1 Jun 2023

By: Aishath Mihna Nasih

ކާންވީގޮތާއި ކާންވީ ގަޑިތަކާއި ކާންވީ މިންވަރު ވެސް އެންމެ މޮޅަށް އެނގޭނީ ޑައިޓީޝަނުންނަށެވެ. އެހެންވެ އެ މީހުންގެ އާންމު ކެއުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ބަލައިލާހިތްވާނެ އެވެ. މި ހިމަނާލަނީ ޑައިޓީޝަނުން އެކި ދުވަސްމަތިން ހިއްސާކޮށްފައިވާ ބައެއް ރެސިޕީތަކެވެ.

އާސިޔާ ތައްޔާރުކުރި ބަށި -- ފޮޓޯ:ފޭސްބުކް

ބަށި – އާސިޔާ

މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ތަރުކާރީގެ ބާވަތެއް ބޭނުން ނަމަ މިއީ ހަމަގައިމު ވެސް ވަރަށް ކަމުދާނެ ރެސިޕީއެކެވެ. އެންމެ ދެތިން ބާވަތަކުން ފުއްދާލެވޭ އިރު، އާސިޔާ ބުނާ ގޮތުން މިގޮތަށް ބަށި ތައްޔާރުކުރާ ނަމަ ޚަރަދުވާނީ ގާތްގަނޑަކަށް 10 ރުފިޔާ އެވެ.

ބޭނުންވާ ތަކެތި:

- 1 ބޮޑު ބަށި

- 1 ސައިސަމްސާ އޮއިސްޓާ ސޯސް

- 1 ސައިސަމްސާ އޮލިވް އޮއިލް

ބަށި މެދުން ފަޅާލުމަށް ފަހު، އޮއިސްޓާ ސޯސް އަދި އޮލިވް އޮއިލް އާއި އޮއިސްޓާ ސޯސް ހާކާލުމަށް ފަހު ތަވާމައްޗަށް ކުޑަ ފެންފޮދެއް ޖަހައިގެން ބަށި ފިހެލާށެވެ.

ނަޖްލާ ތައްޔާރުކުރި އަލުވި ބޯކިބާ

އަލުވި ބޯކިބާ - ނަޖްލާ

ހަވީރު ސަޔަށް ހަނޑުލު ބޯކިބާއެއް ފިހެލުމަކީ އަހަރެމެންގެ އާދައެކެވެ. ދުޅަހެޔޮކޮށް ކާ ދުވަސްކޮޅެއް ނަމަ އޯޓްސް ބޯކިބާއެކެވެ. އެކަމަކު އަލުވި ބޯކިބާ މިގޮތަށް އެހާ އާންމުހެނެއް ހިއެއް ނުވެ އެވެ. ޑައިޓީޝަން ނަޖްލާ ހިއްސާކޮށްފައިވާ ރެސިޕީގައި ބޯކިބާ އަޅަން ބޭނުންކޮށްފައިވަނީ، ސްޕިނެޗް، ޓޮމާޓޯ، ފެނުކެއްކި އަލުވި، މަސްދަޅު، ފިޔާ، ލުނބޯ، މިރުސް، ހިކނަދިފަތް،ލޮނު، އެއް ބިސް އަދި 1 މޭޒުމަތީ ސަމުސާ ހޯލްވީޓް ފްލާ އަދި ކުޑަ ލޮނުކޮޅެކެވެ.

ޓާކޯ ބައުލް

ބަލައިލަން އެހާ ރީތި އަދި ރަހަ ވެސް އެހާ މީރު މި ޓާކޯ ބައުލްއަކީ ވެސް ހަމަ "މަސްޓް ޓްރައި" އެކެވެ. މި ބައުލް ތައްޔާރުކުރުމަށްޓަކައި ބޭނުންވަނީ އާޓާ ރޮއްޓަކާ އެ މީހަކަށް ކަމުދާ ބާވަތެއްގެ މަސް ނޫނީ ތަރުކާތީ އެވެ. ނަޖްލާ ބޭނުންކޮށްފައި ވަނީ ކުކުޅާއި، ސެލެޑް ފަތް، އޮލިވްސް، ޓޯމާޓޯ އަދި ކުޑަ ޗީޒްކޮޅަކާއި ސަވާ ކްރީމް ކޮޅެކެވެ. ބޭނުން ނަމަ މަސްދަޅު ނުވަތަ އެކި ބާވަތުގެ ބީންސް ވެސް މި ރެސިޕީގައި ބޭނުންކުރެވިދާނެ އެވެ.

ގެއަށް މެހެމާނުން އަންނަ ދުވަހަކަށް ވެސް މިއީ ވަރަށް ކަމުދާނެ ރެސިޕީއަކަށްވާނެ އެވެ.

ސިއްހަތު ޑައެޓް ކާނާ

Popular