21 Aug 2022

ބައިސްކޯފަށް ވަރުގަދަ އާ ކޮންޓެންޓުތަކެއް

By: Ahmed Jaishan

ރާއްޖޭގެ އޮރިޖިނަލް ކޮންޓެންޓް އުފެއްދުމަށް "ބައިސްކޯފު" އަކީ ބޮޑު ބާރެކެވެ. އަމިއްލަ ގިނަ އުފެއްދުންތައް އަބަދު ތައްޔާރު ކުރަމުން އަންނަ ބައިސްކޯފަށް އަނެއްކާ ވެސް އާ ކޮންޓެންޓް އަތުވެއްޖެ އެވެ.

ބައިސްކޯފުން ތަފާތު އެކި ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެން ތަފާތު ތިން ސީރީޒެއް ވަނީ އުފައްދާފަ އެވެ، އޭގެ އިތުރުން ބައިސްކޯފުން ވަނީ އޮރިޖިނަލް އަލްބަމެއް ވެސް ރިލިޒްކޮށްފަ އެވެ.

މުޅިން ތަފާތު ޝޯތަކެއް

ބައިސްކޯފުން ވަނީ ތަފާތު ތިން ސްކްރިޕްޓެޑް ޝޯއެއް ތައްޔާރުކޮށް ރިލީޒްކުރަން ތައްޔާރުވެފަ ވެފަ އެވެ. ފުރަތަމަ ޝޯއަކީ "ގުދަން" ނަމަށް ކިޔާ ވެބް ސީރީޒް އެކެވެ. ގުދަން އަކީ އޯކޭޒްއިންކް ޕްރޮޑަކްޝަނުން ރިލީޒްކުރާ ޝޯ އެކެވެ. މިއަދުން ފެށިގެން ލިބޭ މި ޝޯ އަކީ ރާއްޖޭގެ މާހައުލަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޝޯ އެކެވެ. މި ޝޯގައި ރާއްޖޭގެ މުޖުތަމައުން ފެންނަ މައްސަލަތައް ދައްކައިދޭނެ އެވެ. މިއީ 12 އެޕިސޯޑުގެ ޝޯއެކެވެ.

ދެވަނަ އަށް ރިލީޒްކުރާ ޝޯ އަކީ "ނެތީމޭ" ނަމަކަށް ކިޔާ ޝޯއެކެވެ. ކްރައިމް ތުރިލާ ޝޯއަކީ މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ ޝޯ އެކެވެ. ލޯބީގެ ވާހަކައިގެ ތެރެއިން ތަފާތު ޑްރާމާތައް ދައްކައިދޭ މި ޝޯއަކީ ލިމިޓެޑް ސީރީޒެކެވެ. މީގައި ހިމެނެނީ ފަސް އެޕިސޯޑެވެ.

ބައިސްކޯފުގެ އާ ކޮންޓެންޓް ރިލީޒްކުރުމަށް ބޭއްވި އިވެންޓްގައި ބައެއް ފަންނާނުން. --- ފޮޓޯ : ބައިސްކޯފު

ބައިސްކޯފަށް އަލަށް ނެރޭ އާ ޝޯއަކީ "ޑާކްރެއިން ކްރޮނިކްލްސް" ނަމަކަށް ކިޔާ ޝޯއެކެވެ. ޑާކްރެއިން ސްޓޫޑިއޯއިން އުފައްދާ މި ޝޯއަކީ އެންތޯލޮޖީ އެކެވެ. ޖުމްލަ ހަ އެޕިސޯޑް ހިމެނޭ މި އެންތޮލޮޖީ ޝޯގައި ތަފާތު ހަ ވާހަކަ ދައްކާނެ އެވެ. މީގައި ތަފާތު އެކި މައްސަލަތައް ދައްކުވައިދޭނެ އެވެ.

ޝަހީދު ލެގަސީގެ އާ އަލްބަމެއް

ބައިސްކޯފުގެ އާ ކޮންޓެންޓް ރިލީޒްކުރުމަށް ބޭއްވި އިވެންޓުގައި ޝަހީދު ލެގަސީގެ އަލްބަމް ނެރެނީ. --- ފޮޓޯ : ބައިސްކޯފު

ޝަހީދު ލެގަސީގެ އާ އަލްބަމް "ސްޓޭސިސް" ވެސް ވަނީ ބައިސްކޯފުން ރިލީޒްކޮށްފަ އެވެ. ޝަހީދު ބުނި ގޮތުގައި އަލަށް ނެރުނު އަލްބަމަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެވެ. އަލަށް މިއީ 2018 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަލްބަމެއް ކަމަށާއި، ޝަހީދު ލެގަސީގެ ފަސްވަނަ ސޯލޯ މި އަލްބަމަކީ ހަތް ލަވަ ހިމެނޭ އިންސްޓްރުމެންޓަލް އެއް ކަމަށް އޭނާ ބުންޏެވެ.

ސްޓްރީމިން ޓީވީ

Popular