11 Jun 2020

ރާއްޖޭގެ ޓޫރިޒަމަށް މާ އުޖާލާ ދުވަހަކަށް އިރު އަރާނެ ކަމުގެ އިންތިޒާރުގައި

ރާއްޖޭގެ ޓޫރިޒަމަށް މާ އުޖާލާ ދުވަހަކަށް އިރު އަރާނެ ކަމުގެ އިންތިޒާރުގައި

By: Ifraz Ali

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް، އަދިވެސް މި ހިތްގައިމު "ސަނީ ސައިޑް އޮފް ލައިފް" ތަޖުރިބާކޮށްލުމުގެ އިންތިޒާރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ތިބިކަން މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ވަނީ ހާމަކޮށްފަ އެވެ. ގިނަ ބަޔަކު ތިބީ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާނެ ދުވަހަކަށް ވަރަށް ބޮޑަށް ކެތްމަދުވެފަ އެވެ. އާ އުއްމީދަކާ އެކު ރާއްޖޭގެ ޓޫރިޒަމްގެ "ދަ ސަން ވިލް ޝައިން އެގެއިން" ގެ އިންތިޒާރުގަ އެވެ.

އަންނަ މަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމުގެ ކުރިން، ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. ސްޕެނިޝް ފުޓުބޯޅަ ކުލަބް ސެލްޓާ ވީގޯގެ ކުޅުންތެރިންގެ ފަރާތުން ގެނެސްދިން ވީޑިއޯ މެސެޖު ވަރަށް މަގުބޫލެވެ. އެ ޓީމުގެ ކުޅުންތެރިން ކަމަށްވާ އިއާގޯ އަސްޕާސް، ރަފީނިއާ އަލްކަންޓްރާ، ޑެނިސް ސުއާރޭޒް އަދި ފިޔޯޑޯ ސްމޯލޯފް މި ވީޑިއޯގައި ބުނަނީ "ދި ޝަން ވިލް ޝައިން އެގައިން އިން މޯލްޑިވްސް" އެވެ.

View this post on Instagram

A post shared by Ministry of Tourism (@tourism.mv) on

ސްޕެނިޝް ފުޓްބޯޅަ ކުލަބް ސެލްޓާ ވީގޯގެ ކުޅުންތެރިންގެ މެސެޖާ އެކު ޓޫރިޒަމް މިނިސްޓްރީން ގެނެސްދިން ޕްރޮމޯޝަނަލް ވީޑިއޯ.

ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރާއްޖޭން ވަނީ ސެލްޓާ ވީގޯ ސްޕޮންސާ ކޮށްފަ އެވެ. ރާއްޖެ އާއި ސެލްޓަ ވީގޯއާ ދެމެދު ގާއިމްކުރި ތިން އަހަރުގެ އެއްބަސްވުމުގެ ދަށުން އެ ކުލަބްގެ ކުޅުންތެރިންގެ ޖާޒީ އާއި ސްޓޭޑިއަމް އަދި ސޯޝަލް މިޑިއާ އެކައުންޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރެ އެވެ. ސެލްޓަ ވީގޯ އަކީ ސްޕެއިނުގެ ފުޓްބޯޅައިގައި އެކެޑަމީ ލެވެލްގައި ކާމިޔާބު ކުލަބެކެވެ.

މިނިސްޓަރުގެ ވީޑިއޯ ވެސް ސަމާލުކަން

ޓޫރިޒަމް މިނސްޓަރު އަލީ ވަހީދު ފެންނަ އަދި ރާއްޖޭގެ ޓޫރިޒަމްގެ ބައެއް ވާހަކަތަކާ ގުޅޭގޮތުން އަޑު އަޅުއްވާފައިވާ އިޝްތިހާރަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. މިނެޓެއްހާއިރުގެ މި ވީޑިއޯގައި ދައްކަނީ ބޯ ވިއްސާރައިގެ ތެރޭގައި މިނިސްޓަރު ލޯންޗެއްގައި ދަތުރުކުރައްވާފައި ގޮސް، ދޮންވެލި ފިނޮޅެއްގައި އިންނަވައި ލެޕްޓޮޕުން އެއްޗެއް ލިޔުއްވާ މަންޒަރެވެ.

View this post on Instagram

A post shared by Ministry of Tourism (@tourism.mv) on

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިނިސްޓަރު އަލީ ވަހީދު ކުޅުއްވައި ނެރުއްވި ޕްރޮމޯޝަނަލް ވީޑިއޯ.

ރާއްޖޭގެ ޓޫރިޒަމް ފުރަތަމަ ފެށުނީ 1972 ގައި. އުއްމީދަކީ ރާއްޖޭގެ ޓޫރިޒަމް ޖުލައި 2020 ގައި އަލުން ފެށުން ކަމަށާއި ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމަކަށް ރާއްޖެ ވުމަކީ އަހަރެމެންނަށް ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

ޓޫރިޒަމް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

Popular