14 Feb 2019

އޮލިމްޕަސް ޓޯކްސް: ޝަލަބީގެ އާ ހެއާސްޓައިލާއި އިތުރު ވާހަކަތަކެއް

ޝަލަބީގެ އިސްތަށިގަނޑު ކޮށައިލުމުގެ އިތުރުން ވެސް ދިރިއުމުގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފި

By: Ifraz Ali

އޮލިމްޕަސް ޓޯކްސްގެ "10 ސުވާލު" ގައި މި ފަހަރު ގެނެސްދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމެވެ. ޝަލަބީ މިހާރު ވަނީ އޭނާ ދިގުކޮށްގެން ގެންގުޅު، ފަން އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފަ އެވެ. އަދި ސިނގިރޭޓާއި އެނާޖީ ޑްރިންކާ އެއްކޮށް ދުރުވެފަ އެވެ. މި ވާހަކަތަކާއި އޭނާ މިހާރު ކުރަމުން އަންނަ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކުރި އެވެ.

މީގެ އިތުރުން އަހަރުގެ އެންމެ ބޮޑު ފިލްމު، ޖޭމްސް ކެމެރަންގެ "އެލީޓާ: ބެޓުލް އޭންޖެލް" މާދަމާ ޝްވެކް ސިނަމާގައި ޕްރިމިއާކުރާތީ އެ ވާހަކަ ވެސް ޝޯގައި ދައްކާފައިވާނެ އެވެ. ހުރިހާ ރެކޯޑުތަކެއް މުގުރާލާނެ ކަމަށް ބެލެވޭ މި ފިލްމު ސިނަމާއަށް މި އަންނަނީ ވަރަށް ދިގު އިންތިޒާރަކަށްފަހު އެވެ.

ދިވެހި ސިނަމާގެ އެންމެފަހުގެ އަޕްޓޭޑްތަކާއި މިހާރު ދައްކަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ގޮށްރާޅު" ގެ ރިވިއު މި އެޕިސޯޑުގައި ހިމެނެ އެވެ.

ބޮލީވުޑް ހޮލީވުޑް ދިވެހި ފިލްމް އިންޑަސްޓްރީ ޝަލަބީ އިބްރާހިމް

Popular