ވަރަށް "ހެކްޓިކް" ހަފުތާ އަކަށް ފަހު މި ހަފުތާ ބަންދަށް ކަމެއް ޕްލޭން ކޮށްފައި ނެތް މީހުން ވެސް ތިބޭނެ އެެވެ. މިއީ ހަފުތާ ބަންދުގައި އެއްޗެއް ބަލައިލަން ވަގުތު ލިބޭނެ މީހުންނަށް ވެދާނެ އެވެ.

ވަރަށް "ހެކްޓިކް" ހަފުތާ އަކަށް ފަހު މި ހަފުތާ ބަންދަށް ކަމެއް ޕްލޭން ކޮށްފައި ނެތް މީހުން ވެސް ތިބޭނެ އެެވެ. މިއީ ހަފުތާ ބަންދުގައި އެއްޗެއް ބަލައިލަން ވަގުތު ލިބޭނެ މީހުންނަށް ވެދާނެ އެވެ.
މި ފާއިތުވި ދެ ހަފުތާއެއް ތެރޭގައި ވަނީ ތަފާތު އާ ފިލްމުތަކާއި ޝޯތަކެއް ވެސް ނިކުމެފަ އެވެ. އެއާ އެކު ބަލައިލަން ރަނގަޅު އެއްޗެއް ހޯދަން ކޮންމެވެސް ވަރަކަށް އުނދަގޫ ވެދާނެ އެވެ. އެކަމަށް ހައްލެއް ހޯދާލުމަށް މިއޮތީ ކުޑަ ލިސްޓެއް އެކުލަވާލާފަ އެވެ.
މި ލިސްޓުގައި ބައެއް ޓީވީ ޝޯތަކުގެ އިތުރުން ފިލްމު ވެސް ހިމެނޭނެ އެވެ.
ޕްރޭ
އާނޯލްޑް ސްވާޓްޒްނޭގާ ލީޑުން ފެނިގެން ދިޔަ އައިކޮނިކް ފްރެންޗައިޒް "ޕްރެޑެޓާ" ކަމުދާ މީހުންނަށް މިއީ ވަރަށް ކަމުދާނެ ފިލްމެކެވެ. ޕްރޭ އަކީ ޕްރެޑެޓާ ފްރެންޗައިޒްގެ ޕްރީކުއެލް ފިލްމެކެވެ.
މި ފިލްމު ސެޓުކޮށްފައިވަނީ 1700ގެ އަހަރުތަކުގެ ތެރެއަށެވެ. އަދި ނޭޓިވް އެމެރިކަން ގްރޫޕަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފިލްމުގައި ލީޑު ކެރެކްޓަރަކީ އަންހެން ނޭޓިވް ޒުވާނެކެވެ. އޭނާ ބޭނުންވަނީ އޭނާގެ ބޭބެއެކޭ އެއްގޮތަށް ޝިކާރަ ކުރަން ދާށެވެ. އެއް ދުވަހަކު އަމިއްލަ އަށް ނިކުމެގެން އުޅުމުގެ ތެރޭގައި އޭނާ އަށް ޕްރެޑެޓާގެ ކްރިއޭޗާ ފެނެ އެވެ.
ފިލްމުގައި ދެން ފެންނާނީ އޭގެ ކިބައިން ސަލާމަތްވުމަށް އެންމެން މަސައްކަތް ކުރާގޮތެވެ. މި ފިލްމު ވަނީ ހުލޫ އަށް ނެރެފަ އެވެ. އެހެންވީމާ ވަގުތުން މިހާރު ސްޓްރީމް ކޮށްލެވޭނެ އެވެ.
ނޮޓް އޯކޭ
ނޮޓް އޯކޭ އަކީ އިންޓަނެޓް މަޝްހޫރު ކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. ފިލްމުގައި ލީޑް ރޯލުން ފެންނަނީ ޑެނީ ސެންޑާސް ކިޔާ ފޮޓޯގްރަފަރެކެވެ. ނަމަވެސް ޑެނީ ބޭނުންވަނީ ލިޔުންތެރިޔަކަށްވުމާއި މަޝްހޫރު ވުމަށެވެ.
މީހުންގެ ސަމާލުކަން ހޯދަން ވެގެން ފޮޓޯތަކެއް އެޑިޓްކޮށްގެން ޕޯސްޓްކުރާއިރަށް ޑެނީ އޮޅުމަކުން ވައިރަލް ވެގެން ދެ އެވެ. ދެން ފިލްމުގައި ފެންނާނީ އެކި ދޮގުތައް ހަދައިގެން އެ ދޮގު ފޮރުވުމަށް ޑެނީ މަސައްކަތްކުރާ ތަނެވެ.
މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ ޒޯއީ ޑަޗް އާއި ޑިލަން އޮބްރާޔަން އެވެ. މި ފިލްމު މިހާރު އެމޭޒަން ޕްރައިމް އިން ސްޓްރީމް ކޮށްލެވޭނެ އެވެ.
އައި އޭމް ގްރޫޓް
މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކެރެކްޓަރު "ގްރޫޓް" ދެކެ ލޯބިވާން އިތުރު ފުރުސަތެއް މިއޮތީ ލިބިފަ އެވެ. "އައި އެމް ގްރޫޓް"ގެ ނަމުގައި ޑިޒްނީ އިން ވަނީ މިނީ ސީރީޒެއް ނެރެފަ އެވެ.
ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓުގެ ދިގުމިން ހުންނަ، ފަސް އެޕިސޯޑުގެ މިނީ ސީރީޒްގައި ގްރޫޓްގެ ދަތުރުތަކުގެ ވާހަކަތައް ކުޑަކޮށް ކިޔާލަ ދެ އެވެ.
މުޅި ސީރީޒް އެއްކޮށް ރިލީޒްކޮށްފައިވާއިރު އެ ސީރީޒް މިހާރު ޑިޒްނީގެ ސްޓްރީމިން ސާވިސް އިން ބަލާލެވޭނެ އެވެ.
ސޭންޑް މޭން
ނެޓްފްލިކްސް އިން ދާދިފަހުން ނެރެފައިވާ ޝޯ "ސޭންޑް މޭން" އަކީ ނެޓްފްލިކްސްގެ މި ހަފުތާގެ އެންމެ ބޮޑު ރިލީޒް އެވެ. ކޮމިކް ސީރީޒް އަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސޭންޑް މޭން އަކީ ފެންޓެސީ އަދި ބިރުވެރި ޝޯ އެކެވެ.
މި ޝޯގައި އެކި ބާރުތައް ލިބިފައިވާ ދިރުންތަކެއް ވެ އެވެ. އޭގެތެރެއިން ވެސް މައިގަނޑު އަލި އަޅުވާލަނީ ސޭންޑްމޭން އަށް ނުވަތަ ޑްރީމް އަށެވެ. ޑްރީމް އަކީ ހުރިހާ އިންސާނުންގެ ހުވަފެންތައް ބަލަހައްޓައި އެ ހުވަފެންތައް ކޮންޓްރޯލްކޮށް ހަދާނެ އެވެ.
މި ޝޯގެ ފުރަތަމަ ސީޒަން އެއްކޮށް މިހާރު ސްޓްރީމް ކޮށްލެވޭނެ އެވެ.