ނިދަން އޮންނައިރު ކިޔައިދޭން ނޭނގޭ އުނދަގޫތަކެއް ފަޔަށް ވާތީ ފައި އެކި ގޮތްގޮތަށް ބާއްވަން ޖެހި ނިންޖާ ނުވެ އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ރެސްޓްލެސް ލެގް ސިންޑްރޯމް (އާރުއެލްއެސް) ކަމަށް ވެދާނެ އެވެ.
ނިދަން އޮންނައިރު ކިޔައިދޭން ނޭނގޭ އުނދަގޫތަކެއް ފަޔަށް ވާތީ ފައި އެކި ގޮތްގޮތަށް ބާއްވަން ޖެހި ނިންޖާ ނުވެ އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ރެސްޓްލެސް ލެގް ސިންޑްރޯމް (އާރުއެލްއެސް) ކަމަށް ވެދާނެ އެވެ.
މިއީ އެހާ ބޮޑަށް ހޭލުންތެރިކަން ނެތް މައްސަލައެކެވެ.
ރާއްޖޭގެ ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި މައްސަލަ ދިމާވާތީ ޑޮކްޓަކަށް ދައްކަން ރާއްޖޭގައި ވެސް މީހުން އާދެ އެވެ. މި މައްސަލައާ ބެހޭ ގޮތުން އެމެރިކާގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެ ގައުމުގައި 7-10 ޕަސެންޓް މީހުންނަށް މި މައްސަލަ ދިމާވެ އެވެ.
ސިއްހީ ހޯދުންތަކާއި އެ ދާއިރާގެ އެކި މައުލޫމާތު ޝާއިއުކުރާ މަޔޯ ކްލިނިކްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އާރުއެލްއެސްގެ މައްސަލަ ހުންނަ މީހުންނަށް، ފަޔަށް ވާ އުނދަގުލަށް ލުޔެއް ލިބޭނީ ކޮންމެ ވެސް ގޮތަކުން ފައި ހަރަކާތް ކުރުމުންނެވެ. އެ އުނދަގުލުގެ އިހުސާސް ބޮޑުވަނީ ތަނެއްގައި އޮށޯވެލުމުން ނުވަތަ ރޭގަނޑު އަރާމުކުރާ ވަގުތުގަ އެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ހާލަތު ދިމާވެދާނެ އެވެ. އަދި އާއްމުގޮތެއްގައި، އުމުރުން ދުވަސްވާ ވަރަކަށް އާރުއެލްއެސް އިތުރަށް ގޯސްވެދާނެ ކަމަށް ބުނެފައިވެ އެވެ.
އާރުއެލްއެސް މެދުވެރިވާ ސީދާ ސަބަބެއް ނޭނގުނަސް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެއީ ސިކުނޑީގެ ކެމިކަލް ޑޮޕަމައިން އިމްބެލެންސާ ހެދި ދިމާވާ ކަމެކެވެ. ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްވުމާއި މައިބަދައިގެ މައްސަލަ ހުރުން އަދި ބަލިވެއިނުމާއި ހޯމޯނަލް ބަދަލުތަކަކީ ވެސް އާރުއެލްއެސް އަށް މަގުފަހިވެދާނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
މި އުނދަގޫތައް ދިމާވިޔަސް، އެކަން ދެނެގަތުމަށް ހަދަންޖެހޭ ވަކި ޓެސްޓެއް ނޯވެ އެވެ. އޭގެ ބަދަލުގައި ނާރާއި ލޭގެ ޓެސްޓު ހަދައި އެ އުނދަގޫތައް ދިމާވާ ސަބަބު ދެނެގަނެވިދާނެ އެވެ.
އެރޮބިކްސް ނުވަތަ ހިނގުން ފަދަ ކަސްރަތެއް ކުރުމާއި ތާފަނާ ފެނުގައި ފައި ބޭއްވުމާއި ހީޓިން ޕެޑް ނުވަތަ ކޯލްޑް ކޮމްޕްރެސްއެއް ބޭނުންކުރުމަކީ ވެސް މި އުނދަގޫތަކަށް ވަގުތީ ލުއެއް ލިބޭނެ ކަމެކެވެ. އެ ހިސާބުން ވެސް ފަސޭހަނުވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!