By: Aminath Ibrahim
ތިޔައީ، ދުވަހުގެ މަސައްކަތްތަަށް ފަހު ލިބޭ ހުސް ވަގުތުގައި ފިލްމު ބަލާހިތްވާ މީހެއް ނަމަ ބަލާނެ އާ ފިލްމެއް މިހާރު އަތަކު ނޯންނާނެ އެވެ. ނެޓްފްލިކްސް އިން މިފަހުން އެޑް ކުރި ސެކްސް އެޑިއުކޭޝަން 2 އާއި ދަ ވިޗާ ކަހަލަ ސީރީޒްތައް ވެސް މިހާރު ބަލައި ނިންމާލައިފިން ދޯ އެވެ.
އެކަމަކު ބަލާނެ އާ އެއްޗެއް ނެތް ނަމަ، ބާ ސީރީޒްތަކެއް ބަލައިލުން މިވަގުތަށް ކިހިނެއް ވާނެ ހެއްޔެވެ؟ ދެހާހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް އައި އިރު، ރީތި ސީރީޒް ތަކެއް ނިމިގެން ހިނގައްޖެ އެވެ. މިވަގުތަކީ އާއިލާ އާއި އެކު ގޭގައި ހޭދަކުރަން ލިބޭ ވަގުތަކަށް ވާތީއާ ވެސް އެކު، ކުރީގެ ހަނދާން ތައް އާ ކޮށްލައި އޭރުގެ އެންމެ ފޭވަރިޓް ސީރީޒް ތައް އަލުން ބަލައިލަން މިވަރުގެ ސަޅި ވަގުތެއް ވަކި ލިބޭނެ ހެނެއް ހިއެއް ނުވެ އެވެ.
މި ހިމަނާލަނީ ދެހާހުގެ ކުރީކޮޅު ނުކުތް އެންމެ ރީތި އަދި އެންމެ މަގްބޫލު ޓީވީ ސީރީޒްތަކުގެ ލިސްޓެކެވެ.
.
ވާހަކަ: 4400 އަކީ މިސްޓްރީ އާއި ސަސްޕެންސް ހުންނަ ސިރީޒްތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ ސީރީޒް އެކެވެ. ހަތަރު ސީޒަނަށް ދެމިގެން ދިޔަ މި ވާހަކަ ބިނާ ވަނީ ގެއްލިގެން މަރުވެފައިވާ ކަމަށް ބެލެވޭ މީހުންތަކެއް، އޭގެ އެތައް ދުވަހެއް ފަހުން އެނބުރި އެމީހުންގެ ގައުމަށް އައިސް ހިނގާ ގޮތް ނޭނގޭ ކަންތައްތަކެއްގެ މައްޗަށެވެ. ވާހަކައިގެ ސަސްޕެންސް ފެށެނީ، އެނބުރި އައި މީހުންގެ ތެރެއިން މީހަކު، މީހަކު މެރުމުން ސަރުކާރުން އެމީހުން ހޯދަން އުފައްދާ ޓާސްކް ފޯހެއްގެ އިންވެސްޓިގޭޝަންތަކެއް ފެށުމާ އެކު އެވެ. މިއީ 2018 ވަނަ އަހަރު އެންބީސީ އިން ފެށި "މެނިފެސްޓް" ކިޔާ ސީރީޒްގެ ވާހަކައާ ދާދި އެއްގޮތް ވާހަކަ އެކެވެ.
،
ވާހަކަ: އާންމުންގެ ތެރެއިން ބައެއް މީހުންނަށް އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ކަން އެނގިގެން، އެންމެން އެކުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް ހުއްޓުވަން މަސައްކަތްކުރެ އެވެ. މި މަސައްކަތް ކުރުމުގެ ތެރޭގައި އެމީހުންނަށް ބާރު ލިބުނު ގޮތާއި އެ މީހުން އެކަކު އަނެކަކާއި ގުޅިފައިވާ ގޮތް ވެސް ވަރަށް ތަފާތު ގޮތެއްގައި ގެނެސްދީފައިވެ އެވެ.
ސައިފައި، މިސްޓްރީ، ފެންޓަސީ އުފެއްދުން ތަކަށް ޝައުގު ހުންނަ މީހުންނަށް މިއީ ކަމުދާނެ ރީތި ސީރީޒަކަށް ވާނެ އެވެ. އެންބީސީގެ ހީރޯސް އަކީ ވެސް ހަތަރު ސީޒަންގެ ޝޯވް އެކެވެ.
ކައެލް އެކްސް ވައި (2006-2009)
ވާހަކަ: ތިން ސީޒަން އަށް ކުރިއަށް ގެންދިއަ ކައެލް އެކްސް އަކީ އެމެރިކެން ސައިންސް ފިކްޝަން އެކެވެ. ކައެލް އަކީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ އޭލިއަން ފިރިހެން ކުއްޖެކެވެ. ސީރީޒް ގައި ދައްކުވައިދެނީ އޭނާ އިންސާނުންގެ ތެރެއަށް އައިސް އުޅޭ އިރު ކުރެވޭ އާދަޔާ ހިލާފު ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެކެވެ.
މިއީ މި ސީރީޒް ހިނގަމުން ދިޔަ ދުވަސްކޮޅު ވަރަށް ވައިގައި ހިފި މަޝްހޫރު ސީރީޒް އެކެވެ.
ކްރިމިނަލް މައިންޑްސް (2005-2020)
.
ވާހަކަ: މިއީ މީހުން ހައިރާންކޮށްލާ ވަރުގެ ބޮޑެތި ކުށްތައް ކުރާ މީހުން ވިސްނާ ގޮތް ދެނެގަނެ، އެމީހުންގެ ކުރިއަށް ހުރި ޕްލޭން ތައް ފްލޮޕް ކޮށްލައި ސިޓީ އަށް ހަމަޖެހުން ގެންނަން މަސައްކަތް ކުރާ އެފްބީއައި އެޖެންޓުންތަކެއް އުޅޭ ސީރީޒް އެކެވެ. އެތައް އެވޯޑެއް ވެސް ހޯދާފައިވާ މި ސީރީޒް އަކީ ވެސް މިހާރު ބަލަން ފަށަން ސަޅި ސީރީޒަކަށް ވާނެ އެވެ.
ވާހަކަ: އޭބީސީ އިން ގެނެސްދިން ދެ ސީޒަނުގެ މި ކުރު ސީރީޒްގައި، ދުނިޔެ އާއި އެކު އަމާން ގުޅުމެއް ބަދަހިކުރަން ކަމަށް ބުނެ ފުރަތަމަ ފަހަރަށް ދުނިޔެއަށް އޭލިއެން ނަސްލުގެ ބަޔަކު އައިސް، ދުނިޔޭގައި އެމީހުންގެ ބާރު ގަދަކުރަން މަސައްކަތްތަކެއް ކުރެ އެވެ. އެމީހުންގެ މި ސިއްރު ޕްލޭންތައް އެނގިގެން އެކަން ފަޅާ އަރުވާލައި، އެމީހުން ދުނިޔެ އިން ފޮނުވާލަން އެފްބީއައި އޭޖެންޓަކު ކުރާ ގިނަ މަސައްކަތްތަކެއް ވެސް މި ސީރީޒް އިން ފެނިގެންދާނެ އެވެ.
މަތީގައި ހިމަނާފައި އެވަނީ ކުރީގެ ސީރީޒް ތަކުގެ ތެރެއިން އެންމެ މަގްބޫލުވި ފަސް ނަމެކެވެ. އޭގެ އިތުރުން ވެސް ބައެއް އިތުރު ސީރީޒް ތަކެއް ވެސް ލިސްޓް ކޮށްލާނަމެވެ.
- ދަ އެކްސް ފައިލްސް (1993)
- ދަ ވެއާހައުސް 13 (2009)