މޮޑެލް ކުރެވޭނީ ހަންގަނޑުގެ ކުލަ ދޮން މީހުންނަށޭ ގިނަ މީހުންނަށް ހީވެދާނެއެވެ. އެކަމަކު 18 އަހަރުގެ އައިޝަތު ޝާޔާ އަކީ އެ ވިސްނުން ބަދަލު ކޮށްދިން އެއް މޮޑެލް އެވެ. ހަންގަނޑުގެ ކުލަ މާ އަލި ނޫނަސް އޭނާ އަންނަނީ މޮޑެލް ކުރަމުގައި ކުރިއަރަމުންނެވެ.
މޮޑެލް ކުރެވޭނީ ހަންގަނޑުގެ ކުލަ ދޮން މީހުންނަށޭ ގިނަ މީހުންނަށް ހީވެދާނެއެވެ. އެކަމަކު 18 އަހަރުގެ އައިޝަތު ޝާޔާ އަކީ އެ ވިސްނުން ބަދަލު ކޮށްދިން އެއް މޮޑެލް އެވެ. ހަންގަނޑުގެ ކުލަ މާ އަލި ނޫނަސް އޭނާ އަންނަނީ މޮޑެލް ކުރަމުގައި ކުރިއަރަމުންނެވެ.
ކުޑައިރުގެ ދުވަސްތައް އުފަންރަށް، ލ. ގަމުގައި ހޭދަ ކުރި ޝާޔާގެ ޓީން އޭޖް ދުވަސްވަރު ވެސް އެފަދަ އެހެން ކުދިންނާ ޚިލާފަށް ކަޅޭ ހިތައި އަމިއްލަ ނަފްސް ދެކެ ރުޅި އައިސްގެނެއް ނޫޅެއެވެ. އެއަށްވުރެ މިކަމަށް އޭނާ މާ ޕޮޒިޓިވް އެވެ. އޭނާ އަށް ރީތީ ވެސް ކަޅުވީމައެވެ.
1. މޮޑެލިން ކެރިއާ ފެށުނީ ކިހިނެއް؟
"އެންމެ ފުރަތަމަ ޝާޔާގެ ބޭބެ އަފޭ ދެނީ އޮފާއެއް ޝޫޓަކަށް ދާން. އޭރުގައި ވަރަށް ކުޑަވާނެ. ގާތްގަނޑަކަށް 12 ނޫނީ 13 ވަރަކަށް އަހަރު ވާނީ. ދެން އެ ޝޫޓް އެއީ ލިބާސް ލައިގެން ދިވެހިވަންތަ ކޮންސެޕްޓަކަށް އިން ޝޫޓްއެއް. އޭރު ނޭނގެ ފޮޓޯނެގީމަ އޭތި ފޮޓޯގްރަފާގެ ޕޭޖަށް ދާނެ ކަމެއް. އެގޮތަށް ގިނަ މީހުންނަށް ފެންނާނެ ކަމެއް ވެސް. ދެން ފޮޓޯ ޝޫޓެކޭ ބުނީމަ ދިޔައީ. އޭތި ޕޭޖުން ފެންނަން ފެށި ދުވަހުން ފެށިގެން ޕޮޒިޓިވް ކޮމެންޓްސްތައް ލިބި ފްރެންޑްސް ވެސް މޮޑެލް ކުރަން ފައްޓާށޭ އޭރުން ކުރެވޭނެޔޭ ބުނީމަ އިންޓެރެސްޓް ވާން ފެށީ އެކަމަށް. ދެން އެ ފޮޓޯތައް ފެންނަން ފެށީމަ ފަހުން ވެސް އޮފާތައް ލިބެން ފެށީ އެކި ފޮޓޯގްރަފާސްގެ ފަރާތުން. އޭރު ދެން މަންމަ ވެސް ބައްޕަ ވެސް ވަރަށް ސަޕޯޓިވް. ޝާޔާ ބޭބެއާ އެއްކޮށް ޝޫޓްތަކަށް ފޮނުވާނެ. ބޭބެ ހުންނާނެ އަބަދުވެސް ކައިރީގައި ޝޫޓްތަކުގައި ވެސް. އެހެންވީމަ އެހާ އުނދަގުލެއް ނޫން."
2. މިހާތަނަށް ލިބުނު އެންމެ މެމޯރަބަލް ޝޫޓްއަކީ ކޮބާ؟
"އިންނާނެ އައި ކެންޑީގެ ޝޫޓެއް. އޭތި އިންނާނީ ވަރަށް ކްރިއޭޓިވްކޮށް އަސްލު ލީވްސް ޑްރެސްގައި ތަތްކޮށްފައި. ދެން ޖަންގަލްއެއް ތެރޭގައި ޝޫޓްކޮށްފަ އިންނާނީ. އައި ކެންޑީގެ ފޮޓޯގްރަފާ މިދޫ ވެސް ވަރަށް ހެލްޕް ވި. ދެން ކަޕްލް ޝޫޓްއެއް ވީމައާ އެއްކޮށް ވަރަށް ތަފާތު. އަދިވެސް ނުފެނޭ އެކަހަލަ ޝޫޓެއް ރާއްޖޭގައި."
3. ޝޫޓްތަކަށް ސްޓައިލް ކުރަނީ ކިހިނެއް؟ ދެން ޗޫސްކުރާ އައުޓްފިޓް ގަންނަނީ މާލެއިންތަ ނޫނީ ފްރެންޑެއް އަތުން ބޮރޯތަ ކުރަނީ؟
"ގިނަ ފަހަރު އިންނާނެ ކޮންމެ ޝޫޓްއަކަށް ވެސް ހަމަ ސްޓައިލިސްޓެއް. އޭނަ ޗޫސްކުރާނީ ޑްރެސް. ދެން ދުވަހަކު ވެސް އެހެން ފްރެންޑެއް އަތުން ބޮރޯ ކޮށްގެނެއް ނުގެންނަން. ޑްރެސްއެއް ފަހަން ވެއްޖެއްޔާ ޝާޔާގެ މަންމަ ފަހައިދޭނެ. ގިނަ ފަހަރު ސްޓައިލިސްޓް ހަމަ ޑްރެސްތައް ޗޫސްކޮށްގެން ޑްރެސްތައް ގެންނާނީ."
4. ޝޫޓްއެއް ނިންމާލައިފަ ހަމަ އެ އައުޓްފިޓް ރިއަލް ލައިފްގައި ޔޫސްކުރަންތަ؟
"އަދި ދުވަހަކު ވެސް އެހެނެއް ނޯމަލް ލައިފްގައި ޔޫސްއެއް ނުކުރަން އައުޓްފިޓްތައް."
5. އެންމެ ގިނައިން އެކުގައި މަސައްކަތް ކުރެވިފައި ހުންނާނީ ކޮން ފޮޓޯގްރަފަރެއް އަދި ކޮން މޭކަޕްއާޓިސްޓަކާ އެއްކޮށް؟
"އައި ކެންޑީގެ ފޮޓޯގްރަފާ ޒިދޫއާ އެއްކޮށް. އެއީ އެންމެ ފުރަތަމަ މޮޑެލްކުރަން ފެށުނު އިރު އޭރު އުޅެނީ މާލޭގައެއް ވެސް ނޫން. ރަށުގައި. ދެން ރަށުގަ ނޫޅޭނެ މާ ގިނަ ފޮޓޯގްރަފާސް އެއް. ހަމަ އެންމެ ފޭމަސް ފޮޓޯގްރަފާއަކަށް އޭރު ހުންނާނީ ޒިދޫ. ހުރިހާ ޝޫޓަކަށް ވެސް ދެވިފަ ހުންނާނީ ގާތްގަނޑަކަށް ޒިދޫއާ އެކީގައި. ދެން ވަރަށް ހެލްޕްފުލް އޭނަ.
އެކި ޝޫޓްތަކުގަ އެކި މޭކަޕްއާޓިސްޓްސް އާ އެއްކޮށް. ވަކި މީހަކާ އެއްކޮށް އެ ގޮތަށް ގިނައިން އެހެނެއް ނީނދެ."
6. ލިބޭ ހުރިހާ އޮފާތަކަކާ ޑީލް ކުރަނީ ކިހިނެއް؟ ހުރިހާ އޮފާތަކެއް ވެސް ނަގަންތަ؟
"ފުރަތަމަ ވިސްނަނީ އެއީ ކޮން ކޮންސެޕްޓެއްތޯ. ހިތްހަމަޖެހޭތޯ އެ ކޮންސެޕްޓާ ދޭތެރޭ. ދެން ހިތްހަމަ ޖެހެންޏާ ނަގަނީ. ހިތްހަމަ ނުޖެހެންޏާ ގިނަ ފަހަރު ނުނަގަން."
7. އިންސްޓަގްރާމްގައި ފޮލޯވާސް ހޯދުމަށް ވަކި މަސައްކަތެއް ކުރަންތަ؟
"ނޫން. ވަކި ފޮލޯވާސް ގެއިން ކުރާކަށް މަސައްކަތެއް ނުކުރަން. ފުރަތަމައިނުން އިންނާނީ ޕްރައިވެޓް ކޮށްފައި. ހަމަ ވަރަށް ފަހުން، ޓޫ ވަރަކަށް މަންތްސް ވާނީ އަދި އޭތި ޕަބްލިކް ކުރިތާ. ދެން ވަރަށް ފަހުން ހޭޝްޓެގް ވެސް ޔޫސް ކުރަން ފެށީ."
8. އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަމަކަށް ވާނީ ޝާޔާގެ ކާލީ ހެޔާ ދޯ، މީ ހަމަ ނެޗްރަލް ހެއާ ތަ؟ މިގޮތަށް ހެއާ މެއިންޓެއިން ކުރަން އެއްވެސް ވަރެއްގެ މަސައްކަތެއް ކުރަންތަ؟
"ޔާ. ވަރަށް ލޯބިން ގެންގުޅެނީ. ވަކި އެއްޗެއް ޔޫސް ކޮށްގެން، ވަކި ބޭހެއް ކައިގެން ވަކި އެއްޗެއް ބޮލުގައި ލައިގެން އެހެނެއް ނުގެންގުޅެން އެއް އިރެއްގައި ވެސް. އިސްތަށިގަނޑު ދިގުވީމަ އަސްލު ވަރަށް ވަރަށް އުނދަގޫވޭ. ހަމަ ވަރަށް ގިނައިން ކޮށަން ކޮޅުތަކާ އެއްޗެހި ވެސް. ކުރުކޮށް ބައިދަން ބޭނުންވަނީ އެކަމަކު ރައްޓެހިން ވެސް ފެމިލީ ވެސް ގިނަ މީހުން ބޭނުންވަނީ ހެއާ މިގޮތަށް ބައިންދަން. ދެން ޝާޔާ ވެސް މި ގޮތަށް އަބަދު ލޯންގް ހެއާ ގެންގުޅެ ގެންގުޅެ އިންނަނީ އީޒީ ވެފައި."
9. މޮޑެލް ކުރުމުގެ އިތުރުން މިހާރު ޓިކްޓޮކް އިންވެސް ޝާޔާގެ ހުނަރު ފެނޭ، ފިލްމީ ދާއިރާ އަށް ދިޔުމުގެ ވިސްނުމެއް ގެންގުޅެންތަ؟
"އަދި ނުވިސްނަން ފިލްމީ ދާއިރާއަށް ނިކުންނާކަށް. އެކަމަކު މިހާރު ވަރަށް އޮފާތައް ލިބޭ. ލަވައަކަށް އަރާލަން ވީ ނޫންހޭ ނޫނީ ފިލްމެއް ކުޅެލަން ވީ ނޫންހޭ އެ ގޮތަށް ވަރަށް އޮފާތައް އާދޭ. އެކަމަކު ނުނަގަން (އޮފާތަކެއް). އަދި ބޭނުމެއް ނުވޭ ޓިކްޓޮކް ހެދިޔަސް އެ ދާއިރާއަށް ވަންނާކަށް."
10. ބްލެކް ސްކިންއެއް ހުރުމަކީ ލިބޭ ޕްލަސް ޕޮއިންޓެކޭ ބުނެވިދާނެ ތަ؟
"ވަކި އެހެނެއް ނުވިސްނަން. ދެން ރާއްޖޭގައި ވާ ގޮތުން ގިނަ މީހުންނަށް ރީތި މިވަނީ ދޮން ކުދިން ދޯ، އެކަމަކު ޝާޔާ ބަލާގޮތުގަ ދޮންކުދިން ވެސް ކަޅު ކުދިން ވެސް އެއީ އެ މީހެއްގެ ޒާތުގަ ރީތި މީހުން. ވަކި ކަޅު ސްކިންއެއް އިނޭ ކިޔައިފަ ދެރައެއް ނުވޭ. އެކަމަކު ކުއްޖަކު ބުނި ކަޅުވީމަ މޮޑެލްއަކަށް ނުވެވޭނެޔޭ. އެކަމް އެހެނެއްނޫން ކަންތައްވީ.
ކޮންމެ ޝޫޓްއަކަށް ދިޔަޔަސް ބުނަން ދޮން ނުކުރައްޗޭ، ކޮންފޮޓަބަލްއެއް ނޫނޭ އެހާ ދޮންކޮށް މޭކަޕް ކުރީމައެއް."