އާ އަހަރެއް ފެށެން ވާއިރަށް ވަރަށް ގިނަ ކަންކަން ކުރަން އަޒުމްކަނޑައަޅަ އެވެ. އެ ޓާގެޓު ހާސިލްކުރަން ކޮންމެ ފަހަރަކު ރިޒޮލިއުޝަނެއް ވެސް ހަދަ އެވެ.
އާ އަހަރެއް ފެށެން ވާއިރަށް ވަރަށް ގިނަ ކަންކަން ކުރަން އަޒުމްކަނޑައަޅަ އެވެ. އެ ޓާގެޓު ހާސިލްކުރަން ކޮންމެ ފަހަރަކު ރިޒޮލިއުޝަނެއް ވެސް ހަދަ އެވެ.
އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ދޭ އެއް ކަމަކީ ޖިމަށް ދިއުމެވެ.
އަހަރެއް ފެށުމާ އެކު މީހާގެ ފިޓްނެސް ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތަކަށް އުއްމީދުކުރާ މީހުން ގިނަ އެވެ. އެކަން އެނގޭ އެއް ތަނަކީ ޖިމް ސެންޓަރުތަކެވެ. އަހަރުގެ ފުރަތަމަ ދުވަސްކޮޅު އެ ތަންތަނަށް އާދަޔާ ހިލާފަށް ބާރުބޮޑެވެ. ގަވައިދުން އަދި ބަރާބަރަށް ޖިމަށް ދާ މީހުން ވެސް ގިނަ އެވެ.
އެކަމަކު، ބުރެކި ޖެއްސިގޮތަށް މަޑުޖެހުނީ އެވެ. ފާއިތުވި ކޮންމެ ދުވަހަކާ އެކު ޖިމުން ވެސް މީހަކު މަދުވެ އެވެ.
އެކަމަކު، ކަސްރަތުކުރުން ހުއްޓާލަކަށް ވެސް ބޭނުމެއް ނުވެ އެވެ. މާދަމާ ނުވަތަ އަންނަ ހަފުތާ ނޫނީ އަންނަ މަހު ޖިމަށް ދާނަމޭ ކިޔާލަ ކިޔާލަ ހުއްޓައި އަހަރު ދެބައި ވީ އެވެ. ނަމަވެސް، އަދި ވެސް ހިތްވަރުކުރެވޭނެ އެވެ.
ފޮރުވާފައި އޮތް ބޫޓާއި ޖިމަށް ދާން ގަތް ޓީޝާޓުތައް އަލަމާރިން އަލުން ނަގާށެވެ. މި އަހަރު ފެށިއިރު ޖިމަށް ދާން ގެނައި ފޯރި އަލުން ހޯދާށެވެ. އޭރުން، ފިޓްނެސްގައި ކަނޑައެޅި އަމާޒަށް މި އަހަރު ދެން ބާކީ އޮތް ހަ މަސް ދުވަހު ހާސިލްކުރެވިދާނެ އެވެ.