9 Aug 2022

ބަތާ އެކު ތެލުލި ބަނބުކެޔޮ މީރު؟

By: Ahmed Jaishan

ދިވެހިންގެ ކެއުމަކީ ވަރަށް ގިނަ އެއްޗެހި އެއްކޮށްގެން ނިމޭ ކަމެކެވެ. ރަހަ ހެޔޮވަރު ކޮށްލަން ފިޔާ، ލުނބޯ އަދި މިރުހާއި އެކި އެއްޗެހި އެއްކޮށްފާނެ އެވެ.

ރިހަ އާއި ގަރުދިޔަ ބަތް ނުވަތަ ރޮއްޓާ އެކު ކާއިރު ވެސް އެކި މީހުން އެކި އެއްޗެހި އެއްކުރެ އެވެ.

އާންމުކޮށް ކެއުމުގައި އިތުރަށް އަޅާ އެއްޗެހީގެ ތެރޭގައި މަސްމިރުސް، ލޮނުމިރުސް، ތެލުލިފަތް، ސަމްބޯލް އަދި ފިޔާ އާއި މިރުހުގެ އިތުރުން ލުނބޯ ހިމެނެ އެވެ. މީގެ އިތުރުން ވެސް ވިއާޑް ކޮމްބޯތައް ހިމެނެ އެވެ.

View this post on Instagram

A post shared by Capslockshah (@capslockshah)

ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބައެއް މީހުން ބަތާއި ރިހަ ކާއިރު ތެލުލި ބަނބުކެޔޮ ކައި އުޅެ އެވެ. ކާއިރު ޕާޕަރު ބޭނުންކުރާ ގޮތަށް ތެލުލި ބަނބުކެޔޮ ވެސް ކައި އުޅެ އެވެ.

ބައެއް ސަރަހައްދުތަކުގައި ތެލުލި ކައްޓަލަ އާއި ދަނޑިއަލުވި އަކީ ވެސް މިގޮތަށް ކައެވެ.

View this post on Instagram

A post shared by Aqu's kitchen_thulusdhoo (@aquskitchen)

ކާ އެއްޗެއްސާ އެކު ހުތް އަނބު ވެސް ކައި އުޅެ އެވެ. މިއީ އެކަމު އެހާ ބޮޑު ކަމަކަށް ނުވެދާނެ އެވެ. ދިވެހިންގެ ކެއުމުގައި ހުތް ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ލުނބޯގެ ބަދަލުގައި ހުތް އަނބު ބޭނުންކުރުމަކީ ވެސް ބައެއް ސަރަހައްދުތަކުގައި އާންމު ކަމެކެވެ.

ބަތާ އެކު ރިހަ އަދި ގަރުދިޔަ ކާ އިރު އެންމެ ގިނައިން ބޭނުންކުރާ ކޮމްބޯ އަކީ ކޮބައި ހެއްޔެވެ؟ އަދި ތި ރަށަށް ނުވަތަ އާއިލާ އަށް ހާއްސަ "ވިއާޑް" ކޮމްބޯއެއް އޮވޭ ހެއްޔެވެ؟

Popular