10 Jun 2025

މަޑު ކުލައެއްގެ ލިސްޕްސްޓިކް ބޭނުންކުރެވޭނެ ގޮތެއް

މަޑު ކުލައެއްގެ ލިސްޕްސްޓިކް ބޭނުންކުރެވޭނެ ގޮތެއް

By: Aishath Jazlee

ހަމާ ގުޅޭ ރީތި ނޫޑް ކުލަތަކުގެ ލިޕްސްޓިކްތައް މަޝްހޫރު އެކި ބްރޭންޑުތަކުން ނެރުނަސް އަހަރެމެން ދިވެހިންގެ ހަމުގެ ކުލައާ ގުޅޭ ނޫޑް ލިޕްސްޓިކެއް ރާއްޖޭން ހޯދުމަކީ އުނދަގޫ ކަމެކެވެ. ގިނަ ފަހަރަށް ލިބެން ހުންނަ މަޑު ކުލަތަކުގެ ލިޕްސްޓިކުތައް މާ ބޮޑަށް ކުލަ މަޑުވުމުން އަހަރުމެންނާ ކޮމްޕްލިމެންޓެއް ނުކުރެ އެވެ. ގުޅޭނޭ ހިތާ ގަންނަ ނޫޑް ލިޕްސްޓިކު ވެސް ގިނަ ފަހަރު ޖެހެނީ ބޭނުން ނުކޮށް އެއްލައިލާށެވެ.

މިކިޔައި ދެނީ އަތުގައި އޮތް ކުލަ މަޑު ކުލައިގެ ލިޕްސްޓިކް ބޭނުން ކުރާނެ ގޮތެވެ.

މަޑު ކުލައެއްގެ ލިޕްސްޓިކެއް ބޭނުން ކުރުމަށް ތުންފަތުގެ ކުލައާ ގުޅޭ ލިޕް ލައިނާއެއް ހޯދާށެވެ. އެ ކުލަ އަކީ ގަދަ ބްރައުން ކަހަލަ ތުންފަތުގެ ކުލައަށް ވުރެ ގަދަ ކުލައަކަށް ވާން ވާނެ އެވެ. ލިޕް ލައިނާ ތުންފަތުގެ އައުޓްލައިނާ އެއްގޮތަށް ބޭނުން ކުރުމަށް ފަހު, ތުންފަތުގެ އެތެރެއަށް ވާގޮތަށް އިނގިލިން ބްލެންޑު ކޮށްލާށެވެ. އެއަށް ފަހު, މަޑު ކުލައިގެ ލިޕްސްޓިކް ތުންފަތުގެ މެދުގައި މަޑުމަޑުން ޓެޕްކޮށްލުމަށް ފަހު, ބްލެންޑްކޮށްލާށެވެ. އޭރުން އޮމްބްރޭ އެފެކެޓަކާއި އެކު ތުންފަތަށް އިތުރު ޑެޕްތެއް ލިބޭނެ އެވެ. މި ލުކް އިތުރަށް ފުރިހަމަކޮށްލުމަށް ލިޕްގްލޮސްއެއް ވެސް ބޭނުން ކުރެވިދާނެ އެވެ.

ލިޕްލައިނާއެއް ނެތް ނަމަ ގަދަ ކުލައެއްގެ ލިޕްސްޓިކް ފުރަތަމަ ބޭނުން ކުރާށެވެ. ޑާކް ބްރައުން, މެރޫން ކަހަލަ ހަމުގެ ކުލައާ ގުޅޭ ރީތި ލިޕްސްޓިކެއް ރަނގަޅު ވާނެ އެވެ. އެއަށް ފަހު, ތުންފަތުގެ މެދަށް ވާގޮތަށް މަޑުކުލައިގެ ލިޕްސްޓިކް ބޭނުން ކުރެވިދާނެ އެވެ.

އަތުގައި އޮތް ނޫޑް ލިޕްސްޓިކަކީ ހަމުގެ ކުލައާ ގުޅޭ ލިޕްސްޓިކެއް ނަމަ ލިޕް ލައިނާއެއް ބޭނުން ކުރުމަކީ އެ ލިޕްސްޓިކް އިތުރަށް ފުރިހަމަކޮށްދޭނެ ކަމެކެވެ. އެއީ ލިޕްލައިނާއިން އިތުރަށް ލިޕްސްޓިކްގެ ކުލަ އެންހޭންސްކޮށްދޭތީ އެވެ.

ނޫޑް ލިޕްސްޓިކަކީ އާއްމުކޮށް ސިމްޕަލް މޭކަޕާއި އެކު ވެސް ގްލެމް މޭކަޕާއި އެކު ވެސް ބޭނުން ކުރެވޭނެ ލިޕްސްޓިކެވެ.

ބިއުޓީ

Popular