13 Apr 2021

ރޯދަ މަހަށް، ތުރުކީ ޑްރާމާ "ފިލިންތޯ"

މި ޑްރާމާގައި ދައްކަނީ 19 ވަނަ ގަރުނުގައި ތުރުކީގައި އުޅުނު ޕޮލިސް އޮފިސަރަކަށް ދިމާވާ ހާދިސާތަކެއް

މި ޑްރާމާގައި ދައްކަނީ 19 ވަނަ ގަރުނުގައި ތުރުކީގައި އުޅުނު ޕޮލިސް އޮފިސަރަކަށް ދިމާވާ ހާދިސާތަކެއް

By: Ifraz Ali

މިދިޔަ އަހަރު ރޯދަ މަހު ދިވެހިންގެ މެދުގައި ތުރުކީގެ ތާރީހީ ޑްރާމާއެއް ވަރަށް މަގުބޫލުވި އެވެ. އެއީ 13 ވަނަ ގަރުނުގެ ތެރޭގައި ތުރުކީގެ ގަބީލާތަކެއްގެ މެދުގައި ހިނގާ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާ "ރިސަރެކްޝަން: އެރްތުރުލް" އެވެ. އެ ޑްރާމާ ކަމުދިޔަ މީހުން، އަދި ތުރުކީގެ ތާރީހީ ޑްރާމާތަކަށް ލޯބިކުރާ ފޭނުންނަށް ނެޓްފްލިކްސް އިން ބަލައިލަން އާ ރިކޮމެންޑޭޝަނެއް ދޭނަމެވެ. މި ޑްރާމާގެ ނަމަކީ "ފިލިންތޯ" އެވެ.

މި ޑްރާމާގައި ދައްކަނީ 19 ވަނަ ގަރުނެވެ. އެއީ ތުރުކީގައި އުސްމާނީ ދަރިކޮޅުގެ ރަސްކަން އޮތް ދުވަސްވަރެވެ. އެ ގަރުނުގައި އުޅުނު ޕޮލިސް އޮފިސަރަކަށް ދިމާވާ ހާދިސާތަކެކެވެ. އޭނާގެ ނަމަކީ ފިލިންތޯ މުސްތޮފާ އެވެ. އޭނާގެ މައްޗަށް ދޮގު ތުހުމަތެއްކޮށް، ކުށްވެރިކުރުމުން އެކަމުގެ ހަގީގަތް އެންމެންގެ ކުރިމައްޗަށް ގެނައުމަށް އުޅުމުގެ ތެރޭގައި ދިމާވާ ތަފާތު ކަންތައްތަކެއް ދައްކަ އެވެ.

ލޯބިވާ ކަމަށް ހެދިގެން އުޅެފައި މުސްތަފާއަށް ލަނޑު ދެނީ މުއްސަނދި މީހެއްގެ އަންހެން ދަރިއެކެވެ.

މި ސަސްޕެންސް ތުރިލާގެ ދެ ސީޒަނާ އެކު ޖުމްލަ 149 އެޕިސޯޑު ގެނެސްދީފައިވެ އެވެ. އަދި ކޮންމެ އެޕިސޯޑެއްގައި 45 މިނެޓުގެ ދިގުމިން ހުރެ އެވެ.

ތުރުކީގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯގައި މަންޒަރުތައް ނެގި މި ޑްރާމާއަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އާއި އޭނާގެ އަނބިކަނބަލުންގެ ހާއްސަ ލޯތްބެއް ވެސް ލިބުނެވެ. މީގެ ހަތް އަހަރު ކުރިން ގެނެސްދިން މި ޑްރާމާގެ މަންޒަރުތައް ނެގި ދުވަސްވަރު ތުރުކީގެ ރައީސްގެ ދެކަނބަލުން ސެޓަށް ވަޑައިގެމް މަންޒަރުތައް ބައްލަވާލައްވައި ތަރިންނާ ބައްދަލު ވެސް ކުރެއްވި އެވެ.

މި ޑްރާމާގެ ދެ ސީޒާނާއި ހުރިހާ އެޕިސޯޑެއް ނެޓްފްލިކްސް އިން ބަލައިލެވޭނެ އެވެ.

ތުރުކީ ޓީވީ ސިލްސިލާ

Popular