23 Dec 2022

އަހަންނަށް މުހިންމީ އަހަރެން: ބޭކާރު މީހުން "އަންފްރެންޑް"

By: Aminath Ibrahim

އާއަހަރަކާ އެކު އާ ފެށުމެއް ހަގީގަތުގައި ވެސް ފެށޭ ހެއްޔެވެ؟ އާ ފެށުމެއް ފަށާއިރު، އެންމެ އިސްކަންދޭންވީ ނެގެޓިވް ކަންކަމާއި ނެގެޓިވް މީހުންނާ ދުރުވެލައި ތާޒާވެލުމަށެވެ. ސޯޝަލް މިޑިއާގެ ޒަމާނެއްގައި މިކަން ކުރާއިރު ފޭސްބުކް، ޓުވިޓާ، އިންސްޓަގްރާމް ފަދަ ނެޓްވޯކްތައް ވެސް މީގެ ތެރޭގައި ހިމަނަންވާނެ އެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް ސޯޝަލް މީޑިއާގައި ހޭދަކުރާއިރު، މި ތަންތަނުން ގުޅޭ ނެގެޓިވް މީހުންނާ ދުރުވެލައި ހިތްނުތަނަވަސް ވާ ކަހަލަ ޕޭޖްތަކުން ނިކުމެލުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

އެކަމަކު، އަހަރެމެންގެ "އެންމެނަށް އެންމެން އެނގޭ" މި އާބާދީގައި މީހުން 'އަންފްރެންޑު' ކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެއީ، ކޮންމެވެސް ވަރަކަށް އެކަމާ މެދު ވިސްނަން މަޖުބޫރުވާ، ނުވަތަ ޖަޒުބާތުގައި ޖެހި ސިކުނޑި ހާސްވާ ވަރުގެ ކަމަކަށް ވެސް ވެދާނެ އެވެ. އެހެންވީމަ، ފޭސްބުކް ރައްޓެހިންގެ ލިސްޓުން ނެރެލާނެ މީހުން ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟

"އަހަންނަށް މުހިންމީ އަހަރެން"

ހަމައެކަނި ފޭސްބުކް ގައި އުޅޭ ބޭކާރު ރައްޓެހިން ބޭރުކުރާއިރު އެކަންޏެއް ނޫނެވެ. ޓޮކްސިކް ގުޅުންތަކުން ދުރު ވުމަށާއި ކުރިއެރުމަށް ޖާގަ ނުލިބޭ ހާލަތުތަކުން އަރައިގަތުމަށް ވެސް މިއީ ގެންގުޅުން ރަނގަޅު 'އެޓިޓިއުޑް' އެކެވެ.

ފުރަތަމަ އިސްކަމެއް ދޭންވީ އަމިއްލަ ނަފްސަށެވެ. އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމާއި ހަމަޖެހުމަށެވެ.

"ގުޅުން ބާއްވާނީ ގުޅުން ބާއްވަން މަސައްކަތްކުރާ ބަޔަކާ އެކަނި"

އާއިލާ ވިޔަސް، ރައްޓެއްސަކު ވިޔަސް، އަދި ދަންނަ މީހަކު ވިޔަސް، އެމީހަކު ޝެއާކުރާ ޕޯސްޓު ތަކާއި ދައްކާ ވާހަކަތަކުން ހިތަށް ނުތަނަވަސްކަން ލިބޭނަމަ ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު އެފަދަ ވާހަކަ އަކުން ކުރި ނާރައި އިތުރު ޒުވާބަކަށް ދާނަމަ އަންފްރެންޑު ކޮށްލަންވީ ވަގުތު ޖެހުނީ އެވެ. އެއީ ބޭކާރު ސްޓްރެސް އެވެ.

"އަގުވައްޓަން އުޅޭ މީހުންނަށް ފުރުސަތެއް ނެތް"

ލިޔާ ޕޯސްޓު ތަކާއި ދައްކާ ވާހަކައިގައި ތިމާގެ އަގު ވެއްޓޭ ގޮތަށް ނުވަތަ އެހެންމީހުންގެ ފާޑު ކިޔުން އަމާޒުވާ ގޮތަށް ކަންތައްތައް ކުރާ މީހަކު ޓޮލަރޭޓްކުރުމުގެ ބޭނުމެއް ނެތެވެ. މީގެ މާނައަކީ ވަގުތުން އެމީހަކު 'ބްލޮކް' ކޮށްލުމެއް ނޫނެވެ. އެކަމަކު ތިމާގެ ވެސް އަބުރެއް އޮތްކަން ބުނެދޭން ފިޔަވަޅެއް އަޅަން ވާނެ އެވެ. ރީތި ގޮތުގައި ދެމީހުންގެ މެދުގައި ވަކިން ވާހަކަ ދައްކައިގެން ހައްލު ނުވާ ނަމަ އިތުރަށް ރައްޓެހިންގެ ލިސްޓުގައި ތިބުމުގެ ބޭނުމެއް ނެތެވެ.

ފޭސްބުކް އިޖްތިމާއީ ހަރަކާތް

Popular