1 Aug 2022

އެންމެން މި ކިޔާ "ޕިންކް ސޯސް" އަކީ ކޮބައިތަ؟

By: Ahmed Jaishan

މި ފާއިތުވި ހަފުތާއެއްހާ ދުވަހު ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓިކްޓޮކްގައި އުޅޭ ނަމަ މިއީ ހަމަ ގައިމު ވެސް މިއީ މިހާރު ފެނިފައިވާނެ އެއްޗެކެވެ. އެއީ ޓިކްޓޮކްގައި ކުއްލިއަކަށް ވައިރަލް ވެގެން އައި "ޕިންކް ސޯސް" އެއްގެ ވާހަކަ އެވެ.

ޓިކްޓޮކްގައި ކުއްލިއަކަށް ވައިރަލް ވެފައިވާ މި ސޯސް އަކީ ފިޔާތޮށި ކުލައިގައި ހުންނަ ސޯސް އެކެވެ. މި ސޯސްގެ ކުލަ އާއި އެއަށް އެޅުމަށް ބޭނުންކުރާ އެއްޗެހީގެ ސަބަބުން މި ސޯސް ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ވެސް ހޯދައިފަ އެވެ.

ޕިންކް ސޯސް އުފެދިގެން މި އައީ "ޝެފް ޕައި" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުންނެވެ. ގިނަ ބަޔަކަށް މީގެ ކުރިން ނޭނގޭ މީހެއް ނަމަވެސް މަގުބޫލު ޓިކްޓޮކް އެކައުންޓަކުން އެ ސޯސް ފެނި ގަތް ހިސާބުން މުޅި ސޯޝަލް މީޑިއާގައި އެ ސޯސްގެ ވާހަކަ ދައުރުވާން ފަށައިފި އެވެ.

ޕިންކް ސޯސް ވިއްކަން ވެގެން ޝެފް ޕައި ވަގުތުން ވެބްސައިޓެއް ހެދި އެވެ. އަދި މާ ގިނަ އިރެއް ނުވެ ސޯސްތައް ވިކި ހުސްވެއްޖެ އެވެ.

މި ހުރިހާ ޑްރާމާ ގަނޑަކުން ވެސް އާންމުންގެ ސުވާލުތަކެއް އެބަހުއްޓެވެ. މި ޕިންކް ސޯސް އުފެދިގެން އައި ޝެފް ޕައި އަކީ ކާކު ކަމެއް އަދިވެސް ނޭނގެ އެވެ. އަދި އެ ސޯސް ފުޅި ވިއްކި އަގާ ގުޅޭގޮތުން އާންމުންގެ މެދުގައި ވަރަށް ނުރުހުން ވެސް ޝެފް ޕައި އަށް އެބައޮތެވެ. ޝެފް ޕައި، ޕިންކް ސޯސް ފުޅި އެއް މި ވިއްކަނީ 20 ޑޮލަރަށެވެ.

@eatzbydamia Make Pink Sauce with me based off the ingredient list 💖 | Haven’t tasted it yet! Will do a part two for an update | #pinksauce #pinksaucedrama #pinksauceupdate #fyp ♬ Make Me Proud - Drake

މިހާރު އެކަމާ ގުޅިގެން ޕިންކް ސޯސް ހެދުމަށް ތަފާތު ރެސިޕީތައް ވަނީ ތައާރަފުވާން ފަށާފަ އެވެ. ޝެފް ޕައި ވެސް ވަނީ އެ ސޯސް އަށް ބޭނުންވާ ތަކެތި އާންމުކޮށްފަ އެވެ. ނަމަވެސް އޭގެތެރޭގައި "ސީކްރެޓް އިންގްރީޑިއެންޓް" ވެސް ހިމެނެ އެވެ. އެއާއެކު އާންމުން އެ ރަހަ އޮރިޖިނަލް ރަހައާ އެއްގޮތް ކުރަން ވަރަށް މަސައްކަތް ކޮށްފައިވެ އެވެ.

ތިރީގައި މިވަނީ ޕިންކް ސޯސްގެ އޮރިޖިނަލް އާ ވަރަށް ގާތް ކުރާ ރެސިޕީއެއް ކަމަށް ފާހަގަ ކުރާ ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި

ޑްރެގަން ފްރުޓް (ފިޔާތޮށި ކުލައިގެ)، - ޕިންކް ސޯސް އަށް ފިޔާތޮށި އަރަނީ ޑްރެގަން ފްރުޓްގެ ސަބަބުންނެވެ.

ސަންފްލާވާ ސީޑް ތެޔޮ، ފިޔާތޮށި ހިމާލިޔާ ލޮނު، މާމުތް، ވިނެގާ، ލުނބޯ ހުތް، ކިރު، ސިޓްރިކް އެސިޑް، އަސޭމިރުސް، މުގުރި މިރުސް.

މި ސޯސް އަކީ އެހެން ސޯސްތައް ފަދައިން އެއްޗެއްސާ ޖައްސައިގެން ކާން ގިނަ ބަޔަކު ބޭނުން ކުރެވޭނެ އެއްޗެކެވެ.

Popular