16 Sep 2020

By: Aminath Ibrahim

މަޝްހޫރު އަރަބި ވްލޮގާ ކަޕުލް ހާލިދް އަލް އަމޭރީ އާއި އަންހެނުން ސަލާމާ އެ މީހުންގެ މަސައްކަތުން ބްރޭކެއް ނަގައިގެން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އިންސްޓަގްރާމް ކުރި ފުރަތަމަ ފޮޓޯގެ ކެޕްޝަން ގައި ލިޔެފައި އޮތީ "ވެކޭޝަން މޯޑް އޮން" އެވެ. މިއީ ވީޑިއޯ ހެދުމުގެ މަސައްކަތުގައި ބުރަކޮށް އުޅުމަށް ފަހު އެކުގައި ވަގުތު ހޭދަކޮށްލަން މި ދެމަފިރިން ޕްލޭންކުރި މުހިއްމު ބެރޭކެކެވެ.

"އެކަކު އަނެކަކަށް ވަގުތު ހުސްކުރުން. ވެކޭޝަން މޯޑް އޮން، އަލްހަމްދުލިއްލާހި،" ފޮޓޯގެ ކެޕްޝަންގައި ހާލިދް ލިޔެފައިވެ އެވެ.

އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ތާޖް އެގްޒޮޓިކާގަ އެވެ.

މި ދެމަފިރިން ރާއްޖެ އަށް މި އައީ ލުބްނާންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް އެ ގައުމަށް ދަތުރުކުރުމަށް ފަހުގަ އެވެ.

ޚާލިދާއި ސަލާމާ ލުބްނާންގައި

ހާލިދް އަލްމޭރީ އާއި އޭނާގެ އަންހެނުން ސަލާމާ އަކީ ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ވްލޮގާ ކަޕުލް އެވެ. ސޯޝަލް މީޑިއާގައި މި ދެމަފިރިންގެ ފޮލޯވާސް 3.5 މިލިއަނަށްވުރެ ވެސް މިހާރު ގިނަ އެވެ. ހާލިދް އެންމެ ފުރަތަމަ ވީޑިއޯ ހަދަން ފެށި އިރު އެންމެ ދުވަހެއް ވެސް ވައްޓާނުލައި ކޮންމެ ދުވަހަކު ވީޑިއޯއެއް އަޕްލޯޑްކުރިއެވެ.

މީހުން ހެއްވާލާ މަޖާ ކޮންޓެންޓާ އެކު އެ ދެމީހުން ގެނެސްދޭ ވީޑިއޯތައް ރާއްޖޭގައި ވެސް މަޝްހޫރެވެ.

ކޮރޯނާ ވައިރަސްގެ ލޮކްޑައުން އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ސެލެބްރިޓީންގެ ފޭވަރިޓް އެއް ގެޓްއަވޭ މަންޒިލަކަށް ވެފައި މި ވަނީ ރާއްޖެ އެވެ. ސޯޝަލް މީޑިއާ ސެލެބްރިޓީންގެ ތެރެއިން މަޝްހޫރު ވްލޮގާ ނުސައިރް ޔަސިން (ނަސް ޑެއިލީ) އާއި އޭނާގެ ލޯބިވެރިޔާ ވެސް މިދިޔަ މަހު ޗުއްޓީ އަށް އައީ ރާއްޖެއަށެވެ.

ޓޫރިޒަމް ސެލެބްރިޓީން

Popular