23 Feb 2020

By: Aishath Maaha

އަހަރެމެން އެންމެން ވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވެ އެވެ. މަގުމަތިން ފެންނަ ކޮންމެ ކުޑަކުއްޖަކު ވެސް އުރާލާހިތްވެ އެވެ. ކުޑަކުއްޖަކަށް އަނިޔާއެއް ވެގެން އުޅޭ ނަމަ ލޮލަށް ނިދި ވެސް ނާންނާނެ އެވެ. އެ ކުއްޖާ އަށް އިންސާފު ހޯދައިދޭން ސޯޝަލް މީޑިއާގައި އަޑުއުފުލަ އެވެ. މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ހިނދެއްގައި އެކަން ވެސް ކުރެ އެވެ.

ކުޑަކުދިން ދެކެ މިހާ ލޯބިވާއިރު ވެސް ބައެއް ފަހަރަށް އެ ކުދިން ހުއްޓާ ކުރަން ރަނގަޅުނޫން ކިތަންމެ ކަމެއް ކުރެ އެވެ. ގިނަ ފަހަރަށް ގަސްތުގަ އެވެ. ކުޑަކުއްޖަކު ހުރީތީ މިކަންކަން ނުކުރާ މީހަކު އެބަހުރިހެއްޔެވެ.

ސިނގިރޭޓު ބުއިން

ސިނގިރޭޓަކީ ސިއްހަތަށް ކިހާ ގެއްލުން ހުރި އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ސިނގިރޭޓު ބޯ މީހާގެ އިތުރުން އޭނާގެ ކައިރީގައި ތިބޭ އެހެން މީހުންނަށް ވެސް އޭގެ ގެއްލުން ލިބެ އެވެ. ނަމަވެސް ސިނގިރޭޓު ބޯ ގިނަ މީހުން އެކަމާ ވިސްނާހެނެއް ހިއެއް ނުވެ އެވެ. އޭގެ އެއް ހެއްކަކީ މަގުމަތީގައި ސިނގިރޭޓް ބުއިމެވެ. ކުޑަކުދިން އެވަގުތު އެތަނުގައި ތިއްބަސް އެކަމާ ވިސްނައެއް ނުލަ އެވެ. މަގުމަތީގައި ހުރެފައި ބޯ ސިނގިރޭޓުން ދޫކޮށްލާ ދުންތައް ޖެހެނީ މަގުމަތީގައި ހުންނަ ކުޑަކުއްޖާގެ މޫނުގަ އެވެ.

ހުތުރު ބަހުން ވާހަކަ ދެއްކުން

ކުޑަކުދިންނާ ކިތަންމެ ލޯބިން ވާހަކަ ދެއްކިއަސް އެ ކުދިންނަށް އަޑުއިވޭ ހިސާބުގައި ހުތުރު ބަހުން ވާހަކަ ދައްކާ ނަމަ އޭގެ އަސަރު އެކުދިންނަށް ކުރާނެ އެވެ. ކުޑަކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ވަރަށް ފަސޭހައިން ކޮޕީކުރާ ބައެކެވެ. މަގުމަތިން އިވޭ މިފަދަ ކިތަންމެ ބަހެއް ކުދިންނަށް ދަސްވެފަ އެބަހުއްޓެވެ.

ކުޑަކުދިން ދެކެ ލޯބިވާ ވާހަކަ ސޯޝަލްމީޑިއާގައި ދައްކާ ނިންމާ ގޮތަށް އެކުދިން ތިއްބާ ހުތުރު ބަހުން ވާހަކަ ދެއްކީމާ އެކުދިން ދެކެ އެންމެ ލޯބިވެޔޭ ކިޔައިގެން ދައްކާ ވާހަކަ ގަބޫލުކުރެވޭ ހެއްޔެވެ.

ޒުވާބުކޮށް އަޑުގަދަކުރުން

ގޭތެރެއިންނާއި ބޭރުން ކިތަންމެ ވަރަކަށް މި އަޑުތައް އިވެ އެވެ. އެކަކު އަނެކަކާ ދިމާއަށް ބާރަށް ހަޅޭއްލެވުމަކީ ކުޑަކުދިންނަށް ނުބައި އަސަރު ކުރާނެ ކަމެކެވެ. ރުޅި އަންނަ ހިނދު އަޑުގަދަކޮށް އެއްޗެހި ކިއުމަކީ ރަނގަޅުކަމެއް ކަމުގައި ވެސް ހީވެދާނެ އެވެ. ނުވަތަ އެކަމުން ކުއްޖާ އަށް ނަފްސާނީ ގޮތުން ގެއްލުން ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންވީމާ، ކުޑަކުދިން ތިބޭ ތަންތަނުގައި އަޑުގަދަކޮށް ޒުވާބުކުރުމުގެ ކުރިން މިކަންކަމާ މެދު ވިސްނާލާށެވެ.

މަގުމައްޗަށް ކުޅުޖެހުން

ދުފައި ރަތްކޮށްލައިގެން ނުކުމެ ތި ޖަހާ ކުޅުގަނޑަކީ އެހެން މީހުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ. އެވަގުތު މަގުމަތީގައި ކިތަންމެ މީހުންނެއް ނުވަތަ ކިތަންމެ ގިނަ ކުޑަކުދިންނެއް ތިއްބަސް އެކަމަކަށް ފަރުވާލެއް ނުބަހައްޓަ އެވެ. އެއިން ނުކުންނަ ޖަރާސީމުތައް އެތައް ބައްޔެއް ފަތުރަ އެވެ. އޭގެ އިތުރުން މަގުގެ ސާފުތާހިރުކަން ގެއްލުވާލަ އެވެ. މަގުމައްޗަށް ކުޅުޖެހުމުގެ އާދައަކީ ވެސް ދިވެހިން ދޫކޮށްލަން ޖެހިފައިވާ ނުބައި އާދަ އެކެވެ.

މިކަހަލަ ކިތަންމެ އާދައެއް ދޫކޮށްލަން އެބަޖެހެ އެވެ. އެއީ ކުޑަކުދިންނަށް އެއިން އެތައް ގެއްލުމެއް ލިބޭނޭ ކަންކަމެެވެ. ކުޑަކުދިން ދެކެ ލޯބިވެޔޭ ކިޔައިގެން ކިތަންމެ އަޑުގަދައެއް ކުރި ނަމަވެސް މިކަހަލަ އާދަތައް ދޫކޮށްނުލާނަމަ އެވަރަކުން ނުފުދޭނެ އެވެ.

ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރުން

Popular