އާދައިގެ މި ޕްރޮޑަކްޓުގެ ގިނަ ބޭނުންތަކުގެ ތެރެއިން މި ކިޔައިދެނީ ގިނައިރު ސެންޓުގެ ވަސް ނުކެނޑި ހިފަހައްޓާނެ ފަސޭހަ ގޮތްތަކެކެވެ.
ޓިކްޓޮކުން ވައިރަލްވި މި ވީޑިއޯއިން ދައްކާގޮތަށް ކުޑަ ވެސްލިން ދަޅެއް ހޫނު ފެންތައްޓެއްގެ ތެރެއަށް ވައްޓާލާށެވެ. ހޫނު ވެގެން ވެސްލިންތައް ވިރުމުން އޭގެ ތެރެއަށް އެ މީހަކު އެންމެ ގިނަ އިން ޖަހަން ބޭނުންވާ ނުވަތަ އެންމެ މީރުވަސް ދުވާ ސެންޓު ފުޅިން އަށެއްކަ ފަހަރު މީގެ ތެރެއަށް ސްޕްރޭ ކޮށްލާށެވެ. ދެން ވެސްލިންތައް ރަނގަޅަށް އެއްކޮށްލާފައި ފްރިޖުގައި 3-2 ގަޑި އިރު ބެހެއްޓުމުން އެ ނިމުނީ އެވެ.
ބޭރަށް ދިއުމުގެ ކުރިން ސެންޓު ބުރުވާއިރު މިއިން ވެސްލިން ކޮޅެއް ނަގައި ކަރު، ކަންފަތުގެ ފަހަތް އަދި އަތުގެ ދެތިން ތަނެއްގައި އުނގުޅާލުމުން މީރު ވަސްގަނޑު ގިނަ އިރު ހުންނާނެ އެވެ.

އެއް ފުޅިއަށް ވުރެއް ގިނަ ސެންޓު ގެންގުޅޭ ނަމަ ނުވަތަ އެކި ސެންޓު އެކި ދުވަހު ޖަހާ ހިތްވާ މީހުން ކޮންމެ ވަހަކަށް ވެސްލިން ދަޅެއް ގެންގުޅޭކަށް ނުޖެހޭނެ އެވެ. ކުރިން ބުނެދިން ޓެކްނީކްގެ ބަދަލުގައި ސެންޓު ޖެހުމުގެ ކުރިން ބޭނުންވާ ދިމާލެއްގައި ވެސްލިން ކޮޅެއް ހާކާލުމަށް ފަހު އޭގެ މައްޗައް ސެންޓު ޖެހުމުން ހަމަ އެގޮތަށް މުޅި ދުވަހު ވަސް ހިފަހައްޓާނެ އެވެ.
މި "ހެކް" އެ ބުނާ ގޮތައް މަސަތްކަތްކުރޭތޯ ބަލައިލަން އެއް އަތުގައި ވެސްލިން އުނގުޅުމަށް ފަހު ސެންޓު ޖަހައިގެން އަދި އަނެއް އަތުގައި ވެސްލިން ނުއުނގުޅާ ސެންޓު ޖަހައިގެން، ގިނައިރު ވަސް ހިފަހައްޓަނީ ކޮން އަތެއްގައިތޯ ބަލައިލެވިދާނެ އެވެ.