17 May 2022

By: Aishath Maaha

ނަފްސާނީ ބަލިތަކަށް ހޭލުންތެރިވާންވީ މިންވަރާ ގާތަށް ވެސް އަހަރެމެން ދިވެހިން އަދި ހޭލުންތެރިއެއް ނޫނެވެ. އެކަމަކު ރަނގަޅު ކަމަކީ މަޑުމަޑުން ހޭލުންތެރިވަމުން އައުމެވެ. އެއީ ބައްޔެއް ކަމަށް ގަބޫލުނުކުރެވޭ ނުވަތަ ކުރަން ބޭނުންނުވާ ބަޔަކު މަދުން ނަަމަވެސް އެބައުޅެ އެވެ.

މި ކުޑަކުޑަ ރާއްޖޭގައި ނަފްސާނީ ބަލީގެ ވޭން ތަހައްމަލުކުރާ މީހުން ބައިވަރެވެ. ފަރުވާ ހޯދަން ބޮޑު ކިއުތަކުގައި ޖެހިގެން ތިބިއިރު ގިނަ ބަޔަކަށް ފަރުވާ ފަށާނީ ކިހިނެއް ކޮން ހިސާބަކުން ކަމެއް ނޭނގެ އެވެ. އެންމެ ފުރަތަމަ ދާންވީ ސައިކޭޓްރިސްޓެއް ގާތަށް ކަމެއް ނުވަތަ ސައިކޮލޮޖިސްޓެއް ކަމެއް ގާތަށް ކަމެއް ނޭނގެ އެވެ. ކައުންސެލަރެއްގެ ގާތަށް ދާންވީ ކޮން އިރަކުން ކީއްވެ ކަމެއް ނޭންގެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރަން އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ އެއް ފަރާތް ކަމަށްވާ ހައްވާ ލީޝާ (ލީޝް ވިސާމް) މި ކިޔައިދެނީ ކައުންސިލަރެއްގެ ގާތަށް ދާންވީ ހާލަތްތަކެވެ. އަދި ސައިކޭޓްރިސްޓާއި ސައިކޮލޮޖިސްޓެއް ގާތަށް ދާންވީ ހާލަތްތަކެވެ.

"ކައުންސެލަރެއްގެ އެހީ ހޯދަން މެންޓަލް ހެލްތު ޕޭޝަންޓަކަށް ވާކަށް ނުޖެހޭ"

"ކައުންސެލަރެއްގެ ގާތަށް ދާކަށް ނުޖެހޭ ނަފްސާނީ ބައްޔެއް ހުންނާކަށް، ޔޫ ޑޯންޓު ޓު ހޭވްޓު ގޯތްރޫ އާ ބިގް ތިންގް ޓު ގޯ ޓު އަ ކައުންސެލާ، ޑިޕްރެޝަން ވެގެންނެއް ނޫނީ، ސުއިސަޑަލް ވެގެންނެއް ނޫނޭ ހަމައެކަނި ކައުންސިލަރެއް ކާރިއަށް ދާނީ، ހަމަ އުނދަގޫވާކަމެއް ނޫނީ ސްޓްރެސްވާ ކަމެއް، މެންޓަލް އިޝޫއެއް، ރިލޭޝަންޝިޕް އިޝޫއެއް، ކެރިއާ އިޝޫއެއް ނޫނީ މީހަކާ ވާހަކަ ދައްކާލަން ބޭނުންވީމަ ވެސް ދާންވީ ކައުންސިލަރެއް ގާތަށް،" ލީޝް ކިޔައިދިނެވެ.

ލީޝް ބުނީ ރައްޓެހިން ނުވަތަ އާއިލާ މީހަކަށް އެފަދަ ވާހަކައެއް ކިޔައިދީ ހިއްސާކުރުމުން ބައެއް ފަހަރު އެ ވާހަކަ ސިއްރުނުވެ، އެ މީހުންގެ ހިޔާލު އެކަމަށްދީ، އަދި ގިނަ ފަހަރަށް އެކަމުގެ ސަބަބުން އެހެން މީހަކާ ހިއްސާކުރުމުން ލިބެންޖެހޭ ހިތްހަމަޖެހުން ނުލިބޭ ކަމަށެވެ. އެހެންވާ ނަމަ އެންމެ ރަނގަޅީ އެ ވާހަކަތައް ކައުންސެލަރަކާ ހިއްސާ ކުރުން ކަމަށެވެ.

"ވަރަށް މުހިންމު ކަމެއް ވާހަކަ ދައްކާ އެ އިހުސާސްތައް ބޭރުކުރުމަކީ، ގިނަ ފަހަރު އަހަރެމެންގެ އިމޯޝަންސްތައް މިހުންނަނީ ބޮޓުލްއަޕްކޮށްފައި، އަހަރެމެން ބޮޑުކޮށްފައި މި ހުންނަނީ އެހެން. ދެރަވާ ވާހައެއް ނުދައްކާނެ، ރުޅިއަންނަ ވާހަކައެއް ނުދައްކާނެ، އެހެންވެ އެ އިމޯޝަންސް ރަނގަޅަށް ނެރޭކަށް ނޭނގޭ،" އޭނާ ކިޔައިދިނެވެ.

ލީޝް ބުނީ އިމޯޝަންސް ރަނގަޅަށް ނެރެން ކުރެވިދާނެ އެއް ކަމަކޫ ރުއިން ކަމަށެވެ.

"ފޮތެއްގައި ލިޔެލުން، މީހަކާ ވާހަކަ ދެއްކުން، އެކަމަކު ކިހާވަރަކަށްބާ އަހަރެމެންނަށް އެކަންކަން ކުރެވެނީ، މިހެން އިމޯޝަންސްތައް ހިފަހައްޓައިގެން އުޅޭތީ އަހަރެމެންނަށް ރުޅި އާދެވެނީ، ސަބްސްޓެންސް، ޑްރަގްސް އަށް ދެވެނީ، ސިނގިރޭޓް ބޮވެނީ، ދެން ވަކި ހިސާބަކުން ފަޅައިގެން ދަނީ،"

ލީޝް ބުނީ، އުނދަގުލެއް ނުވަތަ ސްޓްރެސްވާ ކަމެއް ވަންޏާ ކައުންސެލަރަކާ ވާހަކަ ދެއްކުން ވަރަށް މުހިންމު ކަމަށެވެ.

"ހަނދާންކުރަންވީ ކަމަކީ ކައުންސެލަރެއް ކައިރިއަށްދާން މެންޓަލް ހެލްތު ޕޭޝަންޓަކަށް ވާކަށް ނުޖެހޭ،"

"ޑިޕްރެޝަން ސިމްޓަމްސް ހުންނަންޏާ ނުވަތަ ސުއިސައިޑަލް ޓެންޑެންސީސް ހުންނަންޏާ ކައުންސިލަރު ރެފާ ކުރާނެ ސައިކޮލޮޖިސްޓެއް،"

"ސައިކޮލޮޖިސްޓް ދެނެގަންނާނީ އިޝޫ"

"ސައިކޮލޮޖިސްޓެއް ކައިރިއަށް މިދަނީ އެސެސްކުރަން އޭނަ، ހަމަ އެކްސްރޭ ނަގާހެން، ބްލަޑް ނަގާހެން، ސައިކޮލޮޖިސްޓު މިބަލަނީ ކޮބައިކަން މީގެ އިޝޫއަކީ، މިސާލަކަށް އޭނަ ޑިޕްރެޝަންތޯ، އެންޒައިޓީ ތޯ ނުވަތަ އެހެން އިތުރު ބައްޔެއް ހުންނަނީތޯ. ދެން އެސެސްކޮށްފަ އޭނައަށް މެޑިސިން ބޭނުންވަންޏާ އޭނަ މިދަނީ ސައިކޭޓްރިސްޓެއް ގާތަށް،"

"އެކަމަކު އެންމެން ވެސް ގިނަ ފަހަރަށް މި ބަލަނީ ސައިކޭޓްރިސްޓަކަށް އެޕޮއިންޓްމަންޓެއް ލިބޭތޯ، އެކަމަކު ރާއްޖޭގެ މި ސިޗުއޭޝަން އޮތް ގޮތުން 1 އަހަރުގެ ވެއިޓިން ޕީރިއަޑެއް އެބަ އިނދޭ، ޖަސްޓް ފޯ ސައިކޭޓްރިސްޓް،"

"މިއީ ދާންވީ ތަރުތީބަކީ،"

މެންޓަލް ހެލްތް

Popular