25 Nov 2021

ވީދާލި: ތިޔަ ރަށު މީހުން ކިޔަނީ ކީކޭ؟

By: Ahmed Jaishan

އެންމެން ކިޔަނީ އެއް ނަމެންހެން ހީވިޔަސް އެކައްޗަކަށް ތަފާތު އެކި ނަންތައް އެކި ރަށްރަށުގައި ކިޔަ އެވެ.

މިއީ ދިވެހިން އާންމުކޮށް ހަވީރު ސަޔަށް ކައި އުޅޭ އެއްޗެކެވެ. މީގެ ނަން އެކި ހިސާބުތަކުގައި އުޑާއި ބިމާހާ ތަފާތެވެ.

މިއީ ކަވާބު ގޮތަށް ހަދާފައި ހުންނަ، ބަލައި ބެލުމުގައި ވެސް ގާތްގަނޑަކަށް ކަވާބާ ގާތްކުރާ އެއްޗެކެވެ. ނަމަވެސް ކަވާބާ ހިލާފަށް މި ހަދާއިރު ހަނޑުލެއް ނާޅާނެ އެވެ. އަދި ފުށްގަނޑު ވީދާލާ އުސޫލުން މަސްގަނޑު ނައްޓާލައި ތެޔޮގަނޑުގެ ތެރެއަށް ލާތީ މިއަށް ގިނަ ރަށްރަށުގައި މިގޮތަށް ނަން އޮތީ އެވެ.

ތިޔަ ރަށު މީހުން މިއަށް ކިޔަނީ ކީކޭ؟

ދިވެހި ބަސް ހެދިކާ

Popular