5 Nov 2019

By: Ifraz Ali

ކޮންމެ ދެ ހަފުތާއަކުން ގެނެސްދޭ، "ދޯ" ގެ އެންމެ ރީތި ފޮޓޯތަކަށް ވާދަކުރުމަށް، ސޯޝަލް މީޑިއާ އަށް ފޮޓޯ ދޫކޮށްލާއިރު ReethiDho# މި ހޭޝްޓެގު ބޭނުންކުރަން އަނެއްކާ ވެސް ހަނދާންކޮށްދެމެވެ. އޭރުން އަހަރެމެންނަށް ފޮޓޯތައް ހޯދަން ވަރަށް ފަސޭހަވާނެ އެވެ. ހޭޝްޓެގް ބޭނުން ނުކުރި ނަމަވެސް އަހަރެމެންނަށް ރީތި ކަމަށް ފާހަގަކުރެވޭ ފޮޓޯއެއް ނަމަ ހިމަނާފައި ހުންނާނެ އެވެ.

މި ގެނެސްދެނީ މިދިޔަ ދެ ހަފުތާގައި އެންމެ އާންމުވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.

View this post on Instagram

A post shared by Zahyn (@zahynzeal) on

ފޮޓޯ: ޒާހީން އަބުދުﷲ ގާދިރް

ފުވައްމުލަކުގެ ތުނޑި އާދަޔާ ހިލާފަށް ބޮޑުވެ، ރީތިވެފައި އޮންނަ މަންޒަރު ފެންނަ މި ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން ޝެއާކުރި އެވެ. ޑްރޯންއަކުން މި ފޮޓޯ ނެގީ ޒާހީން އަބުދުﷲ ގާދިރެވެ. މީގެ ދެ ފޮޓޯއެއް ޒާހީން އިންސްޓަގްރާމް ކޮށްފައި އެބަ އިނެވެ.

ރާއްޖޭގެ އެންމެ ހިތްގައިމު ތުނޑިތަކުގެ ތެރޭގައި ހިމެނޭ މި ތަނަށް ފުވައްމުލަކު މީހުން ކިޔަނީ ތޫނޑު އެވެ. މި ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މިދިޔަ 15-20 އަހަރުގެ ތެރޭގައި ވެސް މިހާ ބައިވަރު ވެލި އެ ތުނޑިއަކަށް ނާރަ އެވެ.

މި ދުވަސްކޮޅު ފަސް އަރާފައި އޮތްލެއް ގިނަކަމުން، 80-100 މީޓަރަށް ތުނޑި ވަނީ ދެމިފަ އެވެ.

View this post on Instagram

A post shared by R A S H Y ✨ (@wanderingcoffeegirl) on

ފޮޓޯ: ވެންޑަރިން ކޮފީ ގާލް

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އެވެ. އިންޑިއާގެ އާގަރާގައި ހުންނަ މިތަނަކީ މިހާރު ވަރަށް ގިނަ ދިވެހިން ވެސް ބަލައިލަން ދާ ތަނެކެވެ.

View this post on Instagram

A post shared by Naj 🍃 Maldives photographer (@najnudge) on

ފޮޓޯ: ނަޖްނަޖް

މިއީ އައްޑޫގައި އޮންނަ ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ. މިތަނަކީ ވެސް މިހާރު ވަރަށް ގިނަ ދިވެހިން ބަލައިލަން ދާ ތަނެކެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed) on

ފޮޓޯ: ނައުޝަމް ވަހީދު

މިއީ އާދިއްތަ ދުވަހު ފާހަގަކުރި ރާއްޖޭގެ ނަސްރު ދުވަހަށް މަރުހަބާ ކިޔުމަށް ނައުޝަމް ޕޯސްޓުކުރި ފޮޓޯއެކެވެ. މި ފޮޓޯ 1500 އަށް ވުރެ ގިނަ މީހުން ޝެއާކުރި އެވެ.

View this post on Instagram

A post shared by Ali Affan 🌴🇲🇻 (@affan._) on

ފޮޓޯ: އައްފާން

މީގެ ކެޕްޝަންގައި އަލީ އައްފާން ލިޔެފައި އޮތީ މިއީ އޭނާގެ ކާފާގެ ބޮއްކުރާ މޫދަށް ބާލަނިކޮށް، 2016 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

View this post on Instagram

A post shared by Mohamed Ahzam (@mohamed.ahzam) on

ފޮޓޯ: މުހައްމަދު އަހުޒަމް

އަހުޒަމް މި ފޮޓޯ ނެގީ ސްނޯކްލިން އަށް ގޮސް އުޅެމުންނެވެ. އެއީ ދ.ވާނީގެ ބޭރަށް އޮންނަ ކަނޑުގެ ސަރަހައްދުގަ އެވެ. މި ފޮޓޯ އިން ތި ފެންނަނީ ބެޓް ފިޝްތަކެކެވެ. މި ވައްތަރުގެ މަސް ވަރަށް ގިނައިން މި ސަރަހައްދުގައި އުޅެ އެވެ.

View this post on Instagram

A post shared by Nazyhu (@islandexplorer____) on

ފޮޓޯ: އައިލެންޑް އެކްސްޕްލޯރާ

މިއީ ހއ.ބާރަށެވެ. މި ފޮޓޯ އިން މި ފެންނަނީ ބޭބެއަކު އޭނާގެ ކޮއްކޮ ގޮވައިގެން ސްކޫލުގައި އޮތް އިވެންޓަކަށް ދާ ތަނެވެ.

View this post on Instagram

A post shared by Z A E E M 🇲🇻 | Photographer (@zaeem.maldives) on

ފޮޓޯ: ޒައީމް މޯލްޑިވްސް

މި ފެންނަ ލ.އަތޮޅު ލިންކް ރޯޑުގެ، މަގުގެ ދެ ފަރާތައް ހެދިފައި އޮންނަ ދިގު ރުށްތަކަކީ ރީތި ފޮޓޯއެއް ނަގާލަން ބޭނުންވާ މީހުނަށް ވަރަށް ކަމުދާ ތަނެކެވެ.

ފޮޓޯގްރަފީ ސޯޝަލް މީޑިއާ

Popular