6 Jun 2022

ވެން ގޯގެ އާޓުން ދިވެހި އާޓިސްޓުންގެ ހުނަރު

By: Ahmed Jaishan

ދިވެހި އާޓިސްޓުންގެ ހުނަރާއި ފެންވަރު އެންމެ ވަރުގަދައަށް ގިނަ ފަހަރު ފެންނަނީ އާޓް އެގްޒިބިޝަނެއްގެ ތެރެއިންނެވެ. މިފަހަރު ވެސް ތަފާތެއް ނޫނެވެ. ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯގެ އާޓް ސްޓައިލަށް ބަލައިގެން އާޓް ހުށަހެޅުމަށް ކުރިއަށްދާ އާޓް އެގްޒިބިޝަނުން މިފަހަރު ވަނީ ދިވެހި އާޓިސްޓުންގެ ފުރިހަމަ ހުނަރު ދައްކާލައިފަ އެވެ.

މިހާރު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަންގައި ބަހައްޓާފައިވާ އާޓް ޕީސްއެއް ބަލަނީ --- ދޯ ފޮޓޯ : ފަޔާޒް މޫސާ

މާދަމާގެ ނިޔަލަށް ކުރިއަށްދާ އާޓް އެގްޒިބިޝަންގައި ގިނަ އަދަދެއްގެ ޒުވާން އާޓިސްޓުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި އެކި ސައިޒްތަކުގެ އާޓްތަކާއި އާޓް މީޑިއަމްތައް ވަނީ ބޭނުންކޮށްފަ އެވެ.

ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަންގައި ހުރި އާޓް ވޯކްތަކެއްގެ ފޮޓޯ ނަގަނީ --- ދޯ ފޮޓޯ : ފަޔާޒް މޫސާ

އެކަމު މުޅި އެގްޒިބިޝަންގެ ތީމަކީ އެއް ތީމެކެވެ. އެއީ ޑަޗްގެ އިމްޕްރެޝަނިސްޓް އާޓިސްޓު ވެން ގޯގެ އާޓް ސްޓައިލް އިން "އިންސްޕަޔާ" ވެގެން އުފައްދާ އާޓެވެ.

ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަނަށް ޒިޔާރަތްކުރި ބަޔަކު އާޓް ވޯކްތައް ބަލަނީ. --- ދޯ ފޮޓޯ : ފަޔާޒް މޫސާ

އެއާއެކު ގިނަ އާޓިސްޓުން ވަނީ ވެން ގޯ ގެ އެންމެ މަޝްހޫރު އާޓްވޯކް "ސްޓާރީ ނައިޓް" އިން އިންސްޕަޔާ ވެގެން ތަފާތު އެކި ކަހަލަ އާޓްތައް އުފައްދާފަ އެވެ.

މިހާރު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަންގައި ބަހައްޓާފައިވާ އާޓް ވޯކެއް. -- ދޯ ފޮޓޯ : ފަޔާޒް މޫސާ

އާޓްސް އެންޑް ކްރާފްޓަށް މަޝްހޫރު އައުޓްލެޓް "މިއުސް އެމްވީ" އިން އިންތިޒާމުކޮށްގެން ބާއްވާ އެގްޒިބިޝަން ބާއްވާފައިވަނީ މުޅި ދުނިޔެއަށް ހުޅުވާލައިގެންނެވެ.

މިހާރު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަންގައި ހުރި އާޓް ވޯކެއް. -- ދޯ ފޮޓޯ : ފަޔާޒް މޫސާ

އެ އެގްޒިބިޝަނަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބިފަ އެވެ. އެގޮތުން ޖުމްލަ 300 އަށް ވުރެ ގިނަ އާޓިސްޓުން ވަނީ އެ އެގްޒިބިޝަނަށް އާޓް ހުށަހަޅާފަ އެވެ. އޭގެތެރެއިން ލޯކަލް 50 އާއި ބައިނަލްއަގުވާމީ 40 އާޓްވޯކް ވަނީ ހޮވައި އެގްޒިބިޝަންގައި ހިމަނާފަ އެވެ.

ނެޝަނަލް އާޓް ގެލެރީގައި ހުރި އާޓް ވޯކެއް ކައިރީ މީހަކު ހުއްޓިލައިގެން --- ދޯ ފޮޓޯ : ފަޔާޒް މޫސާ

މިހާރު ކުރިއަށްދާ އެ އެގްޒިބިޝަނަށް ގިނަ އަދަދެއްގެ ޒުވާނުން ޒިޔާރަތްކުރެ އެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެގްޒިބިޝަނެކެވެ.

ފޮޓޯގްރަފީ އާޓްސް އާޓިސްޓް

Popular