17 Dec 2019

By: Aishath Maaha

ބައިސްކޯފްގެ "ހުވާ"ގެ ފުރަތަމަ ސީޒަން ނިމުނީ "ޓުވިސްޓް" އަކާއެކު އެވެ. ލޯބިން ފުރިފައި އޮތް ގޭތެރެ ބަައިބައިވެގެން ދިޔަ ގޮތަށް އަލުން ގޭތެރެއަށް އުފާވެރިކަން ލިބިގެންނެވެ. ނަމަވެސް "ހާނިމް"ގެ މަރަށް އިންސާފް ނުލިބި އެވެ.

"ހުވާ" ގެ ދެ ވަނަ ސީޒަންގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ދައްކަން ފަށަން ވަނީ ނިންމާފަ އެވެ.

ފާތުމަތު ނަހުލާ ލިޔެ ނަހުލާ އަދި ޔޫސުފް ޝަފީއު ޑައިރެކްޓްކުރާ މި ސީރީޒްގައި 40 އަށް ވުރެ ގިނަ ތަރިން ހަރަކާތްތެރިވެ އެވެ. އަންނަ ސީޒަނުގައި ކާސްޓު އިތުރަށް ބޮޑުވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. އަދި ފުރަތަމަ ސީޒަނަށްވުރެ ޝައުގުވެރިވާނެ ކަމަށެވެ. ފުރަތަމަ ސީޒަނަށްވުރެ ދެވަނަ ސީޒަންގެ އެޕިސޯޑުތައް ދިގުވާނެ އެވެ.

ހުވާގެ ޝޫޓިން ފެށުމާއެކު ހުވާގެ ފޭސްބުކް ޕޭޖާއި ސީރީޒްގައި ހަރަކާތްތެރިވާ ބައެއް ތަރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ބިހައިންޑް ދަ ސީން މަންޒަރުތަކާއި ބްލޫޕާސްތައް އަންނަނީ ދޫކޮށްލަމުންނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular