26 Mar 2023

ދޯ ރެސިޕީ: ޗިކަން ޑަމްޕްލިންގްސް

By: Aishath Mihna Nasih

ރޯދަވީއްލާ ގަޑިއަށް ކާލަން ލުއި، ރަހަމީރު އެއްޗެއް ހޯދާނަމަ ތި ބަލާލަނީ ރަނގަޅު ދިމާލެކެވެ. ދިވެހި ހެދިކާތަކާއި ތަންކޮޅެއް ދުރު އެހެނަސް އަހަރެމެންގެ ރަހަތަކަށް ފެތޭހެން މިއަދު ސަމާހަތު (ފުޑްނަސް ބައި ސާ) މި ކިޔައިދެނީ ޗިކަން ޑަމްޕްލިންގްސް ތައްޔާރުކުރާނެ ގޮތެވެ.

ޑަމްޕްލިންގްސް އަކީ ޗައިނާއިން ދުނިޔެއަށް މަގްބޫލްވި އެއްޗެކެވެ. ޕޮޓް ސްޓިކާގެ ނަންވެސް ޑަމްޕްލިންގްސް އަށް ދެވިފައިވާއިރު، އާންމުކޮށް މި ތައްޔާރުކުރަނީ ގޮދަން ފުށުން ވްރެޕެއް ތައްޔާރުކުރުމަށްފަހު ތަރުކާރީ ނުވަތަ މީޓް ފިލިންއަކާއި އެކީގައެވެ. އެކި މީހުން ޑަމްޕްލިންގްސް ހަދަނީ ތަފާތު ރެސިޕީއަށެވެ. މިގޮތުން އާވިންނާއި، ތަވާގައި ކުޑަކޮށް ތެލުލައިން، ޑީޕް ފްރައިކޮށްގެން ނުވަތަ ފެނުކައްކައިންވެސް ޑަމްޕްލިން ތައްޔާރުކުރެވިދާނެއެވެ.

ބޭނުންވާ ތަކެތި (ޗިކަން ފިލިންގް)

6 ކުކުޅު ފައި، 1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)، 1 ބިސް، 1 މޭޒުމަތީސަމުސާ އިނގުރު (ގާނާފައި) ½ ސަސިސަމުސާ ލޮނު، ½ ޖޯޑު ފިޔާގަސް (ކުދިކޮށް ކޮށާފައި)، ½ ސަސިސަމުސާ އަސޭމިރުސްް، ½ ޖޯޑު ކެރެޓު (ގާނާފައި)، 1 މޭޒުމަތީސަމުސާ ސޮޔާސޯސް، 3/2 ޖޯޑު ފެން، 1 މޭޒުމަތީސަމްސާ އޮއިސްޓަ ސޯސް 2 މޭޒުމަތީ ސަމުސާ ތެޔޮ

ބޭނުންވާ ތަކެތި (ޑަމްޕްލިންގް ފުށްގަނޑު)

2 ޖޯޑު ފުށް، 1 ސައިސަމުސާ ލޮނު، 1 ޖޯޑު ފެން

ޗިކަން ޑަމްޕްލިންގްސް ތައްޔާރުކުރުމުގެ ތެރެއިން -- ފޮޓޯ:ސަމާހަތު

ތައްޔާރު ކުރާނެގޮތް

ޗިކަން ފިލިންގް

ކުކުޅު ފައިގެ ކަށިތައްނެގެމަށް ފަހު ކުކުޅު މަސްކޮޅު މުގުރާލާނީއެވެ. ދެން ކުކުޅުމަސް ކޮޅު ބޯތައްޓަކަށް އެޅުމަށް ފަހު ލޮނު، އަސޭމިރުސް، އިނގުރު، ލޮނުމެދު، ސޯޔާސޯސް، އޮއިސްޓަ ސޯސް، ފިޔާގަސް، ކެެރެޓު އަދި ބިސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީއެވެ.

ޑަމްޕްލިންގް ފުށްގަނޑު

ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮލުމަށްފަހު ހޫނުފެން މަޑުމަޑުން އެއްކުރަމުންގޮސް ފުއްގަޑުން ގުޅަވެށޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަވަށާފައި ދަމާލާށެވެ. ދަމާފައިހުރި ފުށްގަނޑު މަތީގައި މޭޒުމަތީ ސަމުސަލަކުން ޗިކަން ފިލިންގް ކޮޅެއް ބޭނދުމަށްފަހު ފުއްގަނޑު ބައްދާލާށެވެ. އަދީ ބައްދާލި ދިމާލުގައި ރޫކޮޅެއް ހެދޭގޮތަށް އިނގިލިން ފިއްތާލާށެވެ.

ދެން ތަވާއެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށް ފަހު ޑަމްޕްލިންގްސްތައް އަތުރާލާފައި އިރުކޮޅަކު ބަހައްޓާށެވެ. ދެން ތަވާ ތެރެއަށް ފެން ފޮދު އެޅުމަށްފަހު މަތިޖަހައި އާވިން ކައްކާލާށެވެ.

ރެސިޕީ

Popular