18 May 2023

ވާރޭ ވެހޭ ދުވަސް ދުވަހު އެންމެ ކާހިތްވަނީ ކޯއްޗެއް؟

By: Aminath Ibrahim

ރައްޓެއްސަކު އިހަކަށް ދުވަހު ކިޔައިފި އެވެ. "މި ވެހޭ ވާރެއާ އެކު އަބަދުވެސް ކޮންމެވެސް މީރު އެއްޗެއް ކާހިތްވަނީ އެވެ. ދަންވަރެއް މެންދުރެއް، އެހެން ގަޑިއެއް ނޯވެއޭ އެވެ. ހުނި ރޮއްޓާއި ކުޅި ރިހާކުރާ އެކީ ހޫނު ކަޅެއް ބޯލާ ކަހަލަ މޫސުމަކީއޭ އެވެ. އިހަކަށް ރޭ ދަންވަރު ވާރޭ އޮއްސާލި ގޮތަށް ބޮނޑިބަތާ ކުޅި މަހަށް ދަހިވެގެން، އެރޭ ހަމަޖެހިލައިގެން ނިދާލެވުނީ، އެ ވެސް ކައްކައިގެން ކައިގެންނޯލަ އެވެ."

މިއީ އަލަށް މީހަކު ދައްކާނެ ވާހަކައެއް ނޫނެވެ. ވިއްސާރަ މޫސުން ލައްވާލާ އިރަށް އަހަރެމެން ތިބެނީ މި ކްރޭވިން ގަނޑެއްގައި ޖެހި ކޮންމެވެސް ހޫނު ނުވަތަ ކުޅި އެއްޗަކަށް ދަހިވެފަ އެވެ. އެ ކާން ބޭނުންވާ އެއްޗެއް ނުލިބެނީސް އެހެން ކަމަކުން ހިތްހަމަޖެހުމެއް ނުވެސް ލިބޭ ކަހަލަ އެވެ.

މިކަމެއްގެ ފަހަތުގައި ވެސް ސައިންސެއް އެބައޮތެވެ. ވާރޭ މޫސުމާއި، ކެއުމުގެ އާދައާ ވަރަށް ބޮޑު ގުޅުމެއް އޮންނަކަން ދިރާސާތަކުން ވަނީ ދެނެގަނެވިފަ އެވެ. ލަންޑަންގެ ޔޫއެންއެސްޑަބްލިޔުގެ ރިސާޗެއްގައި ބުނެފައިވާ ގޮތުން، މޫސުމަށް އަންނަ ބަނަކަމުގެ އަސަރު މީހުންގެ މިޒާޖަށް ކުރެ އެވެ. މިކަމުގެ ސަބަބުން ހިތް އުފާވާ ކަމެއް ކުރުމަށް މާ ބޮޑަށް ސިކުނޑި ބޭނުންވެ އެވެ. މި އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނަށް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

މި ހިމަނާލަނީ މި ވެހޭ ވާރެއާ އެކު މިފަހަރު އެންމެ ކާހިތްވި ބައެއް ކާއެއްޗިއްސެވެ. މި ލިސްޓަށް ކާއެއްޗެހި އިތުރުކުރަމުން ހަމަ ގެންދަންވީ އެވެ.

ތެލުލި ބަނބުކޭލާއި ކުޅި ރިހާކުރު

ކްރޭވިންގްސް ގެ ވާހަކަ ދައްކާއިރު ހުރިހާ ކަމެއް ނޯމަލް ނުވާނެ ދޯ އެވެ. ތަންކޮޅެއް "އޮޑް ކޮންބިނޭޝަނެކޭ" ހީވިޔަސް، ތެލުލި ބަނބުކޭލަކީ އެންމެ ފޭވަރިޓް "ދިވެހި ޖަންކް" އެވެ. ކުޅި ރިހާކުރާއެކު މި ޗިޕުހެއް ޖައްސައިގެން އެއްފަހަރު ކައިފި ނަމަ މިއަށް ދެވިހިފާނެ އެވެ. ގޮތް ބަލައިލަން ޓްރައިކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

ހުނި ރޮށި، ކަޅު ސައި، ކުޅި ރިހާކުރު

View this post on Instagram

A post shared by FoodnessBySaa (@saa_samaahath)

މިއީ ގަރުނުގެ އެންމެ ފޭވަރިޓް ދިވެހި ފުޑް ކޮންބިނޭޝަނޭ ބުނުން ގޯހަކަށް ނުވާނެ އެވެ. މި ނުބައިވާނެ މީހަކު ހުންނާނެހެނެއް ވެސް ހީނުވެ އެވެ. ބޯކޮށް ވާރޭ ވެހޭއިރު، ހުނި ރޮއްޓެއް ފިހެގެން، ފިޔަލާއި ލުނބޮޔާ އެއްކޮށްގެން ކުޅި ކުޅި ރިހާކުރު ހަދައިގެން، ހުވަނދު މާ ފެނުގައި ފޮނިފޮނި ހޫނު ކަޅުސައިތައްޓެއް ބޯލުމަށްވުރެ ރޫހު ދިރިގެން ދާނެ އިތުރު ކެއުމެއް ވަކި ބުނެބަލާށެވެ.

ކަޅު ކޮފީ، ކަޅު ސައި

ހުސް އެކަނި ކޮފީ އެއް ނުވަތަ ކަޅު ސައެއްގެ ރަހައާ އެކު ވާރޭގެ ހިތްގައިމު ކަމާއި އަރާމު ފިންޏަކީ ވެސް އެއްބައި މީހުންނަށް މި މޫސުމެއްގައި އެންމެ ބޭނުންވާނެ ތެރަޕީ އެވެ.

ނޫޑްލް ސޫޕް

ސޫޕް

އާންމު ކެއުމަކަށް ނޫޑުލްސް ކާހިތް ނުވިޔަސް، ވާރޭ ވެހޭއިރު ކުޅި ކުޅިކޮށް ނޫޑްލްސް ސޫޕް ބޯން ބޭނުންވާ މީހުން ގިނަ އެވެ. މިހާޜު މީގެ ތެރެއަށް ރަމެން އާއި އެހެން ފްލޭވާ ތަކުގެ ސޫޕް ވެސް ފަހަރެއްގައި ހިމެނިދާނެ އެވެ.

ބުނެބަލާށެވެ. މި މޫސުމުގެ ވާރެއާއެކު އެންމެ ބޮޑަށް ކްރޭވްކުރަނީ ކޯއްޗަކަށް ހެއްޔެވެ؟

ވާރޭ ސަގާފަތް

Popular