24 Jun 2020

ފިޓްނެސް އިންސްޓްރަކްޓަރު އަދި ސޯޝަލް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް)ގެ އަގުބޮޑު ގިވްއަވޭ ހޯދަން ކުރި ބުރަ މަސައްކަތަށް ފަހު ސޯޝަލް މީޑިއާގައި ދިވެހިން މިހާރު ބުރަކޮށް އުޅެނީ އެ ގިވްއަވޭ ލިބުނު ކަމަށް ބުނާ ޝަރުމީލާ ހޯދާށެވެ.

ގިވްއަވޭ އިއުލާން ކުރުމާއެކު ވެސް އެއީ ބޮޑު "އޮޅުވާލުމެއް" ކަމަށް ތުހުމަތުކުރަން ފަށައި، ގިވްއަވޭ ދިނީ ފޭކް އެކައުންޓަކަށް ކަމަށް ކިޔަން ފެށި އެވެ. ފާޒިލްގެ އެ އަގުހުރި ހަދިޔާގެ ނަސީބުވެރިޔަކަށް ހޮވުނީ އައިޝަތު ޝަރުމީލާ އެކެވެ. "aish_sharu"ގެ ނަމުގައި އިންސްޓަގްރާމްގައި ހަދާފައިވާ އެ އެކައުންޓުގެ ވެރިފަރާތް ހޯދަން ސޯޝަލްމީޑިއާގެ އަހުލުވެރިން ހިންގަނީ ބޮޑު ތަހުގީގެކެވެ.

ތަހުގީގުގެ ނަތީޖާ އަކީ ފޭކް އެކައުންޓެއް ހަދައި، ކޮންމެވެސް މީހަކާ އިނާމު ހަވާލުކުރީ ކަމަށެވެ. އެހެންވެ ފާޒިލް އެންމެފަހުން ވަނީ "ޝަރުމީލާ" އަށް އިނާމު ހަވާލުކުރާ ފޮޓޯ އާއި ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

ޝަރުމީލާގެ އިންސްޓަގްރާމް އެކައުންޓް.

ފާޒިލް ބުނެފައި އޮތީ އޭނާގެ އިނާމު ލިބުނު "ޝަރުމީލާ" ހާމަވާން ބޭނުން ނުވާތީ ކުރިން ފޮޓޯއެއް ވެސް ނުލީ ކަމަށެވެ. އެކަމަކު ފޮޓޯ ލާން އެންމެ ފަހުން އެއްބަސްވީ މާ ގިނަ މީހުން ޝައްކުތައް ކުރާތީ ކަމަށް ވެސް ބުންޏެވެ. އެކަމަކު ވީޑިއޯ އާއި ފޮޓޯ ފެނުނު އިރު "ޝަރުމީލާ" އިނީ މޫނު ބުރުގާ އަޅައިގެންނެވެ.

އެ ހިސާބުން އާ ތަހުގީގެއް ސޯޝަލް މީޑިއާގައި ފަށައި މިހާރުގެ ނިންމުމަކީ "ޝަރުމީލާ" އަކީ މޫނު ބުރުގާ އަޅާ މީހެއް ވެސް ނޫން ކަމަށާއި އޭނާގެ ފޮޓޯތައް ކުރިން ފޭސްބުކްގައި ވެސް ހުރި ކަމަށެވެ. ފާޒިލް އާންމުކުރި ފޮޓޯ އިން ފެންނަ ތަނުގައި އެ "ޝަރުމީލާ" ކުރިން ނަގާފައިވާ ކަމަށް ބުނާ ފޮޓޯތައް ވެސް މިޙާރު އެބަ ދައުރުވެ އެވެ. ފާރުގެ މަންޒަރުތައް ހުރީ އެއްގޮތަކަށެވެ. އެ ފޮޓޯތަކުގެ ސައްހަކަން އަހަރެމެންނަކަށް ނޭނގެ އެވެ.

ރާއްޖޭގައި ތިބި 18 އަހަރުން މަތީގެ ހުރިހާ "ޝަރުމީލާ" ގެ ނަންތައް

ޝަރުމީލާ ކޮބައިހޭ؟

އަހަރެމެން ވެސް މި ދެނީ އެހީއެކެވެ. ރާއްޖޭގައި އެންމެ ފަހުން، އޭޕްރީލް 6، 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ބަލާއިރު އެ ދުވަހާ ހަމަ އަށް ރާއްޖޭގައި 18 އަހަރުން މަތީގެ 106 ޝަރުމީލާ އުޅެ އެވެ.

މީގެ ތެރޭގައި ނުފެނިގެން މި އުޅޭ ޝަރުމީލާގެ ނަން ކަމަށް "އައިޝަތު ޝަރުމީލާ" ކިޔާ 15 މީހުން އެބަތިއްބެވެ.

އައިމިނަތާއި ފާތިމަތާއި ހައްވާގެ ނަމާ އެކު ޝަރުމީލާ ކިޔާ މީހުންނާއި މިހެން ގޮސް އެތައް ބައިވަރެކެވެ. "ޝަރުމީލާ" އަކީ އަސްލު މީހެއް ކަމަށް ވަންޏާ މީގެ ތެރޭގައި ޝަރުމީލާ ހުންނާނެ އެވެ. އަތްމައްޗަށް ނަގާށެވެ!

ސޯޝަލް މީޑިއާ

Popular