16 Dec 2024

By: Aishath Jazlee

މިއީ ކޮފީ ލާޓޭއްގެ ރެސިޕީއެއް ނޫނެވެ. މިއީ ސިއްހަތަށް ފައިދާ ހުރި "ގޯލްޑަން ލާޓޭ"ގެ ނަމުގައި މަޝްހޫރު ބުއިމެކެވެ.

މިއީ ރީނދުލާއި ފޮނިތޮށި އަދި އަސޭމިރުސް އަޅައިގެން ތައްޔާރުކުރާ ބުއިމަކަށްވުމުން އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ އެހީގައި ހަށިގަނޑުގެ އިންފްލަމޭޝަން ދަށްކޮށް، ހަޖަމުކުރުމަށް އެހީވެދެ އެވެ. އަދި ގޭހުގެ އުނދަގުލާއި ބްލޯޓުވުން ކުޑަކޮށްދިނުމުގައި ވެސް އެހީވެދެ އެވެ.

ގޯލްޑަން ލާޓޭ ހެދުމަށް ބޭނުން ވާނީ 1 ޖޯޑު ކިރާއި ½ ސައިސަމުސާ ރީނދުލާއި ½ ސަމުސާ ފޮނިތޮށި އަދި ½ ސަމުސާއި އިނގުރާއި ¼ ސަމުސައިގެ އަސޭމިރުހެވެ. ދެން އެއް ސަމުސާ ނޫނީ ފޮނިމިން ހެޔޮވާވަރަށް މާމުއި އެވެ. ހުރިހާ އިންގްރިޑިއަންޓެއް އެއްކޮށް ގިރާލުމުން ލާޓޭ ތައްޔާރުވީ އެވެ.

މި ބުއިން އެންމެ ރަނގަޅުކަމަށް ބުނަނީ ހޫނުކޮށެވެ.

މިއީ ހެނދުނު ކޮފީގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅުވާނެ ބުއިމެކެވެ. ކޮފީ ލާޓޭއެއްގެ ބަދަލުގައި ގޯލްޑަން ލާޓޭގެ އަޖުމަ ބަލާލަ ބަލާށެވެ.

ރެސިޕީ ކޮފީ

Popular