މިޒްނާ އަހުމަދު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ މިޒޫ، އާރްޖޭއެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރު 16 އަހަރުވީ އެވެ. ރޭޑިއޯ އިން އިވޭ ފަހުގެ އަޑުތަކަށް ބަލާއިރު މިއީ ޔަގީނަށް ވެސް އެންމެ މަގްބޫލު އަދި އެންމެ އެންޓަޓެއިނިން އެއް އަޑެވެ.

އެކަމަކު މީގެ 16 އަހަރު ކުރިން މިޒޫ ގޮސް ރޭޑިއޯއާ ގުޅުނީ ޕްރެޒެންޓަރެއް ނުވަތަ އާރްޖޭއެއްގެ ގޮތުގައެއް ވެސް ނޫނެވެ. އެންމެ ފުރަތަމަ އޭނާ އަށް ޖެހުނީ މުޅި ރޭޑިއޯގެ އާކައިވް ބަލަހައްޓާށެވެ. އެތަނުގެ ފާރަވެރިއެއްގެ ގޮތުގައި އޭނާ އޭރު ފުރި މަގާމަކީ "ހޮޅި ބަލަހައްޓާ" މިހާގެ ވަޒީފާ އެވެ.
މި ހުރިހާ އަޑުތަކާއި ޝޯތަކާއި މުނިފޫހިފިލުވުމެއްގެ ތެރޭގައި އުޅެމުން އެންމެފަހުން މިޒޫ އޮޓޮމެޓިކުން ރޭޑިއޯ ޕްރެޒެންޓަރަކަށް ބަދަލުވާން ފެށީ އެވެ. އެ ހުރިހާ ޝޯތަކަކާއި ޚަބަރުތަކަކާއި ވާހަކަތަކެއް އަޑުއިވިއިވި މިޒުނާ އަހުމަދުގެ ހުނަރުވެރިކަން ވެސް އުފުލިގެންދިޔައީ އެވެ.
އެކަމަކު މިޒޫ ބުނަނީ އާރްޖޭއަކަށް ވުމަކީ އެއްވެސް އިރެއްގެ ހުވަފެނެއް ނޫން ކަމަށެވެ. އޭނާގެ އެހެން ހުރިހައި ހުވަފެނެއްގެ ވާހަކަ ކިޔައިދޭނީ "ނުވިނަމަ" އިގެ މި ސެގްމަންޓްގަ އެވެ. އުރީދޫއާ ގުޅިގެން ގެނެސްދޭ މި ސިލްސިލާ މި ހަފުތާގައި ދެ ބައިވީ އެވެ.