މި ރަށުގައި މިހާ ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ ބޭނުމަކީ ވެސް ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމެވެ. އެކަން ކުރުމަށް ސޭންޑް ރިޕަބްލިކް ކުންފުނިން މި ވަނީ، އިންޑިއާގައި އަރަމުން އަންނަ ދެ ތަރިންނާއި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ އެހީގައި ބޮޑު ޝޯއެއް ދޭން ނިންމައިފަ އެވެ. އެގޮތަށް، ޓޫރިޒަމް ޕްރޮމޯޓްކުރުމަށް "ބިގް ބޮސް" އިން ވިދާލި ބޮލީވުޑްގެ އެކްޓަރު ޕްރިޔަންކް ޝަރުމާ އިއްޔެ ވަނީ ފުވައްމުލަކުގެ ހިތްގައިމު ކަނޑަށް ޑައިވްކޮށްފަ އެވެ.