11 May 2022

"ކޮމްފޯޓް ޝޯ" އަކީ؟

"ކޮމްފޯޓް ޝޯ" އަކީ؟

By: Aishath Maaha

ބުރަ ދުވަހަކަށް ފަހު، ނުވަތަ ކަމަކާ ހާސްވެ ސްޓްރެސް ބޮޑުވުމުން ހުޅުވާލެވެނީ ނެޓްފްލިކްސް އެވެ. އަބަދުވެސް ބަލާ "ކޮމްފޯޓް ޝޯ" ކަމަށްވާ "ފްރެންޑްސް" ބަލައިލައިގެން ހިތްހަމަޖައްސާލާށެވެ. މޫޑު ރަނގަޅުކޮށްލާށެވެ. މި ޝޯ މިހާރު ބެލުނު ވަރެއްގެ އަދަދެއް ވެސް ނޭނގޭނެ އެވެ.

މިއީ އަހަރެންގެ ކޮމްފޯޓު ޝޯ އެވެ. ކޮންމެ ކަމެއް ވިޔަސް ބަލާ ޝޯ އެވެ. ފޫހިވިޔަސް، އުފާވިޔަސް، ދެރަވިޔަސް އަދި ސްޓްރެސް ބޮޑު ވިޔަސް މި ޝޯއާ އެކު މީހާ ހަމައަކަށް އެޅެން އެހީވެ އެވެ.

"ފްރެންޑްސް" އަކީ އެ ޝޯގެ ހުރިހާ ފޭނުންގެ ކަހަލަ ގޮތަކަށް ކޮމްފޯޓް ޝޯ އެވެ.

ހަމަޖެހިލައި މޫޑޫ ރަނގަޅުކޮށްލަން ސީރީޒެއް ނުވަތަ ފިލްމެއް ވިޔަސް ބަލާ މީހެއް ނަމަ ގިނަ ފަހަރަށް ބަލަނީ ކޮމެޑީ ޝޯ އެކެވެ. ފިލްމެކެވެ. އެހެންވެ ގިނަ މީހުންގެ ކޮމްފޯޓު ޝޯއަކަށް ވަނީ ވެސް މި ޖޯންރާ އެވެ.

ބަހުގައި، ފެރީގައި ހޭދަވާ ވަގުތުތައް ކުރުކޮށްލަން ނުވަތަ ދިގު ދަތުރުތަކުގައި އަދި ކާއިރު ވެސް ގިނަ މީހުން އިހްތިޔާރު ކުރަނީ އެމީހުންގެ ކޮމްފޯޓް ޝޯ އެވެ. އެއީ 100 ޕަސަންޓު ސަމާލުކަން އެކަމަށް ނުދިނަސް ވެސް ޝޯގައި ކުރިއަށް ވާނެގޮތް އެނގޭތީ އެވެ. ސްޓްރެސް ބޮޑުވެފައި ހުންނަ ވަގުތު ސީރީޒްގައި ދެން ވާ ގޮތެއް ނޭނގެން އެކަމާ ވިސްނުމުގެ ބަދަލުގައި ހަމަޖެހިލައިގެން މީހާ ހަމައަކަށް އަޅުވަން ފަސޭހަވާނެތީ އެވެ.

"ފްރެންޑްސް"ގެ އިތުރުން "ވަން ޑޭ އެޓް އަ ޓައިމް"، "ބިގް ބޭންގް ތިއަރީ"، "ބްޜުކްލީން ނައިން ނައިން"، "ދަ ސެވަންޓީސް ޝޯ" މިއީ ދަންނަ ބައެއް މީހުންގެ ކޮމްފޯޓް ޝޯ ތަކެވެ. ކިޔުންތެރިންގެ ކޮމްފޯޓް ޝޯތައް ކިޔައިދީބަލާށެވެ.

ޓީވީ ޝޯ

Popular