9 Oct 2019

By: Aishath Maaha

އެއްބަޔަކު ހީކުރީ މިހެންނެވެ. ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ ސޯޝަލް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އުޅެނީ ކައިވެނިކޮށްގެން ކަމަށެވެ. ފާޒިލްގެ ފޭސްބުކް ޕޭޖުން ވެސް ކައިވެނީގެ ހެދުމުގައި ނަގާފައިވާ ލޯބި ފޮޓޯތަކެއް ފެނިފައި ހުރީމަ އެވެ. އެކަމަކު އިހަށް ދުވަހު ފާޒިލްގެ އިންސްޓަގްރާމް ސްޓޯރީންނާއި ހައިލައިޓުން ފެނުނީ އެހެން އަންހެން ކުއްޖަކާއެކު ނަގާފައިވާ މާ ލޯބި ފޮޓޯތަކެކެވެ. އެ ފޮޓޯތަކުގެ ކެޕްޝަނަށް ބަލައިލުމުން އެއީ ލޯބިވެރިއެއްކަން ޔަގީނެވެ.

ފާޒިލް ބުނީ އެއީ އޭނާގެ އާ ލޯބިވެރިޔާ މަރިޔަމް އިޝްވާ އަލީ (އިޝޫ) ކަމަށެވެ. އޭނާ އަދި ކައިވެންޏެއް ނުކުރެ އެވެ. އެ ފޮޓޯތަކަކީ ފާޒިލްގެ 27 ވަނަ އުފަން ދުވަހު އިޝޫ ދިން ބޮޑު ސަޕްރައިޒެވެ. އިޝޫގެ އުފަން ދުވަހު ފާޒިލް ދިން ސަޕްރައިޒަށްވުރެ އިޝޫ ދިން ސަޕްރައިޒް ބޮޑެވެ.

"ފާޒިލް ވަރަށް ބިޒީކޮށް އެ ދުވަހު އުޅުނީ ގެއިން ބޭރުގައި. އިޝޫ ފާޒިލްގެ ފެމެލީ އާ ގުޅިގެން ދިން ސަޕްރައިޒެއް އެއީ. ހީވެސް ނުކުރަން ފާޒިލްގެ އުފަންދު ވަސް އެގޮތަށް ސެލެބްރޭޓްކުރާނެ ކަމަކަށް. މިއިން ޒަމާނެއްގައި ވެސް މިވަރަށް ސެލެބްރޭޓް ނުކުރޭ،" ފާޒިލް އެންމެ ގަޔާވާ ޑްރީމް ކެޗާ އާއި ޖިމް ހެދުމާއި މިހެން ގޮސް ބައިވަރު ހަދިޔާތައް އިޝޫ ދިނެވެ.

ފާޒިލްގެ އުފަން ދުވަހު އިޝޫ ދިން ސަޕްރައިޒް

ފިޓްނެސްގައި ފާޒިލްގެ އާ ވާހަކައެއް މިވަގުތަށް ނެތީމާ ދެން ކިޔައިދޭން ފެށީ ފާޒިލްގެ އާ ލޯބިވެރިޔާގެ ވާހަކަ އެވެ. ދެ އަހަރުވަންދެން ސިންގަލްކޮށް ހުރެފައި އިޝޫއާ ދިމާވެ އިޝޫގެ ލޯބިވެރިޔާއަށް ފާޒިލް ބަދަލުވި ގޮތެވެ.

"އިޝޫ އަކީ އަސްލު އެފްބީ ފްރެންޑެއް. ވާހަކައެއް ނުދައްކާނެ އެއްޗަކަށް ރިއެކްޓެއް ނުކުރާނެ. ދެން ނަމެއްގައި އިންނަ ކުއްޖެއް. އަލަށް ވެސް ވާހަކަ ދެއްކީ ފާޒިލް އަށް އޭނަ މަގުމަތިން ފެނިގެން ފެނުނޭ އެއީ ތި ކުއްޖާހޭ ކިޔާފަ މެސެޖްކޮށްލީމަ،" އެ މެސެޖަށް ރިޕްލައިކޮށްފައި ވެސް ދެމީހުންގެ ޝައުގުވެރިކަން އެކަކު އަނެކަކަށް ހުއްޓުނު ކަމަކަށް ނުވި އެވެ.

އިޝޫގެ ޝައުގުވެރިކަން ފާޒިލަށް ހުއްޓުނީ މީގެ ދުވަސްކޮޅެއް ކުރިން ފޭސްބުކްގައި ފާޒިލް ޖަހަން ފެށި ރިލޭޝިންޝިޕާ ގުޅުންހުރި ސްޓޭޓަސްތަކަކުންނެވެ. މި ފަހަރު އިސްވެ މެސެޖްކުރީ އިޝޫ އެވެ.

އިޝޫ އާއި ފާޒިލް: ދެމީހުންގެ ގުޅުމަށް އަދިވީ ދެ މަސް

"އައުޓް އޮފް ދަ ބްލޫ އިޝޫ މެސެޖެއް ކޮށްލަނީ ކީއްވެހޭ ތިކަހަލަ ސްޓޭޓަސްތަކެއް ޖަހަނީ. ޝީ ވޯޒް ކޮންސާންޑް. އެކަމަކު އެ ގަޑީގައި ފާޒިލް ބިޒީކަމުން ބުނީ ފަހުން ގުޅާފައި ތި ވާހަކަ ދައްކާނަމޭ،" އެ ވާހަކަ ދައްކަން މެސެންޖާ އިން ކުރި ކޯލުން ދެ މީހުންނަށް ދެމީހުންގެ ގިނަ ވާހަކަތަކެއް ދެއްކި ދެމީހުންގެ ފަރާތުން ގަޔާވާ ސިފަތަކެއް ފެނިއްޖެ އެވެ.

ދެ މީހުންގެ މިޒާޖު އެއްގޮތް ޝައުގުވެރިވާ ކަންތައްތައް އެއްކަހަލަ އެވެ. ގިނަ ކަންކަމުގައި ދެމީހުންގެ ހިޔާލާއި ވިސްނުން އެއް ގޮތެވެ. ދެ މީހުންގެ ބިޒީ ޝެޑިއުލްގެ ސަބަބުން ރަސްމީކޮށް ބައްދަލުވާގޮތް ވީ ވާހަކަ ދައްކާތާ 15 ވަރަކަށް ދުވަސް ފަހުންނެވެ. މަހެއްހާ ދުވަސްފަހުން ދެން ބަދަލުވީ ދެ ލޯބިވެރިންނަށެވެ.

ދެ މީހުންގެ ގުޅުމަށް އަދިވީ އެންމެ ދެ މަހެވެ. އެކަމަކު މި ގުޅުމަށް ދެމީހުން ވަރަށް ސީރިއަސް އެވެ.

ފާޒިލް އަދި އިޝޫ: އެންމެ ފުރަތަމަ ދެމީހުން ދިމާވީ ފޭސްބުކްއިން

"މި ދާ މޮމެންޓަމްގައި ދަންޏާ ވަރަށް އަވަހަށް ކައިވެނިކުރާނެ. އަދި ދެމީހުން ދަސްކުރަނީ މި. ސީދާ އަދި ބުނާކަށް ނޭނގޭ."

މިއީ ރިލޭޝަންޝިޕް ގޯލްސް

މިހުރިހާ ކަމެއްގެ އިތުރުން ވެސް މި ރިލޭޝަންޝިޕް ހާއްސަވަނީ މިއީ ދެ ފިޓްނެސް ފްރީކުންނެވެ. ފްރީލާންސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ފާޒިލް އުޅެނީ ޖިމްގަ އެވެ. އެއާއެކު އެ ފިޒީކް މެއިންޓެއިންކުރާ ރެގިއުލާ އެކްސްސައިޒްތަކެވެ.

ފާޒިލް އަދި އިޝޫ

އިޝޫއަކީ އެއާ ހޯސްޓެސް އެކެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދެ އެވެ. ދެ މީހުން އެކުގައި ހޭދަކުރާ އެންމެ ހާއްސަ އެއް ވަގުތަކީ ޖިމްގައި ހޭދަކުރާ ވަގުތެވެ.

"ފާޒިލްއާ ދިމާނުވާއިރު ވެސް އިޝޫ ދާނެ ޖިމަށް. މިހާރު ދަނީ އެއް ގަޑިއެއްގައި އެއް ތަނަކަށް. އެއީ ދެމީހުންގެ ޓައިމް. ވޯކް އިންނަ ގޮތުން ބައެއް ދުވަސްދުވަހު އެއް ގަޑިއެއްގައި ނުދެވިދާނެ،" ފާޒިލް އަކީ މިހާރު އިޝޫގެ ޕާސަނަލް ޓްރެއިނަރެވެ.

މިހާރު މަސައްކަތްކުރަނީ ދެމީހުން އެކުގައި އެކަކު އަނެކަކަށް ދެ މީހުން ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ކުރިއަށްދާން ސަޕޯޓްދީ ސްޓްރޯންގް ކަޕުލްއެއްގެ ގޮތުގައި ނުކުތުމެވެ.

ފިޓްނެސް

Popular