By: Ifraz Ali
އައިފޯންގެ ފޭނުންނަށް ކޮންމެ އަހަރަކު އަންނަ އެންމެ މުހިންމު ދުވަހަކީ، ކޮންމެ ސެޕްޓެމްބަރު މަހެއްގައި ބާއްވާ، އެ އަހަރެއްގެ އާ އައިފޯނުތައް ދައްކާލާ އިވެންޓެވެ. އެކަމަކު މިފަހަރުގެ އިވެންޓްގައި އާ އައިފޯނެއް ނެތެވެ. އިވެންޓް ފެށުމުގެ މާ ކުރިން ވެސް އެކަން އޮތީ ޔަގީންވެފަ އެވެ. އެޕަލް އިން ބުނެފައި ވަނީ އާ އައިފޯނު ގެނެސްދޭން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ރޭގެ އިވެންޓްގައި އާ އައިފޯނުގެ ވާހަކަ، އެއްވެސް ވަރަކަށް ނުދައްކާތީ އެކަމާ ހިތްދަތިވެގެން ވެސް މީހުން އެބަ އުޅެ އެވެ. އެކަމަކު އަދިވެސް އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ.
އާ އައިފޯން ނުދެއްކިޔަސް، ރޭގެ އިވެންޓްގައިި އެޕަލް އިން ވަނީ ވަރަށް ހާއްސަ، އާ އުފެއްދުންތަކެއް ދައްކާލައިފަ އެވެ. މި ބަލައިލަނީ ރޭގެ އިވެންޓްގެ އެންމެ މުހިންމު އުސްއަލިތަކަށެވެ.
ރޭގެ "ފޫހި" އިވެންޓް ފަޅުފިލުވައިދިން އެއްޗަކަށްވީ އެޕަލް ވޮޗް ސީރީޒް 6 އެކެވެ. އެޕަލް ވޮޗްގެ އެންމެ ފަހުގެ އުފެއްދުމެވެ.
- މުޅިން އާ ކުލަތަކެއް؛ އޭގެ ތެރޭގައި، ނޫ ކުލަ، ރަތް ކުލަ، ޑާކް ގްރޭ ސްޓެއިންލެސް އަދި ގޯލްޑް ސްޓެއިންލެސް ހިމެނޭ
- ބޭނުންކޮށްފައި ވަނީ މުޅިންއާ އެސް6 ގެ ޗިޕެއް؛ ކުރީގެ ޗިޕަށް ވުރެ 20 ޕަސެންޓް އަވަސް ވާނެ
- މުޅިން އާ ފީޗާއަކަށް، ބްލަޑް އޮކްސިޖަން ލެވެލް ބެލޭނެ ސެންސާއެއް
- ގަޑިއަށް މުޅިން އާ ބޭންޑްތަކެއް؛ އޭގެ ތެރޭގައި ސޯލޯ ލޫޕް އަދި ބްރެއިޑެޑް ސޯލޯ ލޫޕް ހިމެނޭ
- އެޕަލް ވޮޗްގެ އަގުހެޔޮ ގަޑިއެއް
- މި ގަޑި ފަރުމާކޮށްފައި ވަނީ އެޕަލް ވޮޗް 5 އަދި 6 ގެ ބައެއް ފީޗާތައް ބޭނުންކޮށްގެން
- ބޭނުންކޮށްފައި ވަނީ އެސް5 ގެ ޗިޕެއް
- އެޖް ޓު އެޖް ޑިސްޕްލޭއެއް؛ މިއީ 10.9 އިންޗީގެ ލިކުއިޑް ރެޓިނާ ޑިސްޕްލޭއެއް
- ހޯމް ބަޓަން ދުއްވާލުމަށް ފަހު، ޓަޗް އައިޑީ އާއި ޕަވާ ބަޓަން އެއްކޮށްލައިފައި
- ބޭނުންކޮށްފައި ވަނީ އެންމެފަހުގެ އެޕަލް އޭ14 ބަޔޮނިކް ޕްރޮސެސާއެއް؛ އާ އައިފޯނުގައި ވެސް ބޭނުންކުރަނީ މި ޗިޕް ކަމަށްވޭ
- މި ޗިޕްގެ އެހީގައި ސީޕީޔޫގެ ޕާފޯމަންސް 40 ޕަސެންޓް އިތުރުކޮށްދޭ އަދި ގްރެފިކް ޕާފޯމަންސް 30 ޕަސެންޓް އިތުރުކޮށްދޭ
- ޔޫއެސްބީ ސީ ކަނެކްޓާއެއް އިނދޭ
- އެޕަލް މެޖިކް ކީބޯޑާއި އެޕަލް ޕެންސިލް މިއާއެކު ބޭނުންކުރެވޭނެ
- އާ ކުލަތަކުގެ ތެރޭގައި ފެހި ކުލަ އަދި ސްކައި ބްލޫ ހިމެނޭ
- މަހުން މަހަށް ފައިސާ ދައްކައިގެން ބޭނުންކުރެވޭ އެޕަލް ބައެއް ހިދުމަތްތައް އެއްކޮށްލައިގެން ފައިސާ ދެއްކޭނެ އަގުހެޔޮ ހިދުމަތެއް
- އެޕަލް ވަންގައި ހިމެނެނީ، އައިކްލައުޑް، އެޕަލް މިއުޒިކް، އެޕަލް އާކޭޑް، އެޕަލް ޓީވީ ޕްލަސް، އެޕަލް ފިޓްނެސް ޕްލަސް އަދި އެޕަލް ނިއުސް
- އެންމެ ކުޑަ ޕެކޭޖު، މަހަކަށް 15 ޑޮލަރަށް؛ އޭގައި ހިމެނެނީ އެޕަލް މިއުޒިކް، އެޕަލް ޓީވީ ޕްލަސް، އެޕަލް އާކޭޑް އަދި 50 ޖީބީގެ އައިކްލައުޑް
- ކަސްރަތުކުރާ މީހުނަށް ހާއްސަ ހިދުމަތެއް
- އެޕަލް ވޮޗް ވޯކްއައުޓް އެޕާއެކު ލިބޭ މި ހިދުމަތް ބޭނުންކޮށްގެން އެމީހެއްގެ ފިޓްނެސް ރޫޓިން ބެލެހެއްޓޭނެ
- އައިފޯން، އައިޕެޑް އަދި އެޕަލް ޓީވީ މެދުވެރިކޮށް މި ހިދުމަތް ލިބޭ
- މި ހިދުމަތުން ލިބޭ ބައެއް ކަސްރަތުތަކުގެ ތެރޭގައި ޔޯގާ ސައިކްލިން، ކޯ ފިޓްނެސް އަދި ކޫލްޑައުންސް ކަހަލަ އެއްޗެހި ހިމެނޭ
- މި ހިދުމަތް ލިބޭނީ މިއަހަރު ފަހުކޮޅު
- އަގަކީ، މަހަކަށް 10 ޑޮލަރު އަދި އަހަރަކަށް 80 ޑޮލަރު
- އަލަށް ބޭނުންކުރަން ފަށާ މިހުނަށް ފުރަތަމަ ތިން މަސް ހިލޭ
- މިއަދުން ފެށިގެން އައިއޯއެސް 14 ފޯނުތަކަށް ލިބެން ފަށާނެ