ގައިގެ އެއްވެސް ހިސާބެއްގައި ސްޓްރެޗް މާކް ލައިފި ނަމަ އެ ފިލުވަން ބޭނުންވާ މީހުން ގިނަ އެވެ. ސްޓްރެޗް މާކް ލުމުން ހަންގަނޑު ހުތުރުވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެވެ. އެއިން ހަށިގަނޑަށް ގެއްލުމެއް ނުލިބުނަސް ހުތުރު ކަމަށް ގަބޫލުކުރަނީ އެވެ.

ގައިގެ އެއްވެސް ހިސާބެއްގައި ސްޓްރެޗް މާކް ލައިފި ނަމަ އެ ފިލުވަން ބޭނުންވާ މީހުން ގިނަ އެވެ. ސްޓްރެޗް މާކް ލުމުން ހަންގަނޑު ހުތުރުވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ އެވެ. އެއިން ހަށިގަނޑަށް ގެއްލުމެއް ނުލިބުނަސް ހުތުރު ކަމަށް ގަބޫލުކުރަނީ އެވެ.
ސްޓްރެޗްސް މާކަކީ އޭގެ ޒާތުގައި ފަސޭހައިން ފިލައިގެންދާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ ޓްރީޓްމަންޓުތަކާއި އުފެއްދުންތަކުން އެ ފިލުވައިދެ އެވެ.
ސްޓްރެޗް މާކް ލަނީ ކީއްވެ؟
ސްޓްރެޗް މާކް ލަނީ އެއްވެސް ސަބަބަކާ ހުރެ ކުއްލިއަކަށް ހަށިގަނޑު ބޮޑުވެ އަންނަ ބަދަލުތަކުންނެވެ. ހަށިގަނޑަށް އަންނަ މި ބޮޑު ބަދަލުގައި ހަންގަނޑު އެވަރަށް ނުދެމުމުން ސްޓްރެޗް މާކް ލަ އެވެ. މިއަށް ސްޓްރިއާ އޭ ވެސް ކިޔަ އެވެ.
ސްޓްރެޗް މާކް ހަށިގަނޑުގައި ލާން މެދުވެރިވާ އެއް ސަބަބަކީ ހަންގަނޑަށް ބޭނުންވާ ވަރަށް "ކޮލަޖެން" ނުލިބުމެވެ. ކޮލަޖެން އަކީ ހަންގަނޑުގައި އިލާސްޓިކް ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.
ސްޓްރެޗް މާކް ލުމަށް މެދުވެރިވާ ބައެއް ސަބަބުތައް:
- މާބަނޑުވުން
- ކުއްލިއަކަށް ފަލަވެ ބަރުދަން އިތުރުވުން
- ކުޑަކުދިން ބޮޑުވެ ފުރާވަރަށް އެޅުން
- ބޮޑީ ބިލްޑުކުރުން
- މާގިނައިން ސްޓެރޮއިޑް ބޭނުންކުރުން (ބައްޔެއްގެ ސަބަބުން ނަގައި ބޭހަކުން ސްޓެރޮއިޑް އިިތުރުވެދާނެ)
- މާފަން ސިންޑްރޯމް (ހަންގަނޑުގައި ހުންނަ ފައިބާ ބަލިކޮށްލައި، ޖެނެޓިކް ބައްޔެއް)
ސްޓްރެޗް މާކާ އެންމެ ގިނައިން ކުރިމަތިލާންޖެހޭ އެއް ބަޔަކީ އަންހެނުންނެވެ. ބަލިވެ އިނދެ ކުއްޖާ ބޮޑުވަމުން އަންނަ އިރު ބަނޑުބޮޑުވެ ސްޓްރެޗް މާކް ލަ އެވެ. އަދި ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ފައިބާތައް ބަލިކަށިކޮށްލަ އެވެ.
މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ބަރުދަނަށް އިތުރުވާ ބައި ވިހެއުމަށް ފަހު ދުއްވާލުމުން ބައެއް ފަހަރަށް ސްޓްރެޗް މާކްތައް ފިލަ އެވެ. ނަމަވެސް އެއީ އެއްކޮށެއް ނޫނެވެ.
މާބޮޑަށް ފަލަވެފައި ނުވަތަ އޮބީސް ވެފަ ހުންނަ މީހުންގެ ގައިގައި ވެސް ސްޓްރެޗް މާކް ލަ އެވެ. ކުޑަކުދިން ކުއްލިއަކަށް ދިގުވެ ނުވަތަ ބަރުދަނަށް އަންނަ ބަދަލާއެކު ގައިގައި ލާ ސްޓްރެޗް މާކްތައް އެ ކުދިން ބޮޑުވާ ވަރަކަށް ގިނަ ފަހަރަށް ފިލަ އެވެ. އެއީ ހަށިގަނޑަށް އަންނަ ކުއްލި ބަދަލުގެ ސަބަބުން ލާ މާކްތަކެވެ.
ސްޓްރެޗް މާކަކީ އޭގެ ސަބަބުން ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ހުތުރު ސިފައެއް ކަމަށް ގަބޫލުކުރުން ހުއްޓާލަން ޖެހެ އެވެ. އަދި ކުދިންނަށް އެކަން ބުނެދޭން ޖެހެ އެވެ. އެކަމަކު ފިލުވަން ބޭނުންނަމަ ބައެއް ކަހަލަ ޓްރީޓްމަންޓުތަކާއި ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ފިލުވިދާނެ އެވެ.
- ބިޓަ އަލްމަންޑް އޮއިލް: ދިރާސާއަކުން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު މި ތެލުން ބަނޑު މަސާޖްކުރާނަމަ ސްޓްރެޗް މާކްސް ލާ މިންވަރު މަދުވެ އެވެ.
- ކޮކޯ ބަޓާ، ޝިއާ ބަޓާ، އޮލިވް އޮއިލް، ވިޓަމިން އީ އޮއިލް އަދި އެހެނިހެން މޮއިސް ޗުރައިޒާސް: މިއީ ވެސް ސްޓްރެޗް މާކްސް ފިލުވަން ބައެއް މީހުން ބޭނުންކުރާ ބާވަތްތަކެކެވެ. އެކަމަކު 100 ޕަސަންޓު ޔަގީންކަމެއް މިއަކަށް ނުދެވެ އެވެ. މި ތަކެތި ބޭނުންކުރުމުން ހަންގަނޑު މަޑުކޮށްދޭނެ އެވެ.
- ޕަލްސްޑް ޑައި ލޭޒާ ތެރަޕީ އަދި ކޮސްމެޓިކް ސާޖަރީ އަކީ ސްޓްރެޗް މާކްސް ފިލުވައިދޭނެ ދެ ޓްރީޓްމަންޓެވެ. އެންމެ