18 Jun 2024

ހުއްޓުމެއް ނެތް ޕާޓީތަކުން ރާދިކާގެ ރީތި 5 ހެދުން

ހުއްޓުމެއް ނެތް ޕާޓީތަކުން ރާދިކާގެ ރީތި 5 ހެދުން

ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުން އަދި ސެލެބްރިޓީންނާ އެކު މި އަހަރު ކުރީކޮޅު މުޅި އިންޑިއާގެ ޖަމްނަގަރުގައި ބިލިއަނަރު މުކޭޝް އަންބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ފުރަތަމަ "ޕްރީ ވެޑިން" ޕާޓީ ވަނީ ފެނިފަ އެވެ. މި ޕާޓީގެ ކުލަ ގަދަކަމުން ބައެއް މީހުންނަށް އެއީ ކައިވެނި ޕާޓީއޭ ހީވެފައި އޮވެދާނެ އެވެ.

ކައިވެނީގެ ކުރިން، މި ދެ އާއިލާ ގުޅޭތީ އެކަމުގެ އުފަލުގައި ބޭއްވި ފުރަތަމަ ޕާޓީގެ އަޑު ނުކެނޑެނީސް އަނެއްކާވެސް ހަބަރުތަކުގައި މި ދަނީ މި ދެ ލޯބިވެރިންގެ ދެވަނަ ޕާޓީގެ ފޮޓޯތައް ދައުރުވަމުންވަމުންނެވެ.

ހަތަރު ދުވަސް ވަންދެން، އިޓަލީން ފެށިގެން ފްރާންސާ ހަމައަށް ކްރޫޒް ބޯޓެއެއްގައި އެކި ދިމާލަށް ހުއްޓަމުން ކުރިއަށްދިޔަ މި ހަފްލާގެ ފޮޓޯތައް އާންމުވެފައި ވާއިރު ރާދިކާގެ ހެދުންތައް ވަރަށް ވެސް ހިތްގައިމެވެ. މީގެ ތެރެއިން ފަސް ހެދުން ފާހަގަކޮށްލާނަމެވެ.

ކަޅާއި ހުދުގެ ލޯބީގެ ސިޓީ

ފުރަތަމަ އިވެންޓުން ފެނުނު ރީތީ "އީވްނިންގް ގައުން'" ގައި އޮތީ މި ދެ ލޯބިވެރިންގެ އުމުރުން 22 އަހަރުގައި އަނަންތު ރާދިކާއަށް ލިޔުނު ލޯބީގެ ސިޓީ އެވެ.

ޓޮގާ ޕާޓީ

ރޯމަން ތީމްގެ މި ޕާޓީގައި ރާދިކާ ލައިގެން ހުރީ ރަންކުލައިގެ މެޓަލިކް "ސްކަލްޕްޗާ" އެއް ހެން ހީވާ މައްޗަކާ އެކު ރީތި ހެދުމެކެވެ. ނިއު ޔޯކްގެ ޑިޒައިނަރެއް ކަމަށްވާ ގްރޭސް ލިންގް ފަރުމާކޮށްފައިވާ މި ރީތި ހެދުން ލައިގެން ނަށަން އުޅުނީ މަޝްހޫރު ޑީޖޭ ޑޭވިޑް ގުއެޓާގެ ހިތްގައިމު ލައިވް މިއުޒިކަށެވެ.

ބޯލް ގައުން

މި ލޮކޭޝަންގެ ފެންގަނޑުގެ ކުލަތަކާ ގުޅޭ ގޮތަށް ވާސާޗީ ބްރޭންޑުގެ ރީތި ނޫކުލައިގެ ހެދުން ލައިގެން ރާދިކާ ފެނިފައި ވާއިރު މުޅި އައުޓްފިޓުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ކަރުގައި އޮތް އޯޕަލް ފަށަށެވެ. ޕިޓްބުލް އަދި ކޭޓީ ޕެރީ ޕާފޯމް ކޮށްދިިން ބޯލްގައި ރާދިކާ ހީވީ ޑިޒްނީގެ ރާނީއެއް ހެނެވެ.

ފާމާސް މާކެޓް އައުޓްފިޓް

އަމްބާނީ އާއިލާއިން ވަނީ އިޓަލީގެ މި ސިޓީގެ ބޮޑު ސަރަހައްދެއް، ޕާޓީ ބޭއްވުމަށް ފާމާސް މާކެޓެއްގެ ސިފައަށް ބަދަލުކޮށްލައިފަ އެވެ. މި އިވެންޓަށް ރާދިކާ ލައިގެން ހުއްޓައި ފެނިފައިވަނީ އީވްސް ސެއިން ލައުރަންޓް ޑިއޯ ބްރޭންޑަށް ހަދައިދިން އާކައިވް ކޮށްފައިވާ ރީތި ފިޔާތޮށި ކުލައިގެ ޑިޒައިނެކެވެ. މި ހެދުމާ އެކީ ނަށާލަން، މަޝްހޫރު ލަވެއް ކަމަށްވާ "ކާންޓް ހެލްޕް ފޯލިންގް އިން ލަވް ވިތް ޔޫ" ހުށަހަޅައިދިނީ އިޓަލީގެ މަޝހޫރު ތަރި އެންޑްރިއަ ބޮޗެލީ އެވެ.

ކުއީން ރާދިކާ

ބްރިޖަޓަން ސީރީޒްއިން ތައާރަފްވެހެން އުޅުނު ކެރެކްޓާއެ ސިފަވާގޮތަށް ހުރި ރީތީ ހުދު ގައުން ލައިގެން ރާދިކާ ދިޔައީ ކޮން އިވެންޓަކަށް ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް މި ގައުން އަކީ ލިސްޓުގެ ފަސް ހެދުމުގެ ތެރެއިން އެންމެ ހިތްގައިމު އެއް ހެދުމެވެ. ލަގްޒަރީކަން ސިފަވާ ގޮތަށް ހުދު ޑަބަލް ސެޓިން ފޮތިން ރޫނަގާފައިވާ މި ހެދުމުގައި ސިލްކުން ހަދައި އަދި ޑައިމަންޑުތަކެއް ހަރުކޮށްފައި ހުރި ފިނިފެންމާތަކެއް ހުއްޓެވެ. ޓަމާރާ ރަލްޕް ބްރޭންޑުގެ މި ހެދުން ފުރިހަމަ ވެފައި ވަނީ ރާދިކާ އަޅައިގެން ހުރީ ހެދުމާ ގުޅޭ ތާޖުންނެވެ.

Popular