުނިޓީ، ވެލިޑް ރީޒަންއެއް ޕްރޮވައިޑްކޮށް ދޭން. ފިލްޓާކޮށްލަން ވެސް އޭރަށް ފަސޭހަ ވާނެތާ، މި ބޮޑަށް ބޭނުންވާ ކޮން ބައެއްކަން. މިސާލަކަށް ލަކީޑްރޯއަކަށް ގޮސްފި ނަމަ އެ އެންމެ ބޭނުންވާ މީހާ އަށް ނުލިބިދާނެތީ،" ކައި ބުނީ އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތަކަށް ވަނީ އެ ގޮތް ކަމަށް އޭނާ ދެކޭ ކަމަށާއި އޭނާގެ ޓީމުން ގިވްއަވޭ ދޭނެ މީހުން ހޮވާނީ މި ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ކައި ބުނިން މީޑިއާތަކަށް ވެސް ދޭނަމޭ ފުރުސަތު، ހަމަ ތިކޮޅުން ރިކުއެސްޓް ކޮށްލީމަ، ކަނެކްޓް ކޮށްދޭނަން ތިން ވިނާސް އަށް. އޭރުން ތިކޮޅަށް އިންޓަވިއު ކުރެވޭނެ. މީހުން މިހާރު ބޭނުންވާނެ ދޯ އެ ލެވެލްގައި އެއްޗެހި އެނގެން. ކަންތައްތައް ވެފައި ހުރި ގޮތް،" ވަރަށް ފަހުން ކުރި އިންސްޓަގްރާމް ސްޓޯރީ ޕޯސްޓެއްގައި ވެސް ފޭނުންނަށް މި ވާހަކަތައް ކިޔައިދީފައި ވާނެ ކަމަށް ކައި ބުންޏެވެ.

ކައި ބުނީ އޭނާގެ ޓީމުން، މި ގިވްއަވޭގައި ބައިވެރިވި މީހުންގެ ތެރެއިން، ގިވްއަވޭ ލިބެންޖެހޭ ކަމަށް ބުނެ އެންމެ ރަނގަޅު ސަބަބުތަކެއް ދައްކާފައި ހުރި 10 މީހެއް ޝޯޓްލިސްޓް ކުރާނެ ކަމަށެވެ. އަދި އޭނާގެ ޓީމުން އެ މީހުންނަށް ގުޅައި ހާލަތު ރަނގަޅަށް ބެލުމަށް ފަހު އޭގެ ތެރެއިން ތިން މީހަކު ހޮވާނެ ކަމަށެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen) on

"ކައި އަކީ ކުރާ ހުރިހާ ކަމެއް ވެސް ވަރަށް ޕްރޮފެޝަނަލްކޮށް ކުރާ މީހެއް. ވަރަށް ޕޮޒިޓީވްކޮށް ގިނަ މީހުން ދެކެނީ، ކައިގެ މި ގިވްއަވޭއާ މެދުގައި. ކައި ވަރަށް ބޮޑަށް މީތި ހަމަ ވީހާ ވެސް ޓްރާންސްޕޭރަންޓްކޮށް ގެނެސްދޭން މި މަސައްކަތް ކުރީ،" ދެފުށް ފެންނަ ގޮތަށް، ވަރަށް އިންސާފުވެރިވާނެ ކަމަށް ކައި ބުންޏެވެ.

"އަސްލު ތެދަށް ބުނަންޏާ މި ގިވްއަވޭގައި ކައިގެ މޯޓީވްއަކަށްވީ ކޮންމެހެން ފޮލޯވާސް އިތުރުކުރުމެއް ނޫން، ބައެއް މީހުނަށް އެހެން ހީވެފައި އޮތަސް. މިކަން މި ކުރީ ވެސް ފޮލޯވާސް އިތުރުވީމަތާ، އެހެންވީމަ އެއަކަށް އެކްސްޕެކްޓެއް ނުކުރަން. ކައި ހަމަ ޖެނުއިންލީ ކުރި ކަމެއް، މީހުނަށް އެހީވާން،" މި ގިވްއަވޭ އިއުލާންކުރި ފަހުން ކައިގެ އިންސްޓަގްރާމަށް ވަނީ 15،000 ފޮލޯވާސް އިތުރުވެފަ އެވެ.

ގިވްއަވޭ އަށް މިހާ ބައިވަރު ފައިސާ ދޭތީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފެއްދި މީހުނަށް ވެސް ކައިގެ ފަރާތުން ޖަވާބެއް ހޯދީމެވެ.

"ކައިއަކަށް ހިއެއް ނުވޭ މިހާރު ކައިއަށް ވުރެ އަގު ބޮޑުކޮށް، އެޑް އެއްޗެހި ކުޅޭ މީހެއް ހުންނާނެހެން. ކައި އަކީ ހަމަ އިޔާލީ ކޮންޓްރެކްޓްސްތަކާ އެއްޗެހި ހަދައިގެން އުޅޭ މީހެއް. ކައި އެނގޭ މީހަކަށް އިނގޭނެ 3،000 ޑޮލަރު ކައިއަށް އެފޯޑް ކުރެވިދާނެ ކަން،" ކައިގެ ގިވްއަވޭ ޕޯސްޓުގައި ވެސް ބުނެފައި ވަނީ މި ފައިސާ އަކީ ޝޫޓިންތަކުންނާއި ސޯޝަލް މީޑިއާގެ ބައެއް ހަރަކާތްތަކުން އޭނާ ލިބިފައިވާ ފަންޑުތަކުން ދޭ ހަދިޔާއެއް ކަމަށެވެ.

ސެލެބްރިޓީން ސޯޝަލް މީޑިއާ

Popular