9 Dec 2018

ލިލް ފަޖްގެ ހަގީގަތް މިއޮތީ!

ލިލް ފަޖްގެ ހަގީގަތް މިއޮތީ!

By: Aishath Maaha

ޓުވިޓާ ތެރޭގައި މާ އަޑުކޮށްލައިގެން މި ފަހަކަށް އައިސް އުޅޭ އެކަކީ ލިލް ފަޖް އެވެ. ލިލް ފަޖް ބުނާގޮތުން ނަމަ އޭނާ އަކީ ލޮޓަސް ފިހާރަ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް އެވެ. އާންމުގޮތެއްގައި ލިލް ފަޖް ދައްކަނީ ގެރީ ބިސްކޯދާއި ފަޖީ ބާ ކޭކުގެ ވާހަކަ އެވެ.

މެންދުރެއް ދަންވަރެއް ހެނދުނެއް ބަލާނެ ކަމެއް ނެތެވެ. ލިލް ފަޖްގެ މުޅި ދުވަސް އޭނަ ހޭދަކޮށްލަނީ މި އެއްޗެހި އަދި ލޮޓަސް ފިހާރައިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ޕްރޮމޯޓްކުރުމުގަ އެވެ. މާކެޓިން އެގްޒެކެޓިވް އެއްގެ ވަޒީފާ އަދާކުރުމުގަ އެވެ.

އެހެން ގިނަ މާކެޓިން އެގްޒެކެޓިވުންނާ ތަފާތު ނަމަވެސް ލިލް ފަޖް މިވީ އެންމެން ވެސް ޝައުގުވެރިވި އެންމެން ފޮލޯކުރަން ބޭނުންވާ މީހަކަށެވެ. އެހެންވެ އަހަރުމެން ވެސް އެޕޮއިންޓްމަންޓެއް ހައްދައިގެން ދިޔައީ ލިލް ފަޖް އާއި ބައްދަލުވެ އިންޓަވިއުއެއް ހޯދާލާށެވެ. އެހެން ނަމަވެސް ދެވުނު ވަގުތު ވީ ލިލް ފަޖް ހާފް ޑޭ އެއް ހަދާފަ ވީކެންޑަށް ދިޔަ ވަގުތަށެވެ. އެހެން ނަމަވެސް ލިލް ފަޖްގެ "އޮން ބިހާފް"ގައި ވާހަކަ ދައްކާނެ ކޮލީގުން ތިބީ ރެޑީކޮށްފަ އެވެ. ދައްކަންވީ ވާހަކަތައް އަކުރުން އަކުރަށް އަޅައިދީފަ އެވެ.

1. އެންމެ ފުރަތަމަ ކިޔައިދީބަލަ ލޮޓަސް ފިހާރަ ޖޮބް ލިބުނުގޮތް؟

"ލިލް ފަޖްއަށް ވީގޮތަކީ މީނަ އާއި ބަނބޫ އާއި ދިމާވަނީ. އޭނަ ވަރަށް ނައްޓާނެ ބަނބޫ ދެކެ. މި ދެމީހުން އެއްތާކު ތިއްބަ ފެންނަނީ ޓުވިޓާއިން އެނައުންސްމަންޓެއް ލޮޓަސް ފިހާރައިން މާކެޓިން އެގްޒެކެޓިވް އެއް ހޯދަން. އޭގަ އިނީ ވިތު ދަ ބެސްޓް ޑާންސް މޫވްސް. ދެން ލިލް ފަޖްއަށް އިނގޭ ހީ ގޮޓް ދަ ބެސްޓް ޑާންސް މޫވްސްކަން. އެހެންވެ އެހާ ހިސާބުން އެޕްލައިކޮށްގެން މޮޅުވީ. ދެން ސެލެރީ ވެސް އޭނައަށް ވަރަށް ސަޅި. އެއް ކޭސް ބިސްކޮލާޓާ އާއި އެއް ކޭސް ފަޖީ ބާ ކޭހާއި، އެއް ކޭސް ގެރީ ބިސްކޯދާ."

2. ލިލް ފަޖް މިއީ ކިހިނެއް އައި ނަމެއްތަ އަސްލު.

"ލިލް ފަޖް ނަން އައިސްފަ މި އިންނަނީ އެޓިޓިއުޑަށް ޑިޕެންޑުކޮށް. ރެޕާ ސްޓައިލްގޮތަށް އެކަހަލަ ގޮތަށް. ދެޓްސް ވަޓް ހީ މެންޓް މޭބީ. އެންމެންނާ ވެސް ގުޅޭ އޭޖް ކެޓަގަރައިޒްވެފަ ކެޗީ. އަހަރުމެންނަށް ވީގޮތަކީ ލިލް ފަޖްގެ ސީވީގައި ވެސް އިނީ ލިލް ފަޖް. އެހާ ހިސާބުން އޭނަގެ ނަމަކީ އެއީ."

3. މިއީ ލިލް ފަޖްގެ ޑްރީމް ޖޮބްތަ؟

"ހީ ޑަޒަންޓް ހޭވް އެނީ ޑްރީމް ޖޮބް. ހީ ޖަސްޓް ވޯންޓް ޓު އީޓް. ކެވެންޏާ އޭނައަށް މައްސަލައެއް ނެތް."

4. ލިލް ފަޖްގެ އެގްޒެކްޓް ޖޮބަކީ ކޮބައިތަ އަސްލު؟

"ސޯޝަލް މީޑިއާ އެގްޒެކެޓިވް މިހާރު. އޭނަ ހިތަށް އަރާ އެއްޗެއް ޓުވިޓާގައި ޕޯސްޓުކޮށްލާ އެހެން އުޅޭނީ. ފުރަތަމަ ހަޔާ ކުރީ މާކެޓިން އެސޯސިއޭޓެއް ގޮތަށް. އެކަމަކު ފަހުން ވީ ގޮތަކީ ލިލް ފަޖް ފިޓް ވޭ ހުރިހާ ތަނަކަށް. ޕަޒަލް އެއްގަ މަދުވާ އެއް ޕީސް އެއީ."

5. ލިލްފަޖް އަށް މިހާތަނަށް ލޮޓަސް ފެމެލީގައި ކުރެވުނު އެކްސްޕީރިއަންސް ކިޔައިދީބަލަ!

"މިތަނަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހުން އުޅޭ ތަނެއް އަސްލު. އެންމެންނަކީ ވެސް އެމީހެއްގެ ދާއިރާއިން ވަރަށް ކުރީގައި އުޅޭ މީހެއް. އޭގެތެރެއިން ލިލް ފަޖް ވެސް ގެނެސްދިނީ. ރިހަ ކައްކާއިރު ވެސް ވަރަށް ގިނަ އެއްޗެހި އަޅާނެއްނުން. ފޮނިތޮށި ކާފޫރުތޮޅި އަޅާހެން އައި އެކްސްޓްރާ އިންގްރީޑިއަންޓެއް ލިލް ފަޖް މިއީ."

6. ލިލްފަޖް މި ޖޮބް ހޯދަން ބޭނުންކުރީ ކޮން ޓެކްނިކްތަކެއްތަ އިންޓަވިއުގަ؟

"ނެށީ ހަމަ. ނަށާލާފަ ވީޑިއޯއެއް ފޮނުވީ. ތިމަންނަ އަކީ ލައިފް އޮފް ދަ ޕާޓީ އޭ."

7. ފަޖީ ބާ އާއި ގެރީ ބިސްކޯދު ބޭނުންކޮށްގެން ހެޕީ ވީކެންޑެއް ސްޕެންޑްކުރަން ޓިޕްސްތަކެއް ކިޔައިދީފާނަންތަ؟

"ވަޓްސް ނޮޓް ޓު ބީ ލަވްޑް އެބައުޓް ފަޖީ ބާސް. ގެރީ ބިސްކޯދު މިއީ ބްރޭކްފާސްޓް، ލަންޗު، ޑިނާ ހުރިހާ ގަޑިއަކަށް ވެސް އެންމެ ބަރާބަރު ބިސްކޯދު. ޓިޕްސްތަކެއް ދެންޏާ ބުނާނީ އެހެން އެއްވެސް އެއްޗެއް ނެގުމުގެ ކުރިން ފަޖީ ބާއެއް ނަގައްޗޭ. ބިކޯޒް ފަޖީ ބާ ގެ ޓޭސްޓް ޕެލެޓް އަނެއްހެން ރަނގަޅުވާނެ އެހެން އެއްޗެއްސަށްވުރެން. ފުރަތަމަ ކަމަކަށް ބީޗަށް ދާން ޖެހޭނީ. އެކަމަކު ބީޗުގައި ހުންނަ ވެއްޔެއް ނޫން ކާނީ. ފަޖީ ބާ އާއި ގެރީ ކޮންމެހެން ވެސް ކާން ޖެހޭނެ. ކޮންމެ ގަޑިއިރަކު އެއް ފަހަރު ފަޖީ ބާއެއް ކޮންމެ ގަޑިއިރަކު އެއް ފަހަރު ގެރީ ބިސްކޯދު ޕެކެޓެއް. އަބަދުވެސް ބީޗަށް ލިޓާ ނުކޮށް ޑަސްބިނަށް އަޅަންވާނީ. ވީހާވެސް ރީއްޗަށް ބީޗު ބާއްވަން ވާނީ. ބީޗު ނިންމާފަ ގެއަށް އައިސް ފެމެލީ އާއެކު ކަސޯޓީ ބަލައިލާފަ ދެން އެކަނި ކަސޯޓީ ބަލާނީ."

8. ލިލް ފަޖްގެ ފުރަތަމަ ސެލެރީ ސްޕެންޑްކުރި ގޮތް ކިޔައިދީބަލަ

"ކާލީ ހަމަ. ސެލެރީ ހިފަހައްޓާލެވުނީ ހަފްތާއެއް ވާންދެން. ދެން މަޑުމަޑުން ސްޓޮކް ގެއްލެން ފެށީ."

9. މިވީ ދުވަސްކޮޅުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ކޮބާ؟

"އެއީ ކެވިންސް ޑާންސް. ނަށާލަން ލިބުނީމަ އެންމެ ހިތްހަމަ ޖެހުނީ. އޮފީސްތެރޭގައި އެއީ. ބޮސް ދިޔައީ ބޭރަށް. ދިޔައީމަ ޕާޓީއެއް ބޭއްވީ ކުޑަ. ކެވިންސް މިލްކްޝޭކް ޕެކެޓުތައް ނަގައިގެން ލަވައެއް ޖަހާލައިގެން ނަށާލީ. ނަށަ ނަށާ ހުއްޓަ ބޮސް ވަނީ. ދެން ވަރަށް އޯކްވާޑް ވި."

10. ލިލް ފަޖްގެ ތި ޖޮބްގެ އެންމެ ސަޅި ކަމަކީ ކޮބާ؟

"ފުޑް ސާމްޕްލިން. ލޮޓަސް އިން މަހަކު ގެންނާނެ 10 ވަރަކަށް ޕްރޮޑަކްޓް ޓެސްޓުކުރަން. އާ އެއްޗެހި ގެންނަން ޓްރައިކުރަން. އެހެންވެ ލިލް ފަޖްއަށް ލިބޭނެ ހުރިހާ އެއްޗެއް އެންމެކުރިން ކާން. ލިލް ފަޖް ކައިގެން މީރު އެއްޗެކޭ ބުނީމަ ގެންނަނީ ވެސް މިހާރު."

11. ބަންބޫ މިއީ ލިލް ފަޖްގެ ކޮމްޕެޓިޓާއެއްތަ؟

"ބަނބޫ އާއި ލިލް ފަޖް ކުޑައިރު ކޮންމެސް ކަމެއް ދިމާވި ކަމަށް ވަނީ. އެއަށްފަހު ކޮމްޕެޓިޝަން އިންނަނީ. ދެން އަނެއްކާ މި ޖޮބަށް ބަނބޫ ވެސް އެޕްލައިކުރިކަން އަންޑަކަވާކޮށް ލިލް ފަޖްއަށް އެނގިގެން ޓްރައިހާޑް ވީ. އަސްލު ބަނބޫއަށް މާބޮޑަށް އެނގެނީ އޯ ލިލްފަޖް ބުނަނީ. މާ އިނގިގެން އުޅެނީ އޯ. އަނެއްކާ ވަރަށް ފަހުން ހުޅުމާލެއަށް ދާން ސައިކަލަށް އަރަން ބަލައިލިއިރު މިރޯއެއް ނެތް. ދެން މި އިންނަނީ ނޯޓެއް ބައިންދާފަ. ހޭ އައި ޓޫކް ޔޯ މިރޯސް ސޮރީ ބަނބޫ ޖަހާފަ."

12. އޮފީހުގައި ލިލް ފަޖްގެ އެއް ދުވަސް ސްޕެންޑް ވާގޮތް ކިޔައިދީބަލަ!

"ހެނދުނު ފަށާނީ ގެރީ ބިސްކޯދަކުން. ކަޅު ސަޔާއި ޖައްސައިގެން. އެއީ ނުވައެއް ޖަހާއިރު. ދެން 10:30، 11 ޖަހާއިރު ގެއްލޭނެ ފަޖީބާ އާ އެއްޗެހި. ދެން 12 ގަ ފެންނާނެ މަޑުމަޑުން އިނދެލާފަ ކޮންމެސް އެއްޗެއް ލިޔެލާފަ ޕޯސްޓުކޮށްލާ ތަން. ދެން އަނެއްހެން ޓުވިޓާގައި މީހުންނާ ބެހިލާފަ ކޮންމެސް މޮޅު އެއްޗެކޭ ޖަހާލާފަ އެކަހަލަ ގޮތަކަށް އުޅޭނީ. އެހާގިނައިން ވާހަކައެއް ނުދައްކާނެ."

13. މިހާރު ލިލް ފަޖް ޓުވިޓާގައި ފޭމަސް ވީމަ މަގުމަތިން މީހުން ގޮވާ ސެލްފީ ނަގާ ހަދާތަ؟

"ސެލްފީ އެއްޗެހި ނަގަން ހަމަ ރިކުއެސްޓްކޮށްލީމަ ދެވޭނެ. ލިލް ފަޖް ފްރީކޮށްދޭނެ އޮފީހުން އެވަގުތުކޮޅަށް. ލިލް ފަޖް އާ އެޕްރޯޗްކުރަން ބޭނުންވިޔަސް ހަމަ އެކަންވާނެ."

14. ލިލް ފަޖްގެ ކުރިއަށް ހުރި ޕްލޭންތައް ކިޔައިދީބަލަ!

"ލިލް ފަޖްގެ ފިއުޗާ ޕްލޭންސް އަކީ ޕްރޮފެޝަނަލް ފުޑް އީޓާއެއްގެ ގޮތުގައި ނިކުތުން. ދެން އޮތް ގޯލަކީ ވަޒީފާގައި ވީހާ ވެސް ގިނަ ދުވަހަކު އުޅުން. އެއީ އޭނަ ވަރަށް ކުރާ ހިތްވާ ކަމެއް. ދެން އޭނަ ބޭނުމެއް ނުވޭ އެއްވެސް މީހަކަށް ބަނބޫ އެނގޭކަށް. އައި އޭމް ބެޓާ ދެން ބަނބޫ ގައި އަބަދުވެސް އުޅޭނީ. އޭތި ޕްރޫވްކޮށްދޭން."

15. މި މޫސުމުގައި ގެރީ ބިސްކޯދާއި، ބިސްކޮލާޓާ އާއި، ފަޖީ ބާ އާއި، ގުޑް ޑޭ ކޮފީ ބޭނުންކޮށްގެން "ޗިލް" ކޮށްލަން ޓިޕްސްތަކެއް ދީބަލަ!

"ގުޑް ޑޭ ކޮފީ ވަރަށް މީރުވާނެ ފިނިކޮށްލައިގެން ބޯލަން. ދެން ވޯމް އެންޑް ފަޒީ ފީލް އަންނަންޏާމުން ފަޖީ ބާ. ދެން ސަޔާ ޖަހައިގެން ކާން ވެއްޖެއްޔާ ގެރީ ބިސްކޯދު. ފިލްމެއް ބަލައިލަން ވިޔަސް ނުވަތަ ކުޑަދޮރު ކައިރީގައި ވާރޭ ވެހޭ އަޑު އަހާލަން ގޯޑޫ ޕްރޮޑަކްޓްސް އެއީ ހަމަ."

Popular