4 Dec 2019

By: Aishath Maaha

އާމިނަތު ނިޝާ ރަޝީދު ފިލްމީ ދާއިރާ އަށް ނުކުތީ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" އިންނެވެ. އޭގެފަހުން ދެތިން ޑްރާމާ ސީރީޒެއް ކުޅުނެވެ. މީގެ އަހަރުތަކެއް ކުރީން ލަވައެއްގައި ވެސް އެކްޓްކުރި އެވެ. އެކަމަކު ގިނަ މީހުންނަށް ނިޝާ އެނގެން ފެށީ ބައިސްކޯފްގެ "ޔެސް ސާ" ދައްކަން ފެށި ހިސާބުންނެވެ.

ސްކޫލް ނިމުނު ގޮތަށް ނިޝާ ނުކުތީ ނަށާށެވެ. އެކަމަކު ނެށުމާ އެއްވަރަށް އެކްޓްކުރަން ވެސް ނިޝާ ހުރީ ބޭނުންވެފަ އެވެ. "ރަނި" ގްރޫޕް އުވާލުމާ ހިސާބަށް އެ ގްރޫޕްގައި ނިޝާ އުޅުނެވެ. މަޝްހޫރު ފިލްމީ ތަރި އަހްމަދު އާސިމް އާ ކައިވެނިކޮށް މިހާރު ފިލްމީ ތަރިއެއްގެ އިތުރުން ފުލްޓައިމް މަންމަ އެކެވެ.

ނިޝާ އަބަދު ވެސް ބޭނުންވީ ނަށައި، އެކްޓްކުރަންތަ؟

ނިޝާ: ކުރިން ބޭނުންވި ޓީޗަރަކަށްވާން. އެކަމަކު ތަންކޮޅެއް އަވަހަށް ރުޅި ގަދަވާނެ ނިޝާ. އެއް ފަހަރަކު ތަންކޮޅެއް ކުރިން އެއް ދުވަހެއްގައި ދިޔައިން ކަޒިންއެއް ހިންގި ޓިއުޝަން ކްލާހަކަށް. އެ ދުވަހު ކުދިން އުޅުނު ގޮތުން ވަރަށް ރުޅިގަދަވި. ދެން ހިތަށް އެރީ ޓީޗަރަކަށް ނުވެވޭނޭ. އެއަށްވުރެ ނިޝް މާ ރުޅި ގަދައޭ. އޭގެ ފަހުން ދެން ބޭނުންވީ އެކްޓްކުރަން، ލަވައެއް ކުޅެން ބޭނުންވީ،

ނިޝާ: ގިނަ ބައެއްގެ މެދުގައި މަޝްހޫރުވީ ބައިސްކޯފްގެ "ޔެސް ސާ" އިން

ލަވަ ކުޅުނު ފަހުން ފިލްމީ ދާއިރާ އިން ފުރުސަތުތަކެއް ނިޝާއަށް ލިބުނު. ކީއްވެ އޭރު ފިލްމީ ދާއިރާއަށް ނުނުކުތީ؟

ނިޝާ:އެ ލަވަ އަށްފަހު މޫމިން ވެސް ވަރަށް ބުނި ފިލްމެއް ކުޅެން. އެކަމަކު އޭރު ބޭނުންނުވީ. ފަހުން ލަވަ އަލްބަމްތައް ވެސް ނުހަދާތީ ނިޝާ ނުފެނުނީ. އަސްލު ކުރީގައި ފިލްމީ ދާއިރާ މީހުންނާ ދޭތެރޭ މީހުން ދެކޭގޮތް ވެސް އެހާ ރަނގަޅެއް ނޫން. އެހެންވެ އާއެކު އެހާބޮޑަށް އޭރު ނުކުންނަން ބޭނުންނުވީ،

މިހާރު އެއްކޮށް ފިލްމީ ދާއިރާއަށް ހުސްވެގެންތަ ތި ހުންނަނީ؟

ނިޝާ: އާނ. މިހާރު އެއްކޮށް މިކަމަށް ހުސްވެގެން ފިލްމު ކުޅެން މި ހުންނަނީ، ރަނގަޅު ފުރުސަތުތަކެއް ލިބޭ ވަރަކަށް ބޭނުން ހިފާނަން،

މި ދާއިރާގައި ކުރިއަށް ކޮން މަސައްކަތްތަކެއް ހުރީ؟

ނިޝާ: ޔެސް ސާގެ އިތުރުން "އަނދިރިކަން" ގައި ވެސް އުޅޭނެ. ދެން އިތުރު އެއްޗެއްގެ މަސައްކަތަށް މި ރެޑީވަނީ،

މިހާތަނަށް ކުޅުނު އެއްޗެއްސަށް މީހުންގެ ފަރާތުން ލިބުނީ ކޮން ކަހަލަ ފީޑްބެކްތަކެއް؟

ނިޝާ: ވަރަށް ސަޅި ވަރަށް ޕޮޒިޓިވް އަދި ލިބޭ ކޮމެންޓުތައް. ނެގެޓިވް އެއްވެސް ކޮމެންޓެއް ނުލިބޭ. ރައްޓެހިންނާ ފެމެލީ އިން ވަރަށް ޕޮޒިޓިވް. ހަޒްބަންޑް އެންމެ ސަޕޯޓިވް އީ ވެސް. ހަޒްބަންޑްގެ ފަރާތުން ކަންނޭނގެ މި ނުކުމެވުނީވެސް. ދެން އަދި މި ދާއިރާގައި އުޅުނު ނަމަވެސް ޕަބްލިކަށް ވަރަށް ނުދަން. އިވެންޓުތަކަށް ވެސް ވަރަށް ނުދަން އެހެންވެ މީހުންނަށް ވެސް އެހާބޮޑަށް ނޭނގޭނެ ނިޝް އެއް. ބައިސްކޯފްގެ "މެންދަން" ބަލައިފައި ވެސް ވަރަށް ގިނަ މީހުން ދެއްކި ނިޝާގެ ވާހަކަ. އެކަމަކު އެއްވެސް މީހަކަށް ނުއެއް އެނގޭ ކާކުކަމެއް. އޭގަ ބުރުގާ އަޅައިގެން އުޅޭތީ ކަންނޭނގެ،

ނިޝާ އާއި އާސިމް އެމީހުންގެ ދޮށީ ދަރިފުޅާއެކު

ކޮންކަހަލަ ރޯލެއް އެންމެ ކުޅެލަން ބޭނުންވަނީ؟

ނިޝާ: ލޯބީގެ ރޯލެއް އެންމެ ކުޅެން ބޭނުންވަނީ. ވަރަށް ރޮމޭންޓިކް ވަރަށް ލޯބި ރޯލެއް،

ނިޝާ: މިހާރު އެއްކޮށް ފިލްމީ ދާއިރާއަށް ހުސްވެ

އެންމެ އެކަށީގެންވާ ވަރަކަށް ފުރުސަތުތަކާއި އާމްދަނީއެއް ލިބޭތަ މި ދާއިރާއިން؟

ނިޝާ: ވަރަށް ރަނގަޅު އަދި. ބައިސްކޯފްގައި ވެސް ހަމަ ރަނގަޅު އިންކަމެއް ލިބޭ. އެމީހަކު ކީ އަގެއް ލިބޭ. ނިޝާ މަސައްކަތް ކުރި އެންމެން ވެސް ވަރަށް ރަނގަޅު. ނިޝާ ވަރަށް ބޭނުން އަލަށް ނުކުންނަ ކުދިންނަށް ފުރުސަތު ހޯދައިދީ އެކުދިން ކުރިއަރުވައިދެން ވަރަށް ބޭނުން،

މި ދާއިރާގައި އެކުގައި އެންމެ މަސައްކަތްކޮށްލަން ބޭނުންވަނީ ކޮން ތަރިންތަކަކާއެކު؟

ނިޝާ: ޔޫއްޕެގެ އެއްޗެއްގައި ވަރަށް ބޭނުން މަސައްކަތްކޮށްލަން. ދެން އެކުގައި ދޮން އައްޔަ އާއެކު ވަރަށް ބޭނުން ފިލްމެއް ކުޅެން. ދޮން އައްޔަ އާއެކު ލީޑެއް ކުޅެލަން ބޭނުން.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular