ޔޫޓިއުބް "މިއުޒިކް ހިސްޓްރީ"
އަޑު އަހާ ލަވަތަކަކީ އުމުރާއި ހާލަތާއި އަދި ޒަމާނާއެއްވަރަށް ކޮންމެވެސް ވަރަކަށް ބަދަލު ވަމުން އަންނަ އެއްޗެކެވެ. ބައެއް ފަހަރު، ކުރިން އަބަދު ޖަހައި އުޅުނު ލަވަތައް ފަހުން އަޑު އިވުމުން އެއްވެސް ވަރަަކަށް ރީތި ނުވެދާ ފަހަރު އެބަ ހުއްޓެވެ. މިހެން ދިމާވުމުން ޔޫޓިއުބަށް އަންގާލާށެވެ. އެކަން ކުރާނީ ޔޫޓިއުބުގެ ލަވަ ޕްރޮފައިލަށް ގޮސް ހިސްޓްރީ ފޮހެލައިގެންނެވެ.
ޔޫޓިއުބް ހިސްޓްރީ މެނޭޖުކޮށްލަމާ
އެ މީހެއްގެ ޔޫޓިއުބް އެކައުންޓުން ބަލާ ލަވަތަކަކީ އެމީހެއްގެ މިއުޒިކް ހިސްޓްރީއަށް ބާރުފޯރުވާނެ އެއްޗެކެވެ. ޔޫޓިއުބް ހިސްޓްރީ މެނޭޖުކުރަން، ވާތް ފަރާތުގައި އިންނަ ހިސްޓަރީ ޓެބަށް ފިތާލުމަށް ފަހު "މެނޭޖް އޯލް ހިސްޓްރީ" އިން ކަމުނުދާ ލަވަތައް ހުރި ނަމަ އެ ފޮހެލާށެވެ.
"ވޮޗް ހިސްޓްރީ" ހުއްޓުވާލާ
ބައެއް ފަހަރު އަހަރެމެން ޔޫޓިއުބް އެކައުންޓުން މަންމަމެން ނުވަތަ ގޭގައި އުޅޭ އެހެން މީހުން އެކި ފާޑުފާޑުގެ ލަވަޔާއި ވީޑިއޯތައް ބަލާފައި ހުރުމުން އެކައުންޓުގެ ރެކޮމެންޑޭޝަން އަށް އަހަރުމެންނަށް ކަމުނުދާ ސްޓައިލްތަކުގެ ލަވަތަކާއި ވީޑިއޯތައް އަރަން ފަށަ އެވެ. މިކަން ހުއްޓުވޭނެ ވަރަށް ފަސޭހަ ގޮތެއް އޮވެ އެވެ. ޔޫޓިއުބްގެ "ޕްރައިވަސީ" ސެޓިން އަށް ގޮސް "ޕޯޒް ވޮޗް ހިސްޓަރީ" އަށް ފިތާލުމުން މިކަން ހުއްޓުނީ އެވެ.
ލައިކެއް ދޭންވާނެ
ކަމުދާ ލަވައެއް ނުވަތަ ވީޑިއޯއެއް ނަމަ ލައިކް ބަޓަނަށް ފިތާލުމުން ޔޫޓިއުބްގެ ރެކޮޮމެންޑޭޝަންތައް އެ ޒާތުގެ ވީޑިއޯތައް ދައްކަން މަސަތްކަތް ކުރާނެ އެވެ. ދެން ފަހަރަކުން ލައިކް ކޮށްލާށެވެ. ކުރިން އަޑު އިވިފައި ހުރި ލަވަތަކަށް ވެސް "ލައިކް" އަދި ކަމުނުދާ "ޑިސް ލައިކް" ކޮށްލާ މި ރެކޮމެންޑޭޝަން ޕޭޖު ރަނގަޅު ކޮށްލަން ބޭނުން ނަމަ ޔޫޓިއުބްގެ މިއުޒިކް ހިސްޓްރީއަށް ގޮސް ކުރިން ބަލާފައި ހުރި އެއްޗިއްސަށް މިހެން ހެދޭނެ އެވެ.
އެންމެ ކަމުދާ ނަމަ ސަބްސްކްރައިބް ކުރޭ
މިއީ ވެސް ފަސޭހަ އެއްގޮތެވެ. ވަރަށް ކަމުދާ ލަވަތަކާއި ވީޑިއޯތައް ވަކި އާޓިސްޓެއް ނުވަތަ ޔޫޓިއުބް ޗެނަލަކުން ފެންނަ ނަމަ އަވަހަށް ސަބްސްކްރައިބް ކުރާށެވެ.