16 Dec 2018

ކެޝުއަލް ކުއީން: ހިތްތައް ކަތިލި ބުރުގާ މޮޑެލް

ކެޝުއަލް ކުއީން: ހިތްތައް ކަތިލި ބުރުގާ މޮޑެލް

By: Shamila Ibrahim

ހީ އެންޑް ޝީ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި އަހަރު ބޭއްވި "ޓޮޕް މޮޑެލް މޯލްޑިވްސް 2018" ގެ އަޑު މިހާރު މަޑުވެފައި ވީ ނަމަވެސް، އެ މުބާރާތުގައި ފެނިގެންދިޔަ މޮޑެލުންގެ ފެނިލުން އަދިވެސް ފަނޑެއް ނުވެ އެވެ. މުބާރާތް ނިމުނު ނަމަވެސް، އޭގެފަހުން ލިބެމުންދާ ފުރުސަތުތަކުގެ ބޭނުންކޮށްގެން ކުޅަދާނަ މޮޑެލުން އަންނަނީ އެ ކުދިންގެ މޮޑެލް ކެރިއާ ހަރުފަތަކަށް ފަހު ހަރުފަތަކަށް ގެންދަމުންނެވެ.

"ޓޮޕް މޮޑެލް މޯލްޑިވްސް 2018"ގެ ގަދަ 10 ބައިވެރިންގެ ތެރޭގައި ހިމެނުނު އުމުރުން 18 އަހަރުގެ ޚަދީޖަތު ޝަފީޤާ (ޝަފް) އަކީ ވެސް މިފަދަ ހުނަރުވެރިއެކެވެ. އެ މުބާރާތަށް ފަހު އޭނާ އަށް ގިނަ ހުށަހެޅުންތައް ލިބެން ފެށުމާ އެކު، އިންސްޓަގްރާމްގައި އޭނާގެ ބާރު ގަދަވި އެވެ.

އެކަމަކު އެއީ ޝަފްގެ ނަމަކުން ނޫނެވެ. އިންސްޓަގްރާމުން ޝަފް ފޮލޯ ކޮށްލަން ބޭނުން ނަމަ، އެއީ "ކެޝުއަލް ކުއީން" އެވެ.

އަބަދު ވެސް މޮޑެލް ކުރުމަށް ލޯބިކުރާ ޝަފް. ކެޝުއަލް ކުއީންގެ ނަމުގައި އެކައުންޓެއް ހެދީ އޭނާގެ ބެސްޓްފްރެންޑަށް ރީތިވެގެންނެވެ.

"ކެޝުއަލް ކުއީން އެ ނަން ލިޔުނީމަ މީހުން ވަރަށް އެއްޗެހި ވެސް ކީ. އެކަމަކު ހިތަށް އެރީ އެ ނަމުގައޭ ޝަފް ކުރިއަށް ދާނީ. އޭރު ޝަފްއާ ދިމާއަށް އެއްޗެހި ކީ އެންމެން ވެސް މިހާރު ދޭ އާ އޯލް ޕްރައުޑް އޮފް މީ."

ބުރުގާ އަޅާ މޮޑެލްއަކަށް ވުމާއެކު އިތުރަށް މީހުންގެ ފާޑުކިޔުންތައް ވެސް ޝަފް އަށް އަމާޒު ވެއެވެ. އެކަމަކު އޭނާގެ އަޒުމަކަށް، ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ބަދަލުގައި ދަނީ ފަހަތަށް ބެލުމެއްނެތި ކުރިއަށެވެ.

ޓޮޕް މޮޑެލް މޯލްޑިވްސްގެ ތެރެއިން-- ފޮޓޯ: އޮކްޓޯ އެމްވީ މޭކަޕް: ކްލައުޑިއާ ވިކްޓޯރިއާނޯ

1. ޓޮޕް މޮޑެލް މޯލްޑިވްސް އިން ފުރުސަތު ލިބުނު ގޮތާއި އެޔަށް ވަދެވުނު ގޮތް ކިޔާލަދީބަލަ؟

"އެންމެ ފުރަތަމަ އައި ގޮޓް އަ ޓެކްސްޓް ފްރޮމް ދެއާ ޕޭޖް. ދެން ނޭނގުނު ރިއެކްޓް ކުރާނެ ގޮތެއް. މާ ފަހުން ވިސްނާލައިފަ ބެސްޓްފްރެންޑް ކައިރީގައި އަހާލައިފަ ރިޕްލައި ކުރީ. ޖަސްޓް ވޯންޓެޑް ޓު އެކްސްޕީރިއެންސް ނިއު ތިންގްސް، އެހެންވެ އަސްލު.

އައި ޑިޑިންޓް އީވެން އެކްސްޕެކްޓް ދެޓް އައި ކުޑް ރީޗް އިންޓު ޓޮޕް ޓެން. އައި ވޯޒް ލެޖިޓް ސަޕްރައިޒް އެހާ ހިސާބަށް ދެވުނީމަ."

View this post on Instagram

@topmodelmaldives ❤️

A post shared by Shafeeqa Hassan Afeef. ✨ (@casualqueen_) on

2. އިންސްޓަގްރާމްގައި 18 ހާހަށްވުރެ ގިނަ ފޮލޯވާސް އެބަ އުޅޭ. ސެލެބްރިޓީއެކޭ އެއްގޮތަށް މިހާ ގިނަ ފޮލޯވާސް ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަންތަ؟

"ނޫން. އިޓްސް ލައިކް ހަމަ ފޮޓޯސް ލާ ވަރަކަށް ހަމަ ފޮލޯވާސް ލިބެނީ. އަނެެއްހެން އެއްވެސް ކަމެއް ނުކުރަން. ފުރަތަމަ (އިންސްޓަގްރާމް އެކައުންޓް) އިންނާނީ ހަމަ ޕްރައިވެޓް ކޮށްލައިފަ. ޕަބްލިކް ކުރީ ގާތްގަނޑަކަށް ލާސްޓް އިޔާގަ."

3. ވަރަށް ތަފާތު އައުޓްފިޓްތަކުގައި މޮޑެލްކޮށްފައި ހުންނަ ތަން ފެނޭ. އެކި ކަހަލަ އައުޓްފިޓް ހޯދަނީ ކިހިނެއް؟

"ބައެއް ފަހަރު ހަމަ (އައުޓްފިޓް) ރީތިވާއިރަށް ގަންނަނީ. ދެން އައުޓްފިޓެއް ހަމަ ގަނެވޭއިރަށް ގިނަ ފަހަރު ޝޫޓްތަކަށް ދަނީ ވެސް. އަމިއްލަ އަށް އައުޓްފިޓް ހޯދަނީ. ދެން ބައެއް ފަހަރު ފްރެންޑްސްގެ ހެލްޕް ވެސް ހޯދާލަން މިސާލަކަށް މަދުވާ އެއްޗެއް ފްރެންޑެއް އަތުން ބޮރޯކޮށްލަން.

އެކަމަކު އިންނާނެ (އައުޓްފިޓް) ޝޮޕް އަކުން ނަގާލައިފަ (ޝޫޓްއަކަށް). އިޓް ވޯޒް އެ ޝޮޕްއަށް މޮޑެލް ކޮށްދީފައި."

View this post on Instagram

Mua: @iyya.mv 💋♥️ Photo: @enigma.meh ♥️♥️

A post shared by Shafeeqa Hassan Afeef. ✨ (@casualqueen_) on

4. ބުރުގާ އަޅައިގެން އުޅޭ މޮޑެލް އަކަށް ވީމަ ހިތަށް އަރަނީ ކީކޭ؟

"އަސްލު ބުރުގާ އަޅައިގެން ވެސް މޮޑެލްއަކަށް ވެވޭނެޔޭ ދޯ. ވަރަށް ގިނަ މީހުން ބުނި އޭނަ ބުރުގާ އެޅީމަ އޭނައަށް މޮޑެލްއެއް ނުކުރެވޭނެޔޭ. ބަޓް އަސްލު އެ ދޮގެއް ދޯ. ބައިވަރު ހަމަ ބުރުގާ މޮޑެލްސް އުޅޭ މިހާރު.

ބައެއްފަހަރު އަންނާނެ ވަރަށް ޑީއެމްސްތައް ބުރުގާ އަޅައިގެން ކުރުއެއްޗެހި ލަނިއްޔޭ ކިޔައިފަ. ބަޓް ޝަފް އެއްވެސް އެއްޗަކަށް ސަމާލު ކަމެއް ވެސް ނުދެން، ހަމަ އިގްނޯ ކޮށްލަނީ. އަންނަ ނެގަޓިވް ކޮމެންޓްސްތައް ވެސް ހަމަ އާންމުކޮށް އިގްނޯ ކޮށްލަނީ. ބަޓް އަސްލު ބުރުގާ އަޅައިގެން މޮޑެލް ކުރުމަކީ މައްސަލައެއް ނޫންހެން ހީވަނީ."

View this post on Instagram

You can never be overdressed or over educated. ✨ photo : @naushalphotos 🤩♥️

A post shared by Shafeeqa Hassan Afeef. ✨ (@casualqueen_) on

5. ހުރިހާ ފޮޓޯތަކެއްގައި ބުރުގާ އަޅާފައި ހުންނަނީ އެއްގޮތަކަށް ނޫންދޯ. މޮޑެލް ފޮޓޯތައް މެދުވެރިކޮށް އެއްވެސް ވަރަކަށް ހިޖާބް ސްޓައިލް ޕްރޮމޯޓް ކުރަން މަސައްކަތް ކުރަންތަ؟

"ނޫން. ހިޖާބް ސްޓައިލްއެއް އަސްލު އެހާ ބޮޑަކަށް ޝަފްއަކަށް ނުއެއް އެނގޭ. ގިނައިން ހުންނާނީ އެއްގޮތަކަށް ޝޯލް އަޅައިފަ، ވަރަށް ސިންޕަލްކޮށް. ބަޓް ބައެއް ކުދިން ހަމަ ބުނެލާ ޓިއުޓޯރިއަލްސް ހަދާލަ ދޭންވީނޫންހޭ ވެސް.

އަބަދުވެސް ބަލަނީ ޔުނިކް ގޮތަކަށް ޑްރެސް ކޮށްފަ ޔުނިކް ގޮތަކަށް ހުރެވޭތޯ. އަސްލު ބޭސިކަލީ ހަމަ ބޮޑަށް ޔުނިކް ދޯ ޝަފް ބަލަނީ، ޔުނިކް ގޮތަކަށް ހަމަ ފޮޓޯސް ވެސް ޕޯސްޓް ކުރެވޭތޯ."

6. އެންމެ ތަފާތުކޮށް މޭކަޕްކޮށްގެން މިހާތަނަށް ޖެއްސުނު ޝޫޓްއަކީ ކޮބާ؟

"އެންމެ ތަފާތުކޮށް އިންނާނީ އިއްޔަ އާއެއްކޮށް ނަގައިފަ އިންނާނެ ޝޫޓްއެއް. ދެން ފޮޓޯ ނަގައިފަ އިންނާނީ އިއުޓޯޕިއަން. އެ ފޯޓޯ ވަރަށް ބައިވަރު މީހުންނަށް ކަމުގޮސްފައި ދެން ޝަފް އަށް ވެސް އަދިވެސް ހަމަ ފޭވަރިޓް ފޮޓޯ އެއީ. އިޓްސް އެކްޗުއަލީ މައި ފަސްޓް މޭކަޕް ޝޫޓް."

ޝަފްގެ އެންމެ ފުރަތަމަ މޭކަޕް ޝޫޓް. ފޮޓޯ: އިއުޓީޕިއަން މޭކަޕް: އިއްޔަ

7. ޝަފްގެ އުފާވެރިކަން ދައްކައިދޭ ފޮޓޯތައް ނޫނީ ސްމައިލް ކޮށްގެން ހުންނަ ފޮޓޯތައް ފެންނަނީ ވަރަށް މަދުން. އެއީ އަސްލު ކީއްވެބާ؟

"އިޓްސް އެކްޗުއަލީ ވަރަށް ގިނަ ކުދިން ބުނާނެ ޝަފްގެ ސްމައިލް ރީއްޗޭ، ބުނީމަ ދެން އެހެން އުޅެލައިފަ ސްމައިލް ކޮށްލައިފަ އިންނަ ޕޯސްޓެއް ކޮށްލެވެނީ. ނޯމަލީ (މޮޑެލް ކުރާއިރު) ހުންނަން ފަސޭހައީ ސްމައިލް ނުކޮށް. ބަޓް މަގުމަތިން ފެންނައިރު ހުންނާނީ އަނެއްހެން ހެވިލައިފަ."

View this post on Instagram

I forgot my sunglasses. 😅♥️ Photo : @bunnnnnnny_xiyern ♥️

A post shared by Shafeeqa Hassan Afeef. ✨ (@casualqueen_) on

8. ގިނަ ބަޔަކަށް ތީ މޮޑެލް ކުރާ ކުއްޖެއްކަން އެނގޭތީ އެއްވެސް އުނދަގުލަކާ ކުރިމަތިލާން ޖެހޭތަ؟

"ބައެއް ކުދިން ހަމަ ވަރަށް ނައިސް ވާނެ ކެޝުއަލް ކުއީން އޭ ކިޔާފަ ގޮވާލައިފަ، ހަމަ ހާއި ބުނެލައިފަ. ބަޓް މަގުމަތިން ދާ ބޯއިސް ކުދިން ގޮވާނެ ވަރަށް ގިނައިން، އެގޮތަށް އުނދަގޫވޭ. އަނެއްހެން އެއްވެސް ނެގަޓިވިޓީއެއް ވިއްޔާ ޝަފް ހަމަ އިގްނޯ ކޮށްލަނީ. ރީތިކޮށް އައިސް ސްމައިލް ކޮށްލައިފަ ވާހަކަ ދައްކާ ކުއްޖެއް ވިއްޔާ ހަމަ ވަރަށް ރީތިކޮށް ވާހަަކަ ދައްކަން."

ފޮޓޯ: ދެޓް ބްލެކް ބޯއީ

9. ލިބޭ ޕޮސިޓިވް ކޮމެންޓްސްތަކަށް ރެސްޕޮންޑް ކުރަނީ ކިހިނެއް؟

"އިޓް ޑިޕެންޑްސް. ޕޮސިޓިވް ވެއްޖިއްޔާ އަބަދުވެސް ރެސްޕޮންޑް ކުރަން ވަރަށް ނައިސްކޮށް. ބޮޑަށް ހަމަ ޕޮސިޓިވް ކޮމެންޓްސް ލިބޭތީ އިޓް ހެލްޕްސް މީ ޓު ގޯ ފޯވާޑް.

ވަރަށް ސަޕޯޓިވް ވާނެ ގިނަ ކުދިން. އަސްލު ވަަރަށް ހެޕީވޭ އެގޮތަށް ސަޕޯޓިވް ވީމަ. ދެން ފްރެންޑް ވަރަށް ސަޕޯޓިވް. ދެން އަޅުގަނޑުގެ ދައްތަ ވެސް ވަރަށް ސަޕޯޓިވް ވާނެ. ދައްތަ އެކަނި އަނެއްހެން ސަޕޯޓިވް ވާނީ މިކަމަށް އާއިލާއިން.

ދެން ބޯއީފްރެންޑް އެންމެ އެންމެ ސަޕޯޓިވް ވާނީ. ގިނަ ޝޫޓްތަކަށް ވެސް ދަނީ ވިތު ހިމް. ހީ ގިވްސް މީ އައިޑީސް އެންޑް ހެލްޕްސް މީ ވިތު ދަ ޕޯސެސް ކޮންމެ ޝޫޓްއެއްގައި ވެސް."

View this post on Instagram

The Casual Queen! 😌👑 Photo : @naushalphotos 😳♥️✨

A post shared by Shafeeqa Hassan Afeef. ✨ (@casualqueen_) on

10. މި ދާއިރާގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީ ކޮބާ؟ އަދި ފޭވަރިޓް މޮޑެލްއެއް ހުރޭތަ؟

"ހަނީފާ ހިލްމީ އިޒް މައި ބިގެސްޓް އިންސްޕިރޭޝަން. އެންޑް ދީނާ މޯލްޑިވްސް އާއި ހަނާން ވެސް. ދޭ އާ ދަ ކައިންޑެސްޓް އެންޑް ދަ ބެސްޓް ހަމަ.

"ޔެސް، ޝަފްގެ ފޭވަރިޓް މޮޑެލްސް އާ ކޭވީން، ހަނާން، އެންޑް ދީނާ."

ފޮޓޯ: އަނަމޯފިކް.އެމްވީ މޭކަޕް: ރީޝް

11. މޮޑެލިން ދާއިރާގެ ފިއުޗާ ޕްލޭން އަކީ ކޮބާ؟

"އަދި އަނެއްހެން ނެތް ޕްލޭންއެއް. ބަޓް އިންޝާ ﷲ ކުރިއަށް އޮތް ތާނގައި ޝަފް ފެންނާނީ ހަމަ ކުރިއަރަމުން އަންނަ މޮޑެލް އެއްގެ ގޮތުގައި.

އަސްލު ބޭނުން ވަނީ ކުރިއަށް ދާން އަދިވެސް މޮޑެލިންއިން، ބަޓް ރާއްޖޭގަ އެހާ ރަނގަޅު ކެރިއާއެއް ނޫންވީމަ އަދި އެހާ ނުއެއް އުޅެވޭ. އެކަމަކު ހަމަ މޮޑެލިން އިން ބޮޑަށް ކުރިއަށް ދާން ބޭނުންވަނީ."

Popular