14 Jan 2023

ހައްވަން ކޭކްސް އިން ކޮމިކް ކޭކުގެ ޓިއުޓޯރިއަލްއެއް

By: Aminath Ibrahim

ކޭކްގެ އެތައް ބައިވަރު ޓްރެންޑްތަކެއް ފެނި ގެއްލި ގޮސްފި އެވެ. އެކަމަކު މިހާރު އެންމެންނަށް ކަމުގޮސްގޮން އުޅޭ "ކޮމިކް ކޭކް" މާ ބޮޑަށް ވެސް ހިތްގައިމެވެ. ތަފާތެވެ.

ކޮމިކް ކޭކޭ ކިޔަނީ، އާދައިގެ ކޭކެއް އަޅާގޮތަށް ކޭކެއް އަޅާފައި ކާޓޫން ލުކެއް އަންނަ ގޮތަށް އައިސިން އިން ނުވަތަ ފޮންޑަންޓުން ޑެކަރޭޓް ކުރުމަށެވެ. މި ކޭކުގެ ޝޭޑްތަކާއި ހައިލައިޓް ކުރަން ރޮނގުތައް ގެނެސްދީފައި ހުންނަ ގޮތުން ހަމަ ލޮލަށް ކޭކު ފެންނަ އިރު ހީވާނީ ޓޫޑީ ކާޓޫން މަންޒަރެއް ފެންނަ ހެންނެވެ.

އުކުޅަކީ މާ މޮޅަށް ކުރަހަން އެނގުމެއް ވެސް ނޫނެވެ. މި ބާވަތުގެ ކޭކުތަކުގައި ބޭނުންކުރާ ޕެސްޓެލް ކުލަތަކުގެ ފޮންޑަންޓާއި، އޭގެ މަތިން ކަޅު ކުލައިގެ ފޮންޑެންޓް ރޮނގުތަކުން މުޅި ކޭކު ހައިލައިޓްކުރުމުން މި ހިތްގައިމު އިފެކްޓް ކޭކަށް ގެނުވަ އެވެ. އެހެންވީމަ، މިއީ ފަހަރެއްގައި ކޭކު އަޅާ މީހަކަށް ހަދަން އެންމެ އުނދަގޫ ކޭކަށް ނުވެދާނެ އެވެ. އެކަމަކު ހިމަ ލައިން ތަކަކުން މުޅި ކޭކު ހައިލައިޓް ކުރުމަކީ ގިނަ ވަގުތު ދާނެ ކަމެކެވެ.

ކޮމިކް ކޭކުގެ ހިތްގައިމުކަން މި ފަހުން ދައްކައިލީ އޮސްޓްރޭލިއާގެ މެލްބަން ގައި ދިރިއުޅޭ ޓިގާ މެކޯމެކް އޭނާ ތައްޔާރުކުރި ކޮމިކް ކޭކެއްގެ ކުޑަ ވީޑިއޯ ބައިޓެއް ޓިކްޓޮކް އަށް އަޕްލޯޑްކުރުމާއެކު އެވެ. ނުވަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނު އެ ވީޑިއޯ ބެލި މީހުންނަށް ތަކުރާރުކޮށް ވީޑިއޯ ބަލައިގެން ވެސް އެއީ ކޭކެ ކަމަށް ގަބޫލުނުކުރެވިގެން އޭނާ އަށް ޖެހުނީ ކޭކު ފަޅާތަން ފެންނަ ގޮތަށް ދެވަނަ ވީޑިއޯ އެއް ވެސް ހަދައި އަޕްލޯޑްކުރާށެވެ.

މި ހިމަނާލަނީ "ދޯ"ގެ ރިކުއެސްޓަކަށް ހައްވަން ކޭކްސް އިން ތައްޔާރުކުރި ހިތްގައިމު ކޮމިކް ކޭކް ޓިއުޓޯރިއަލް އެކެވެ.

ކޭކް ޑެކޮރޭޝަން

Popular