10 Aug 2022

އައިއޯއެސް 16 އިން ތަފާތު ފެނޭ

By: Ahmed Jaishan

އެޕަލްގެ އައިފޯން އޮޕަރޭޓިން ސިސްޓަމް "އައިއޯއެސް"ގެ އާ އިޓަރޭޝަން އައިއޯއެސް 16 އާ އެކު އެޕަލް އިން އަންނަނީ ތަފާތު އާ ފީޗާތައް ތައާރަފުކުރަމުންނެވެ. އައިއޯއެސް 16 އާ އެކު އައިފޯނުގެ އޯއެސް އަށް އިތުރު ކަސްޓަމައިޒޭޝަންތައް އަންނަނީ ރިލީޒްކުރަމުންނެވެ.

އައިއޯއެސް 16 ޕަބްލިކަށް ރަސްމީކޮށް ނެރުމުގެ ކުރީން އޭގެ ފީޗާތައް ބަލާލެވޭނެ ގޮތަށް ޕްރިވިއު ބިލްޑްތައް އަންނަނީ ރިލީޒްކުރަމުންނެވެ. އޭގެތެރޭގައި ތަފާތު އާ ފީޗާތައް ހިމެނެ އެވެ.

ލޮކްސްކްރީނަށް ބޮޑު ބަދަލެއް

އައިއޯއެސްގެ އާ އަޕްޑޭޓާއެކު އެންމެ ބޮޑަށް ފެންނާނެ ބަދަލަކީ ފޯނުތަކުގެ ލޮކްސްކްރީނަށް އަންނާނެ ބަދަލެވެ. އާ އަޕްޑޭޓުގައި ލޮކްސްކްރީން ވަރަށް ގަދަ އަށް ކަސްޓަމައިޒް ކޮށްލެވޭނެ އެވެ.

އޭގެތެރޭގައި ލޮކްްސްކްރީންގެ ގެލެރީ އަމިއްލައަށް ތައްޔާރު ކޮށްލުމުގެ އިތުރުން ތަފާތު އެކި ގޮތްގޮތަށް ގަޑި ބަދަލު ކޮށްލެވޭނެ އެވެ. އަދި އޭގެ އިތުރުން ވެސް ތަފާތު އެކި ކަހަލަ ވިޖެޓްތައް މިހާރު ލޮކްސްކްރީންގައި ބޭނުން ކުރެވޭނެ އެވެ.

މެސެޖު ޑިލީޓް ކުރުން

އައިފޯންގެ ޔޫސަރުން އެންމެ ގިނައިން ބޭނުންކުރާ މެސެޖިން ސާވިސް އަކީ އައިމެސެޖް އެވެ. މި މެސެޖިން ސާވިސް އަށް ވަނީ އާ ފީޗާއެއް އިތުރުކޮށްފަ އެވެ. އެއީ ފޮނުވާ މެސެޖުތައް އެހެން މީހުންނަށް ފެނުމުގެ ކުރީން އެ ޗެޓުން ޑިލީޓްކޮށްލުމުގެ ފީޗާ އެވެ.

.

މެސެޖް ޑިލީޓްކުރުމުގެ އިތުރުން މެސެޖުތައް އެޑިޓްވެސް ކޮށްލެވޭނެ އެވެ.

އާ އަޕްޑޭޓަކާ އެކު މިހާރު ބެޓެރި ޕަސެންޓް ވެސް ބަލާލެވޭނެ

އެޕަލް އިން ވަނީ ދާދި ފަހުން އައިއޯއެސް 16ގެ ފަސްވަނަ ބީޓާ އަޕްޑޭޓް ނެރެފަ އެވެ. އެ އަޕްޑޭޓާ އެކު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ފޯނުގެ ބެޓެރީ ޕަސެންޓް އަބަދު ބަލާލަން ލިބުމެވެ. މިހާރު ފޯނުގެ ބެޓެރި ޕަސެންޓް ބެޓެރި ނޮޓިފިކޭޝަން ތެރެއިން ބަލާލަން ލިބޭނެ އެވެ.

..

ނޯޓް: ޕްރިވިއު އަޕްޑޭޓަކަށް ވާތީ އައިއޯއެސް ލިބޭނީ ވަކީން ޑައުންލޯޑްކޮށްގެން މެނުއަލްކޮށް އިންސްޓޯލް ކޮށްގެނެވެ. އާންމުންނަށް ރަސްމީ ވާޝަން ލިބޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ ތެރޭގަ އެވެ.

އެޕަލް އައިއޯއެސް

Popular